ލަންދޫ ޕީޕީއެމް ގޮފީގެ އިންތިހާބު މިހަފްތާ ތެރޭގައި ބާއްވަނީ

ލަންދޫގައި އުފެއްދުމަށް މަސައްކަތް ކުރާ ލަންދޫ ޕީޕީއެމް ގޮފީގެ އިންތިހާބު މިހަފަތާ ތެރޭގައި ބޭއްވުމަށް ނިންމާފައިވާކަމަށް އެކަމުގައި އިސްކޮށް ހަރަކާތްތެރި ވެލައްވާ ނ.ލަންދޫ ސާޙް ހަސަން ސައިފް ( ސައިއްޕޭ )ހާމަކޮށްފިއެވެ.

މިކަމާއި ގުޅޭގޮތުން ” ލަންދޫއިންފޯ ” އަށް މަޢުލޫމާތު ދެމުން ސައިއްޕޭ ބުނީ މިހާރު ލަންދޫގައި 150 އަށްވުރެ ގިނަ މެމްބަރުން ޕީޕީއެމްގެ ސައްޙަ މެމްބަރުންގެ ގޮތުގައި ތިބި އިރު ގާތްގަނޑަކށް 250 އަށްވުރެ ގިނަމެމްބަރުން  އެޕާރޓީއަށް ސޮއިކޮށްފައިވާ ކަމަށެވެ.

ލަންދޫގައި ތިބި ޕީޕީއެމް މެމްބަރުންގެ މެދުގައި ގޮއްޕެއް ހެދުމަށްޓަކައި އިންތިހާބު ކުރަންޖެހޭ ގޮފީގެ ރައީސާއި ، ނައިބު ރައީސާއި ، ރަޖިސްޓަރާރ އާއި ހަޒާންދާރާއި ، ހިންގާ ސެކްރެޓަރީ އާއި އަދި ޙާއްޞަ ހަތަރު މެމްބަރުންގެ މަޤާމަށް ކުރިމަތި ލުމުގެ ފުރުޞަތު ރަޖިސްޓަރީގައިވާ މެމްބަރުންނަށް ވަރަށް އަވަހަށް ހުޅުވާލެވޭނެއެވެ.

މިކަމާއި ގުޅޭގޮތުން މަޝްވަރާކުރުމަށްޓަކައި ލަންދޫގައި ތިބި ޕީޕީއެމް މެމްބަރުންގެ ބައްދަލްވުމެއް ނިމިދިޔަ ހަފަތާގައި ބޭއްވިފައިވާ އިރު އެ ބައްދަލް ވުމުގައިވަނީ ވަގުތީ ރައީސަކާއި ނައިބު ރައީސެއްގެ އިތުރުން އިންތިހާބުގެ ކަންތައްތައް ކުރިއަށް ގެންދިއުމަށް ދެމެމްބަރަކު އައްޔަންވެސް ކުރެވިފައެވެ.

މިގޮތުން އިންތިޤާލީ ރައީސަކަށް ހޮވިފައިވަނީ ނ.ލަންދޫ ބާރަނަ އަލްފާޟިލް ހަސަން ސައީދު ކަމަށާއި ނައިބު ރައީސަކަށް ހޮވިފައިވަނީ ނ.ލަންދޫ އަލިމަސްގޭ އަލްފާޟިލާ މަރިޔަމް ހަސަން ކަމަށާއި އިންތިހާބުގެ ކަންތައްތައް ވިލަރެސް ކުރުމަށް ނެގިފައިވަނީ ނ.ލަންދޫ ފަޒާ އަލްފާޟިލް މުހައިމިނު އުމަރާއި ނ.ލަންދޫ އޮއިވަރު އަލްފާޟިލާ ފާތުމަތު ހަސަން ކަމަށްވެސް ސައިއްޕޭ މަޢުލޫމާތު ދެއްވައެވެ.

ސައިއްޕޭ އިތުރަށް މަޢުލޫމާތު ދެއްވިގޮތުގައި ލަންދޫގައި މުޅިންއަލަށް ބޭއްވޭ ޕީޕީއެމްގެ މި އިންތިޙާބަކީ ވަރަށް ވާދަވެރި ފޯރިގަދަ އިންތިޙާބަކަށް ވެގެންދާނެއެވެ.

ލިޔުނީ: މިހާސް

މިހާސްއަކީ ކޮންމެ ދާއިރާއަކުންވެސް ހަބަރުތަކާއި، ރިޕޯޓްތައް އަދި އެހެނިހެން ވެސް ލިޔުންތައް ލިޔުމަށް ކުޅަދާނަ ނޫސްވެރިއެކެވެ. ހާއްޞަ ދާއިރާއަކީ އިޖްތިމާއީ މައްސަލަތަކާއި، އަދި ނ.އަތޮޅުގެ ފުޓްބޯޅަ އާއި ގުޅުންހުރި ރިޕޯޓްތައް ލިޔުމެވެ.

މިލިޔުންވެސް ކިޔާލާ

މޮޅުކުޅުންތެރިއަކަށް ވުމަށް އަޚްލާޤު ވަރަށްމުޙިއްމު

ދިރިއުޅުމުގެ ހުރިހާ ކަމެކޭ އެއްފަދައިން ފުޓްބޯޅައިގައިވެސް ކާމިޔާބު މޮޅުކުޅުންތެރިއަކަށް ވުމުގައި އަޙްލާޤު ވަރަށް މުޙިއްމު ދަޢުރެއް އަދާކުރާކަމީ މިއަދު ދުނިޔެ …

ޚިޔާލެއްދެއްވާ

avatar
ބިސް މަޅިބެ
ބިސް މަޅިބެ

dharifulhaa Saifoo thikan adhinethey kalomennakah vaakah

wpDiscuz