ލަންދޫ ސްކޫލްގެ ބަށި މުބާރާތް ފެށިއްޖެ

ލަންދޫ ސްކޫލްގެ އިންޓަރ ހައުސް 16 ވަނަ ބަށި މުބާރާތް އިއްޔެފެށިއްޖެއެވެ. މި މުބާރާތް ފައްޓަވައި ދެއްވީ ލަންދޫ ސިއްޙި މަރުކަޒުގެ ފެމެލީ ހެލްތު ވޯރކާ ލަންދޫ އަލިމަސްގޭ އަލްފާޟިލާ ތަސްލީމާ އަބޫބަކުރެވެ.

މުބާރާތުގެ ފުރަތަމަ މެޗުގައި ޚަދީޖަތު ވަރުދާ އާއި ހައްވާ ޝާޢިރާގެ ސިއްތިމާވާ ހައުސް އާއި ބައްދަލްކޮށް އައިޝަތު ރުކުޝާނާ އާއި މަރިޔަމް ޔޫސުފްގެ ރެހެންދި ހައުސް އެއްލަނޑުގެ ތަފާތަކުން ބަލިވެފައިވާ އިރު ދެވަނަ މެޗުގައި ޚަދީޖަތު ވަރުދާ އާއި ހައްވާ ޝާޢިރާގެ ސިއްތިމާވާ ހައުސް ވަނީ ފާތުމަތު ގުލޭލާ އާއި އަޒްރާ ޢަބުދުލް ކަރީމްގެ ދޮށިމޭނާ ހައުސްގެ މައްޗަށް 3 ލަނޑުގެ ބޮޑުކާމިޔާބީއެއް ހޯދާ މި މުބާރާތުގެ ފައިނަލްގެ ޖާގައެއް ކަށަވަރުކޮށްފައެވެ.

ލަންދޫ ސްކޫލުން މައުލޫމާތު ދެއްވާ ގޮތުގައި މި މުބާރާތުގެ އެންމެފަހު މެޗާއި މުބާރާތުގެ ފައިނަލް މެޗް މިއަދު ހަވީރު ކުޅެވޭނެއެވެ.

އުއްމީދީ ހުނަރުވެރި ބައެއްކުޅުންތެރިން ފެނިގެންދިޔަ މި މުބާރާތުގެ ފުރަތަމަ ދެމެޗް ބަލާލުމަށްޓަކައި މިކުޅިވަރަށް ލޯބިކުރައްވާ ފަރާތްތަކުން ބަށިކޯޓްދޮށަށް ހާޒިރު ވެފައިވާކަން ފާހަގަ ކޮށްލެވެއެވެ.

ލިޔުނީ: މިހާސް

މިހާސްއަކީ ކޮންމެ ދާއިރާއަކުންވެސް ހަބަރުތަކާއި، ރިޕޯޓްތައް އަދި އެހެނިހެން ވެސް ލިޔުންތައް ލިޔުމަށް ކުޅަދާނަ ނޫސްވެރިއެކެވެ. ހާއްޞަ ދާއިރާއަކީ އިޖްތިމާއީ މައްސަލަތަކާއި، އަދި ނ.އަތޮޅުގެ ފުޓްބޯޅަ އާއި ގުޅުންހުރި ރިޕޯޓްތައް ލިޔުމެވެ.

ޚިޔާލެއްދެއްވާ

avatar
wpDiscuz