ލަންދޫ ސާމަރާގެއިން ވަގަށްނެގި ސާމާނުތައް ރޭ ފެނިއްޖެ.

ސާމަރާގެއިން ގެއްލުނުކަމަށްބުނާ ސާމާނުތަކުންބައެއް ފާރުމަތީ އަތުރާފާހުއްޓާ / ފޮޓޯ : ލަންދޫއިންފޯ

މީގެ ހަފްތާއެއްހާ ދުވަސްކުރިން ނ.ލަންދޫ ސާމަރާގެއަށް ބަޔަކު ސިއްރުންވަދެ އެގެއިން ވައްކަންކޮށް އެގޭގައި ހުރި ކޮމްޕިއުޓަރ ސިސްޓަމާއި، އެލެކްޓޯނިކް އިތުރު ގިނަ އެއްޗެހިތަކަކާއި، ބަދިގެސާމާނު ތަކަކާއި، އަދި އިތުރު އެހެނިހެން ތަކެތި ވަގަށް ގެންގޮސްފައިވާ މައްސަލާގައި މިދިޔަހަފްތާގައި ފުލުހުން ލަންދުއަށްއައިސް އެމައްސަލަބެލުމަށްފަހު ވަންކަން ކުރީ ވަކިކޮންބައެއްކަން ނޭންގި ތިއްބާ ރޭ ކުއްލިއަކަށް އެތަކެތި ބަޔަކުހޯދައިފިއެވެ.

ލަންދޫކައުންސިލް އިދާރާއިން މިކަމާގުޅޭގޮތުން މައުލޫމާތު ދެއްވަމުން ކައުންސިލްގެ ރައީސް މުހައްމަދު ފަޔާޟް ވިދާޅުވީ ރޭ 10:00 ހާއިރު ފުލުހުން ލަންދުއަށް ވަޑައިގެން އެމައްސަލައާއި، ގުޅިގެން ހެކިހޯދުމަށް ފަރާތްތަކާއި، ސުވާލުކުރިކަމަށާއި، އެމީހުންނާއި، ސުވާލުކުރުމަށްފަހު ރޭ ދަންވަރު 2:30 ހާއިރު ފުލުހުން ރަށުންފުރާފައިވާކަމަށެވެ. އަދި މިއަދު ގެ ކޮންމެވެސް ވަގުތެއްގައި އަނެއްކާވެސް ފުލުހުން ލަންދުއަށް ވަޑައިގަންނާނެކަމަށް ފުލުހުން މައުލޫމާތު ދެއްވާފައި ވާކަމަށްވެސް ކައުންސިލްގެ ރައީސް ފަޔާ މިއަދު ވިދާޅުވިއެވެ. މިކަމާގުޅިގެން އެއްވެސް މީހަކު އަދި ބަންދު ނުކުރާކަމަށް ފުލުހުންވެސް މައުލޫމާތު ދެއްވައެވެ.

މިވަންކަން ކުރީ ވަކިކޮންބައެއްކަން ފުލުހުން އަދި ހާމަނުކުރިއަސް ރަށުތެރޭގައި އަޑުފެތުރިފައިވަނީ މިވައްކަމުގައި ޝާމިލްވަނީ 16 އަހަރުންދަށުގެ ކުޑަކުދިން ތަކެއްކަމަށެވެ.

ސާމަރާގެއިން ގެއްލުނުކަމަށްބުނާ ސާމާނުތައް ރޭ 9:00 ހާއިރު ނ.ލަންދޫ ލޮނުގެ މަގުމަތީ ފާރުމަތީގައި ފޮށިތަކަކަށް އަޅާފާ އަތުރާފާ ހުއްޓާލަންދޫއިންފޯގެ ޓީމަށްވެސް ވަނީ ފެނިފައެވެ. އެތަކެތި ނެރެފައިވަނީ ލޮނުގޭގެ ކޮޓަރިއެއްގެ ތެރޭގައި ރައްކާކޮށްފާ ހުއްޓާކަމަށް މަންޒަރު ދުށްމީހުން މައުލޫމާތު ދެއެވެ.

ސާމަރާގެއިން ގެއްލުނުކަމަށްބުނާ ސާމާނުތައް މިހާރުވަނީ އޭގެ ވެރިފަރާތާ ހަވާލުކުރުމަށް ޓަކައި ލަންދޫ ކައުންސިލް އިދާރާއި، ހަވާލުކޮށްފައިކަމަށް ލަންދޫކައުންސިލުންމަޢުލޫމާތު ދެއްވައެވެ.

ކޮންމްޕިއުޓަރ ސިސްޓަމާއި، އެހެނިހެން ސާމާނު ތައްވެސް ވަނީ ވަރަށް ބޮޑަށް ރުޅާހަދާފާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

ލަނދޫ ކާޑަށްޖެހިފައި

ބަރަކާތްތެރި ރަމަޟާންމަހަކީ އަހަރުގެ އެހެނިހެން މަސްމަހާއި ޚިލާފަށް ކާއެއްޗެހި ހެދުން ގިނަމަހަކަށްވާއިރު ބަރަކާތްތެރި ރަމަޟަންމަސް ފެށުނު އިރު ލަންދޫގެ ހުރިހާ …

ޚިޔާލެއްދެއްވާ

avatar
މާރިޔޯ
މާރިޔޯ

އެކަމަކު ވާ ދޯ… ކޮބައިތަ މައިންބަފައިން.. ކޮބައިތަ ތިގޭ ވެރިން… ނުފެނޭތަ އެ އެއްޗިހި ބަހައްޓާފަ ހުއްޓާ… އިހްމާލް ވަނީ ދެން ވަކި ވަރަކަށް ނޫންދޯ.. ދެން ތި ވެސް ޖަހާނީ އެހެން ބައެއްގެ ބޮލަށް ކަންނޭގެ

wpDiscuz