ލަންދޫ މަގު ހެދުމުގެ މަސައްކަތް މިއަދު ފަށައިފި.

ނ.އަތޮޅުގައި އޮންނަ ރިސޯޓެއް ކަމަށްވާ ފުށިވެލަވަރާއި، ނ.ލަންދޫ ކައުންސިލް ގުޅިގެން ކުރިއަށް ގެންދާ މަޝްރޫޢެއްގެ ދަށުން ލަންދޫގައި އަލަށް ހަދާ މަގުތައް ހެދުމުގެ މަސައްކަތް މިއަދު ފަށައިގެން ކުރިއަށް އެބަގެންދެއެވެ.

 

މިމަސައްކަތަށްބޭނުންވާ އެކްސް ކަވޭޓަރ އިއްޔެ ވަނީ ލަންދޫއަށް ގެނެސްފައެވެ. މިއަދު ހެނދުނު ފަށައިގެން ކުރިއަށްގެންދާ މިމަސައްކަތުން މިހާރުވަނީ ބަނދަރަށް ފޫއަޅުވާގޮތަށް ހަމަޖައްސާފައިވާ “ފަނޑިޔާރުމަގު” ގެ ބަޔަކުން ރުއްތަކެއް ނަގާފައެވެ. ރުއްތައް ނަގަމުން ދާވަރަކަށް އެވަޅުތައްވެސް އަންނަނީ ފަސްއަޅާ ފޮރުވަމުންނެވެ.

މަޢުލޫމާތު ލިބިފައިވާގޮތުގައި މި މަގުހެދުމަށް ޓަކައި ނަގަމުންދާ ރުއްތައް ގެންދާނީ ފުށިވެލަވަރު ރިސޯޓްގައި އިންދާށެވެ. ރުއްތައް ނަގަމުންދާ ވަރަކަށް ގޮނޑުދޮށްކުރަމުން ގެންދެއެވެ.

މިމަސައްކަތުގެ ދަށުން ލަންދޫ ޒުވާނުންގެ ބޯޅަދަނޑުވެސް އެއްވަރުކޮށް ވެލިއަޅާ ހަދާގޮތަށް ހަމަޖެހިފައިވާކަމަށް މަޢުލޫމާތު ލިބިފަިއވެއެވެ.

[album id=2 template=extend]

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

އެމްޑީއޭގެ ފަރާތުން ލަންދޫ ގޮނޑުތައް ސާފުކުރަންފަށައިފި.

މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް ( އެމްޑީއޭ ) ގެ ފަރާތުން އެކްސްކަވޭޓަރަކާއި، ލޮރީއެއް ގެނެސްގެން ނ.ލަންދޫގެ ކުނޑިގޮނޑުތައް ތަރުތީބުކޮށް ސާފުކުރުމުގެ …

ޚިޔާލެއްދެއްވާ

avatar
wpDiscuz