ލަންދޫ މަގުތައް ހެދުމުގެ މަސައްކަތް ނިމިގެންދާއިރު…

ލަންދޫގައި ތަރައްޤީކުރެވުމްދާ މަގެއް / ފޮޓޯ: ލަންދޫއިންފޯ

ލަންދޫކައުންސިލާއި ކައިރިރިސޯޓަކާއި، ގުޅިގެން ލަންދޫ ގައި ކުރިއަށްގެންދާ މަގުހެދުމުގެ މަޝްރޫޢު ނިމޭއިރު މިކަންތައް ރައްޔިތުން ބަލައިގަންނާނީ ކިހާމިންވަރަކަށްބާއެވެ. މިއީ މިހާރު އުފެދެމުންދާ ސުވާލެކެވެ.

މަގުތަކުގައި ހުރި ގަސްރުއް ނަގާ މަގުއެއްވަރު ކުރުމުގެ މަސައްކަތް ނިމުމަކަށްދާއިރު ބައެއްގޭގެ މަގުފާރު އެވަނީ ވެއްޓެން ކައިރިވެފައެވެ. އަނެއްބައިގެތަކުގެ ފާރުތައް އެވަނީ މައްޗަށް އުފުލަން ޖެހިފައެވެ. އަނެއްބަޔަކު ޝަކުވާކުރަމުންދަނީ އެގެއަކާ ދިމާއަށް އަޑިވުމުގެ ސަބަބުން ފެންހެދޭނެވާހަކައިންނެވެ.

ކައުންސިލް މެމްބަރުން އިސްވެ ތިއްބަވައިގެން ވަރަށްރަގަޅު މަޤްޞަދެއްގައި ކުރެވެމުންމިދާ ބޮޑު މަސައްކަތުގައި ކޮންމެވެސް އެއްބަޔަކަށް ފައިދާތަކެއްވެ އަނެއްބަޔަކަށް ގެއްލުންތަކެއް ވުމަކީ އެކަށީގެންވާ ކަމެއްކަން ޚުދު ކައުންސިލް ގެ މެމްބަރުންވެސް ޤަބޫލުކުރައްވައެވެ. އެހެންނަމަވެސް ގިނަބަޔަކަށް މިކަމުގެ ފައިދާ އާއި ރީތިކަން ލިބިގެން ދާދިއުމަކީ އެބޭފުޅުން އެންމެއިސްކަންދެއްވާ ކަންތައްކަމަށް ވަނީ ވިދާޅުވެފައެވެ.

ފަނޑިޔާރު މަގުގެ އިތުރުން ޒުވާނުންގެ ހިގުމާއި، މާވެވުމަގުވެސް މިހާރު މިވަނީ އެއްކޮޅުން އަނެއްކޮޅަށް ފޫދުއްވާލައިފައެވެ. އަދި ރަށުގެ ދެކުނު ފަރާތުން އަލަށް ގޯތިތައް ދޫކުރާ ހިސާބުގެ މަގުގެ އިރުމަތީ ކޮޅުންވެސް އެވަނީ ފޫދުއްވާލައިފައެވެ. މި މަސައްކަތަކީ ރައްޔިތުބައަކު އަމިއްލައަށް ކަތިވަޅިވަޅިއާއި ފުރޯ އުދަލި ހިފައިގެން ނުކުމެ ނުވެސްވާވަރުގެ ބޮޑުމަސައްކަތެއްކަން ވަނީ ލަންދޫގެ ގިނަބަޔަކު ޤަބޫލުކޮށްފައެވެ.

މިމަސައްކަތުގެ ބަދަލެއްގެ ގޮތުން ރަށުން ބޭރުވެގެންދިޔަ ގިނަޢަދަދެއްގެ ރުއްތަކާއި، ގަސްތައް ފެނުނު މީހަކު އެކަމާވެސް ކަންބޮޑުވާނެއެވެ. ރިސޯޓަށް ގެންދެވުނު ގަސްރުކުގެޢަދަދު އެނގޭނީ އެ ޢަދަދު ބެލި ބަޔަކަށެވެ. ގުނާޢަދު ނުކޮށް މިވެނި އެވެނި ވަރަކަށޭ ގެންދިޔައީ ބުނުމަކީ ރަގަޅުކަމެއްނޫނެވެ.

ދެން އޮތް އަނެއްކަމަކީ މި މަސައްކަތުގައި އަމަލީ ގޮތުން އުޅެނީ ލަންދޫގެ ރައްޔިތުންގެ ތެރެއިން އެމްޑީޕީއަށް ނިސްބަތްވާ ހަރުދަނާ ބޭފުޅުންކޮޅެކެވެ. އެބޭފުޅުން އެމަސައްކަތް ކުރައްވަނީ ޕާޓީން ކޮށްދޭ މަސައްކަތެއްގެ ގޮތުގައެވެ. މަސައްކަތަށް ބޭނުންކުރާ އެކްސް ކަވޭޓަރާއި، ލޯޑަރާއި، ލޯރީގެ ބޭނުންކޮށްގެން ޢާއްމު ފަރުދުންނަށް ޚާއްޞަކޮށް އެމްޑީޕީގެ އެކްޓިވިސްޓުންނަށް ކޮށްދޭ މަސައްކަތްތަކަކީ ގިނަބަޔެއްގެ ލޮލުގައި އަޅައިގަންނަމުންދާ ކަންތައް ތަކެކެވެ. ތިމާ ނުލިބުނަސް އަނެކާއަށްވެސް ލިބުމަށް ނޭދޭ ގިނަމީހުން މިކަމާދަނީ ނުރުހުމުގެ ބަސްތައް އެއްލަމުންނެވެ. މިއީވެސް ހަމަ ލަންދޫގެ ރައްޔިތުންނެވެ.

ކުރިންވެސް ބަޔާންކުރެވުނުފައިން މިއީ އިޖްތިމާޢީ ގޮތުން ލަންދޫގެ ޢާއްމު ހުރިހާރައްޔިތުންނަށް ލިބިގެންދާ ތަރައްޤީއަކަށްވާއިރުވެސް މިމަޝްރޫޢު ނިމޭއިރު މިކަންތައް ހެޔޮހިތުން ބަލައިގަންނާނީ ކިތައްމީހުންބާއެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

އެމްޑީއޭގެ ފަރާތުން ލަންދޫ ގޮނޑުތައް ސާފުކުރަންފަށައިފި.

މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް ( އެމްޑީއޭ ) ގެ ފަރާތުން އެކްސްކަވޭޓަރަކާއި، ލޮރީއެއް ގެނެސްގެން ނ.ލަންދޫގެ ކުނޑިގޮނޑުތައް ތަރުތީބުކޮށް ސާފުކުރުމުގެ …

ޚިޔާލެއްދެއްވާ

avatar
ލޮއްލަ
ލޮއްލަ

މަގުހެދުމުގެ ގޮތުން ކޮށްފައިވާ މަސައްކަތައް ރަސްމާދޫ ސުޖާޢު އަށް ސުކުރު ދަންނަވަމެވެ. މަގުހަދާފައިވަނީ އަޅުގަނޑު ގަބޫލުކުރާގޮތުގައި ސިޔާސީ އެއްވެސް ކުލައެއް ޖެހިގެންނެއްނޫނެވެ. ހޮދު ސުޖާޢުގެ ޖީބުންނެވެ. ސުކުރިއްޔާ ސުޖާޢު ވާ. ވާ

ޒާހިރު
ޒާހިރު

ވަރަށް ރަނގަޅު ލިޔުމެއް