ލަންދޫ މަގުހެދުމުގެ ކަންތަކާބެހޭގޮތުން މަޝްވަރާކުރުމަށް ކައުންސިލްގެ ފަރާތުން ރައްޔިތުންނާ ބައްދަލުކޮށްފި.

މިރޭ ބޭއްވި ބައްދަލުވުމުގެ ތެރެއިން / ފޮޓޯ: ލަންދޫއިންފޯ

ނ.ލަންދޫ މަގުހެދުމުގެ ކަންތަކާބެހޭގޮތުން މަޝްވަރާކުރުމަށް ކައުންސިލްގެ ފަރާތުން ރައްޔިތުންނާ ބައްދަލުކޮށްފިއެވެ.

މިރޭ 8:45 ގައި ލަންދޫ ކައުންސިލް އިދާރާގެ ގޯތިތެރޭގައި ބޭއްވި ބައްދަލުވުމުގައި ގިނަޢަދަދަކަށް ރައްޔިތު ފިރިހެނުން ބައިވެރިވެފައިވެއެވެ.

ލަންދޫކައުންސިލްގެ ރައީސް އަލްފާޟިލް މުޙަމައްމަދު ފަޔާޟު މިބައްދަލުވުމުގައި ރައްޔިތުންނާ މުޚާޠަބުކޮށް ދެއްކެވި ވާހަކައިގާ ލަންދޫގެ މަގުހެދުމުގެ މަސައްކަތް މިހާރުގޮސްފައިވާ ހިސާބު ވަރަށް ސާފުކޮށް ކިޔައިދެއްވިއެވެ.

ފަޔާ ވިދާޅުވީ މަގުހެދުމުގެ ކަންތަކާ ބެހޭގޮތުން އޮޅުވާލައިގެން ޙަޤީޤަތާ ޚިލާފު އަޑުތަކެއް ބަޔަކު ރަށުތެރޭގައިފަތުރަމުން ދާކަމަށެވެ.  އެގޮތުން ހޮޅުއަށިތަކުގައްޔާއި، އެކިތަންތާންގައި ޢާއްމުން ދައްކަމުންދާ ވާހަކަތަކަށް ރައްދު ދެއްވަމުން ފަޔާ ވިދާޅުވީ ، ރުއްގަހުގެ ބަދަލު ދިނުމަށް ހޯދިފައިސާއަކީ ވަކި މީހަކު ވެރިކަމުގައި ހުރި ދުވަސްވަރު ވަކިކަމަކަށް ހޯދިފައިސާ ނޫންކަމަށާއި، އެފައިސާއަކީ ކައުންސިލްގެ ހިންގުމުގެ ބަޖެޓުން ބާކީކޮށްގެން އެއްކުރި ފައިސާކަމަށާއި، މަގުގައި ހުރިހުރިހާ ރުއްގަހަކަށް މިހާރު އެފައިސާއިން ބަދަލުދެވިފައިވާނެކަމަށެވެ.

ވަރަށް ރީތިކޮށްބާރަށް އެމަސައްކަތް ހިނގަމުންދަނިކޮށް، ވަކިހިސާބަކުން ހުއްޓުނީ ކޮންމެވެސް ބަޔަކު އަޑީގައި ތިބެގެން  އޭގައި ސިޔާސީ ކުލަވަރު ޖައްސަން މަސައްކަތްކުރުމުން ކަމަށްވެސް ފަޔާ މިރޭ ތުހުމަތު ކުރެއްވިއެވެ.

އަދި މީގެއިތުރުން މިހާރު ލަންދޫ ހުކުރުމިސްކިތަށް އިތުރުކުރުމުގެ މަސައްކަތް ހިނގަމުންދާ ، ފެންޑާގެ  މަސައްކަތް ކުރިއަށްދާގޮތުގެ މައުލޫމާތު ވެސް ރައްޔިތުންނަށްދެއްވިއެވެ.

މިރޭގެ ބައްދަލުވުމުގައި މާބޮޑު ޒުވާބަކަށް ނުދިޔަނަމަވެސް ބައްދަލުވުން ނިމެންކައިރިވެފައި ވަނިކޮށް އެމްޑީޕީގެ އެކްޓިވިސްޓަކާއި، ޕީޕީ އެމްގެ އެކްޓިވިސްޓަކާ ދެމެދު މިކަމާގުޅޭގޮތުން ކޮންމެވެސްވަރަކަށް ދެބަސްވުން އުފެދުނެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

އެމްޑީއޭގެ ފަރާތުން ލަންދޫ ގޮނޑުތައް ސާފުކުރަންފަށައިފި.

މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް ( އެމްޑީއޭ ) ގެ ފަރާތުން އެކްސްކަވޭޓަރަކާއި، ލޮރީއެއް ގެނެސްގެން ނ.ލަންދޫގެ ކުނޑިގޮނޑުތައް ތަރުތީބުކޮށް ސާފުކުރުމުގެ …

ޚިޔާލެއްދެއްވާ

avatar
Anonymous
Anonymous

ރުއްތަކުގެ ބަދަލު ދިނީ ސަރުކާރުގެ ފައިސާއިން ކަމަށްވަންޔާ ، އެވަނީ ސަރުކާރުގެ މުދަލަކަށް އެމުދާ ދެންޖެހޭނީ ނީލަންކިޔަން. ހިލޭ މަގު ހަދާ މަތިން އެއްވެސް ބަޔަކަށް ނުދެވޭނެ. ތިބާވަތުގެ ކަމެއް މިހާރު ޅޮހީގައިވެސް އެބަބަލަ. ކައުންސިލަރުން ހޭއަރާ ތިބޭ. ދައުލަތުގެ މުދާބޭނުން ކުރުމަށް އޮތް ގާނޫނުގެ ދަށުން ކރ

މަގުބޮޑޭ
މަގުބޮޑޭ

ލަންދޫގެ މަގުތައް އަހަރެމެންނަށް ހެޔޮ ހަދައިފިއްޔާ . އެއީ ކޮންމެ ޕާޓީއަކުންވިޔަސް. އަހަރެމެން ވޯޓެއް ނުދޭނަން ވަކި މަގުހެދިޔަކަސް . އެހެން ހީނުކުރާތި އިނގޭ.

ހައިކަލް ލަންދޫ
ހައިކަލް ލަންދޫ

************ކީ ކައުންސިލްގެ ރައީސަކަށް އެއްވެސް ގާބިލް މީހެއްނޫން

ނައިނާ
ނައިނާ

ހާދަ އިންތިޒާމް ދަށް ބައްދަލުވުމެކެވެ.

ކައްޕި
ކައްޕި

ލަންދޫ ކައުންސިލަރުން އަސްލު އެއްގޮތަކުން ވަރަށްރަގަޅޭވެސް ބުނެވިދާނެ. ބައެއް ރަށްރަށުގައި އެބަހުއްޓޭ ކޮޅަށް ތިބެގެންވިޔަސް ގުދައްތިބެގެންވިޔަސް އަދި އޮށޯވެ ތިބެގެން ވިޔަސް ރައްޔިތުންގެ އެންމެ ބައްދަލުވުމެއްވެސް ނުބޭއްވި. އެހެނެއްކަމަކު ލަންދޫގައި ރައްޔިތުންނާ އެބަ ބައްދަލުކުރޭތާދޯ. ކޮންމެ ގޮތަކަށް ބައިތިއްބައިގެން ނަމަވެސް.

މޯޑް
މޯޑް

ލަންދޫ ކައުންސިލަރުން ލަންދޫ ރައްޔިތުންނަށް ކުރާ އިޙްތިރާމާއި ލޯބި މިހާރަކަށް އައިސް ރައްޔިތުންނަށް ބޭއްވޭ ބައްދަލްވުންތަކުން ވަރަށް ރަނގަޅަށް ސާފްވެގެން ދެއެވެ. އެންމެފަހުން އަންހެންވެރިންނަށް ސްކޫލްގައި ބޭއްވުނު ބައްދަލްވުމުގައި އެކަބަލުން ތިބެން ޖެހުނީ ކޮޅަށް ހަމަ އެހެންމެ ރޭގައި ރައްޔިތު ފިރިހެނުންނަށް ބޭއްވުނު ބައްދަލް ވުމުގައިވެސް ފިރިހެން ވެރިންވެސް ދެފައި ދުނިއަރުވައިގެން ތިބެން ޖެހުނީ ހަމަ ކޮޅަށެވެ. މިފަދަ ކަންތައްތަކުން ކައުންސިލަރުންގެ ހަޤީގީސިފަ މިއަދު މިދަނީ ލަންދޫ ރައްޔިތުންގެ ކުރިމަތީގައި ހާމަވެ އެނގެމުންނެވެ.

ބަބުރު
ބަބުރު

އަސްލު މީގަ ކައުންސިލުން ވެސް ކަންކުރީކީ ކުރަންއޮތް އެންމެ ރަގަޅަކަށްނޫން. މިހާބޮޑުކަމެއް ކުރަންފެށުމުގެ ކުރިން އެކަން ކުރާކަމާއި، އެކަންކުރަނީ ކޮން ގޮތަކަށް ކަން ރައްޔިތުންނަށް އަންގަންވާނެ. ރައްޔިތުންނާއި، ގުޅުންހުރި މިވަރު ބޮޑުމަސައްކަތެއްފެށުމުގެ ކުރިން ރައްޔިތުންގެ ޚިޔާލާ މަޝްވަރާ ނުހޯދުނީމާ މިހާރު ތި އުޅެނީ ތީތި އަތަށް ގޮވައިގެން. ދެންދޯ ވީ ރައްޔިތުންނާ ބައްދަލުކޮށް ވާހަކަދައްކަން. ވާނެ ހަތަރެއެތިވީމާ.

mohamma
mohamma

މިރޭ ފެނިގެން މިދިޔައީ ލަންދޫގައި އަލަށްކުޅެންފެށުނު ފިލުމެއްގެ ފުރަތަމަ އެޕިސޯޑް ، މި ފިލްމުގެ ޑައިރެކްޓަރ ކޮޑިކޮޅެއްގައި ދެވަނަ އެޕްސޯޑަށް ބޭނުންވާ ސްކްރީންޕްލޭ ތައްޔާރު ކުރެއްވުމުގައި އިންނެވި މަންޒަރު މިރޭ ފެނިގެން ދިޔަ ، މިފަދަ ފިލުމުތަކަކީ އެކުވެރި އެއްބައިވަން މުޖުތަމަޢުތައް ފަސާދަކުރާ ފިލުމްތައްކަން އެންމެން ދަންނާށެވެ.

wpDiscuz