ލަންދޫ އެމްޑީޕީ ގޮފިން އެއްބަސް ނުވެގެން މިސްކިތަށް ދޭންބުނި ޓައިލް ނުދޭގޮތަށް ނިންމައިފި.

ލަންދޫ ހުކުރު މިސްކތަށް އިތުރުކުރާ ފެންޑާގެ މަސައްކަތުގެ ތެރެއިން / ފައިލްފޮޓޯ: ލަންދޫއިންފޯ

ނ.ލަންދޫ ހުކުރުމިސްކިތް ( މަސްޖިދުއްލުބާބު ) ގައި އިތުރުކުރާ ފެންޑާއަށް ޓައިލް ދެއްވާނެކަމަށް ، ކެނދިކުޅުދޫ ދާއިރާގެ މަޖްލިސްމެމްބަރ އަލްފާޟިލް އަޙްމަދު ޢީސާ ކުރިން ވިދާޅުވުމަށްފަހު ، ލަންދޫގައި ތިބި އެމްޑީޕީ މެމްބަރުންގެ ތެރެއިން އިސްބަޔަކު އެކަަމާ އެއްބަސް ނުވާތީ ޓައިލްސް ދެވެން ނެތްކަމަށް ވިދާޅުވެއްޖެކަމަށް ލަންދޫކައުންސިލުގެ މެމްބަރަކު މިއަދު ލަންދޫ އިންފޯއަށް މައުލޫމާތު ދެއްވައިފިއެވެ.

ލަންދޫ ކައުންސިލްގައި ހުރި އަދާލަތު ޕާޓިއަށް ނިސްބަތްވާ ހަމައެކަނި މެމްބަރު އަލްފާޟިލް އިބްރާހިމް ލަތީފް މިއަދު ވިދާޅުވީ އޭނާ ސީދާ އަހްމަދު ޢިސާއާއި، ފޯނުން ވާހަކަދެއްކިކަމަށެވެ. އަދި ކުރިން ޓައިލްސް ދޭނެކަމަށް ބުނެފައިވިޔަސް މިހާރު އެކަން ނުކުރާގޮތަށް ނިންމާފައިވާކަަމަށް އަޙްމަދު ޢީސާ ވިދާޅުވިކަމަށެވެ. އަދި އެގޮތަށް ނިންމީ ލަންދޫގައި ތިބި އެމްޑީޕީ ގެ ބައެއް މީހުން އެކަމާ ހިތްހަމަ ނުޖެހޭތީ ކަމަށް އަހްމަދު ޢީސާ ވިދާޅުވިކަމަށްވެސް އިބްރާހީމް ލަތީފް ވިދާޅުވިއެވެ.

މިކަމާ ގުޅޭގޮތުން ބަހެއްހޯދާލުމަށް ލަންދޫގައި މިވަގުތުހުރި އެމްޑީޕީގެ މިދާއިރާގެ ނައިބްރައީސް އަލްފާޟިލް މަޖުދުﷲ ޢަބުދުއްރައްޒާޤު އާއި ފޯނުން ގުޅާލުމުން ވިދާޅުވީ ތިކަހަލަ ކަމެއް ހިނގާކަމެއް އެނގިފައިނުވާކަމަށެވެ. އަދި އަހްމަދު ޢީސާ މިސްކިތަށް އެހީއެއް ވުމަކީ ކޮންމެހެން އެމްޑީޕީގެ އެހެން މެމްބަރުންނާ ބެހޭ ކަމެއްނޫންކަމަށެވެ. އަދި މަޖޫވިދާޅުވީ އަހްމަދު ޢީސާ ލަންދުއަށް ވެދޭ އެހީ ލަންދޫ ކައުންސިލުން ބަލައިނުގަންނާތީ ފަހަރެއްގައި އެކަން ހުއްޓާލީ ކަމަށް ވެދާނެކަމަށެވެ.

މިސްކިތުގައި އަލަށް އިތުރުކުރެވޭ ފެންޑާގެ މަސައްކަތް ލަންދޫގައި ތިބި އެމްޑީޕީމީހުން ބޮއިކޮޓް ކޮށްފާ ވާކަމަށް ލަންދޫކައުންސިލާއި ހަވާލާދީ އެކައުންސިލްގެ މެމްބަރު އިބްރާހީމް ލަތީފް ވިދާޅުވެއެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

ލަންދޫ ހުކުރު މިސްކިތަށް އަލަށް އިތުރުކުރެވޭ ފެންޑާ ހިޔާކޮށްފި.

ނ.ލަންދޫ ކައުންސިލުން އިސްނަގައިގެން ކުރިއަށް ގެންދާ މަސައްކަތެއްކަމުގައިވާ ، ލަންދޫ މަސްޖިދުއްލުބާބުގައި އިތުރުކުރާ ފެންޑާގެ މަސައްކަތުގެ ތެރެއިން ވަރަށް ބޮޑުބައި މިހާރު ނިމިފައިވާކަމަށް ކައުންސިލުން މަޢުލޫމާތު ދެއްވައިފިއެވެ.

ޚިޔާލެއްދެއްވާ

avatar
ގޯގޯ
ގޯގޯ

އާނ ދެން އެމީހުން ބޭނުމެއް ނުވާނެއެއްނު މި ދަޢުރުގައި ކަމެއްވާކަށް ، ތިމާގެ ދަޢުރުގައި ފީ އިލޮށްޓެއްވެސް މި ފަސްގަޑަށް ޖެހިފައި ނެތީމަ މިހާރު ބަޔަކު ކަންތައްތަކެއް ކުރާތީ އެކަމާ ޖޭ ކިޔާއެއްޗެއް ވަނީ ތޯއްޗެ. އަދި ހަމަ ކަމެއް ކުރާއިރަށް އާނ ތީ އަހަރެމެންގެ މަސައްކަތުން ލިބުނު އެއްޗެއް، މިހެން ބުނާއިރު މި ބުރާންތިންނަށް ނޭންގޭ ކަމެއް ވާކަންވިސް.

ހޭޖެހޭ
ހޭޖެހޭ

އެހެން މީހުންނާއި ދިމާޔަށް ބާޢީ އެކޭ ގޮވާއިރު ލަންދޫގައި ހުރި އެންމެ ބޮޑު ބާޢީއަކީ ******* ދެން ތިމާގެ ދައުރުގައި ކަމެއް ނުވެ އޮތީމަ މިހާރުވެސް ކަމެއް ކުރިޔަ ނުދޭން މަސައްކަތ ކުރަނީ ، މުޅި ރަށް ފިތުނަ ކޮށްފިި

ރިފޯރމް ލަންދޫ
ރިފޯރމް ލަންދޫ

ކައުންސިލް މެމްބަރ އިބްރާހިމަކީ އެމަގާމައް ކުފޫ ހަމަ ނުވާ މީހެއް! މިލިޔުން ކިޔާލުމުން އެކަން އެތައްގުނަ އަކަށް ސާބިތުވެއްޖެ. ސުކުރިއްޔާ އައްމަޑޭ!

ހަނާ
ހަނާ

މި ލިޔުންތައް ކަޖާ މީހުންނަކީ މިަރަށުގައި މޮޅަށް ކިޔަވައިގެން އަދި މާ އިސްލާހުވެގެން އުޅޭ މީހުން. އެކަމަކު އަބަދުވެސް ވާހަކަ ދައްކާނީ މީހުން ފިތުނަވާ ގޮތަށް . މާ ރަގަޅުކަމަށް ހެދިގެން އުޅޭނެ އެއީ މީހުންނަށް ދައްކާލާ ގޮތް

ާ
ާ

ދެން އަދާލަތު ޕާޓީން ޓައިލްސް ގެންނަން ވީނު . އަމިއްލައށް މީހަކު ދޭންބުނާ އެއްޗަކާ މެންބަރުންނާ ކޮންބެހޭކަމެއް..އަބަދުވެސް މީހުން ފިތުނަވާކަހަލަ އެއްޗެއް ޖަހާލެވޭތޯ ބަލާތި.. ކައުންސިލަރުން އަމިއްލަ ބޮނޑި ބަންނަވާހަކަ ޖެހިއްޔާ މާ ތާހިރުވާނެ.

ފިޒާ
ފިޒާ

****** އަށް ހާދަ އެއްޗިހި އިނގެޔޭ ދޯ ، އަދި ބޮޑު ތުނބުޅި ގަޑެއްލައިގެން ހުރެ ރަގަނގަޅޭ ދައްކާލާ ވާހަކަ . އަދި ބުނޭ ތުނބުޅި ކަކުލާ ހަމައަށް ދިގުކުރާށޭ

ނަހުމާ
ނަހުމާ

ޖަހާނެ އެއްޗެއް ނޭންގެންޔާ ކޮންމެހެން ދޮގު ވާހަކަ ލިޔާނެކަމެއް ނެތް :ރަގަޅަށް އެކަންތައް އެވީ. އެމީހުން ނުދިނަސް ތިއޮތީ ނޫން ލައިފް ޖަމުއިއްޔާ އެމީހުން ދީ ދާނެތް ނޫންދޯ

މީމް
މީމް

އަސްލު ކައުންސިލް ޢިދާރާއިން އަބަދުވެސް މަސައްކަތް ކުރަމުންދަނީ އެހެންމީހުންގެ ބޮޑުއެހީތެރިކަމާއި އެކު ރަށަށްލިބޭ ތަރައްޤީގެ މަސައްކަތްތަކުގެ މެޑެލް އެމީހުން އަމިއްލައަށް ޖަހާލުމަށް މިގޮތުން ތިޔަބުނާ މިސްކިތު ފެންޑާގެ މަސައްކަތައް ބޭނުންވާ ފަންޑު ހޯދުމުގެ އެންމެބޮޑު މަސައްކަތް ކޮށްދެއްވާފައިވަނީ މެމްބަރ އަޙްމަދު ޢީސާ ހަމަ އެހެންމެ ފުޓްބޯޅަ ދަނޑު ހެދުމުގެ ކަންތަކުގައި އެންމެބޮޑު މަސައްކަތެއް ކޮށްފައިވަނީ ޕީޕީއެމް ލަންދޫ ގޮފީގެ ރައީސް ހަސަން ސައިފް ( ސައިއްޕޭ ) ލަންދޫ ކައުންސިލްގެ ފަރާތުން މިކަންތައްތައްވަނީ ލަންދޫ ރައްޔިތުންނަށް ސިއްރުކޮށްފަ ކައުންސިލް ޢިދާރާގެ އިސްނެގުމަށްފެށި ކަންތައްތައް މިއަދުވެސް އެވަނީ ފެށިގޮތައް ތާށިވެފައި މިސާލަކަށް މަސްދަޅުތަކާއި އުވަމަތި ގަނޑު ބައްލަވާ !!!

އަހްމަދު ލައިބް
އަހްމަދު ލައިބް

ބަލައިގަންނާކަށް ނުޖެހޭ… ދެން އެޓައިލްސްތައް އެމްޑީޕީގެ މީހުންގެ ގޭގައި ޖަހަން ދޭންވީނު….. ކަމެއްކޮއްނުދެންޔާ ކަމެއްކޮއްދިންކަމަކަށް ނުވާނެ.

wpDiscuz