ލަންދޫ އެމްޑީޕީ ގޮފިންވެސް މުޒާހަރާ ކޮށްފި

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާރޓީ ( އެމްޑީޕީ ) ގެ ފަރާތުން މިއަދު ކުރި ބޮޑު މުޒާހަރާގައި ލަންދޫގެ އެމްޑީޕީ ގޮފިންވެސް ބައިވެރި ވެއްޖެއެވެ.

އެމްޑީޕީ ލަންދޫ ގޮފިން އިސްނަގައިގެން މިއަދު ލަންދޫގައި ކުރިއަށްގެންދިޔަ މުޒާހަރާގައި ލަންދޫގައި ނަނގާކިޔާ އެމްޑީޕީގެ އަންހެންމެމްބަރުންނާއި ފިރިހެން މެމްބަރުން ބައިވެރިވެފައި ވެއެވެ.

މިއަދު ލަންދޫގައި ކުރިއަށް ގެންދެވުނު މުޒާހަރާގައި މިހާރު އުފެދިފައިވާ ސަރުކާރަކީ ބަޣާވާތަކުން ގެނެވިފައިވާ ސަރުކާރެއްކަމާއި މި ސަރުކާރު ވަގުތުން އިސްތިޢުފާދީ އަވަސް އިންތިޙާބެއް ބޭއްވުމަށް ގޮވާލައިފައިވެއެވެ. މީގެ އިތުރުން މިއަދު ރާއްޖޭގައި މިއޮތް ސަރުކާރު ގެނައުމަށްޓަކައި މަސައްކަތްކުރެއްވި ބައެއްފަރާތްތަކަށް ވެސް ތަފާތު ” ބަސްތައް ” މިއަދުގެ މުޒާހަރާގައި ރައްދުކޮށްފައިވެއެވެ.

ލަންދޫ އެމްޑީޕީ ގޮފިން މިއަދު މުޒާހަރާކޮށްފައިވާއިރު މިގޮފީގެ ފަރާތުން އިއްޔެވަނީ ލަންދޫ ގޮޑުދޮށަށް ލައްގާފައިވާ ބައެއްމަސްތައް ނަނގާ ވަޅުލުމުގެ މަސައްކަތްވެސް ކޮށްފައެވެ.

ލިޔުމާގުޅޭ ވީޑިއޯ

ލިޔުނީ: މިހާސް

މިހާސްއަކީ ކޮންމެ ދާއިރާއަކުންވެސް ހަބަރުތަކާއި، ރިޕޯޓްތައް އަދި އެހެނިހެން ވެސް ލިޔުންތައް ލިޔުމަށް ކުޅަދާނަ ނޫސްވެރިއެކެވެ. ހާއްޞަ ދާއިރާއަކީ އިޖްތިމާއީ މައްސަލަތަކާއި، އަދި ނ.އަތޮޅުގެ ފުޓްބޯޅަ އާއި ގުޅުންހުރި ރިޕޯޓްތައް ލިޔުމެވެ.

މިލިޔުންވެސް ކިޔާލާ

ލަނދޫ ކާޑަށްޖެހިފައި

ބަރަކާތްތެރި ރަމަޟާންމަހަކީ އަހަރުގެ އެހެނިހެން މަސްމަހާއި ޚިލާފަށް ކާއެއްޗެހި ހެދުން ގިނަމަހަކަށްވާއިރު ބަރަކާތްތެރި ރަމަޟަންމަސް ފެށުނު އިރު ލަންދޫގެ ހުރިހާ …

ޚިޔާލެއްދެއްވާ

avatar
ރޮނޑު
ރޮނޑު

ތިޔަ … މިއަދުވެސް ގޮވީ މިހާރުގެ ރައީސް ދަންޖެއްސުމަށް. މީހަކު މެރުމަށް ހިތްވަރުދީ އެކަމަށް ގޮވާލުމަކީ ވެސް އެމްޑީޕީން ގާނޫނު އަސާސީން އޯކޭ ކަމެކޯ

wpDiscuz