ލަންދޫ ކަރަންޓްގެ މައްސަލައަށް އަވަސް ހައްލެއް ބޭނުންވެފައި

އޮފީހުގެ މަސައްކަތުގައި އުޅުމަށްފަހު ބްރޭކްވަގުތު ގެއަށްދިޔައިރު ގެއާއި ހިސާބަށް ދެވުނުތަނާ އިއްޔެއެކޭ އެއްފަދައިން މިއަދުވެސް އިވެންފެށީ ތުއްތު ދަރިފުފުޅުގެ ރުއިމުގެ އަޑެވެ. ދަރިފުޅުގެ އަޑު ކަންފަތުގައި ޖެހުމާއިއެކު ވެގެންއުޅެގޮތް ހިތުތެރެއަށް ގެންނާކަށް ދައްޗެއް ނުވިއެވެ. މެންދުރު އެންމެ އަވިބާރުވަގުތު ގޭގައި ކަރަންޓް ނެތުމުގެ ސަބަބުން އެދަރިފުޅަށްވާ ހޫނުގެސަބަބުން ނުވަތަ ކަރަންޓް ނެތުމުގެ ސަނބަބުން އެދަރިއަށް ދޭންޖެހޭ ޚިދުމަތެއް ނުދެވުމުގެ ސަބަބުން އެދަރިފުޅު ރޮނީކަމަށް ހީކޮށް ބާރު ސްޕީޑްގައި ގޯތިތެރެއަށްވަދެ އެދަރިފުޅު ރޮނީ ކީއްވެތޯ ބަލާލިއިރު ކަންތައްވެގެންދިޔައީ ހަމަހީކުރި ގޮތަށެވެ. ހަމަ ކުރީދުވަހެކޭ ، އިއްޔެއެކޭ އެއްފަދައިން މިއަދުވެސް ހަމަ ގޭގައި ކަރަންޓް ނެތީއެވެ.

މިއީ މިއަދު އަޅުގަނޑުމެންގެ މިރަށް ނ.ލަންދޫގައި ޢާއްމު ކަމެކެވެ. ދޭތެރެ ދޭތެރެއިން ރަށުގެ އެކި ހިސާބުތަކުން ކަރަންޓް ކަނޑައިގެން ދަނީކީ މަދެއްކޮށެއް ނޫނެވެ. ހަމަ އެހެންމެ ކަރަންޓަށް އަންނަ ބޮޑު ބަދަލެއްގެ ސަބަބުން ރަށުގެ ގޭގޭގައި ބޭނުންކުރާ އިލެކްޓްރިކް އަތައް އެތައް އާލާތެއް ވަނީ ބޭނުން ނުކރެވޭ ވަރަށް ހަލާކުވެފައެވެ. ރޭގަނޑުވަގުތު ކަރަންޓް ކަނޑައިގެންދާތީ ތުއްތުކުދިން ނަށް އުޅެންޖެހިފައިވަނީ  ނަފްސާނީ ބިރުވެރިކަމެއްގެ ތެރޭގައެވެ.

ލަންދޫ އިންޖީނުގޭގެ އިސްވެރިއެއްގެ ގޮތުގައި މަސައްކަތް ކުރައްވާ ނ.ލަންދޫ ޝާޙް އައިޝަތު ޝިފާޒާ ( ޝިފާ ) މަޢުލޫމާތު ދެއްވި ގޮތުގައި ލަންދޫގެ ކަރަންޓްގެ މައްސަލަ ހައްލު ކުރުމަށްޓަކައި އެފަރާތުން ގެންދަވަނީ ކެނޑި ނޭޅި މަސައްކަތް ކުރައްވަމުންނެވެ. އެފަރާތުން ގުޅަން ޖެހޭ ފަރާތްތަކާއި ގުޅާގެން ލަންދޫގެ ކަރަންޓަށް ދިމާވެފައިވާ ކަންތައްތަކުގެ ވާހަކަ ދަނީ ދުވަހުން ދުވަހަށް ހަނދާންކޮށްދީ އެފަރާތްތަކުގެ ސަމާލްކަމަށް ގެންނަމުންނެވެ.

ހަމަ މިފަދައިން ލަންދޫ ރައްޔިތުންގެ ހައްޤުގައި މިފަދަ ކަންތައްތަކުގައި އަޑުއުފުލާ ވަކާލާތު ކުރަންޖެހޭ ފަރާތްކަމުގައިވާ ލަންދޫކައުންސިލް ޢިދާރާއިންވެސް މަޢުލޫމާތު ދެއްވާގޮތުގައި އެފަރާތުންވެސް ކެނޑީނޭޅި އަންނަނީ ލަންދޫގެ ކަރަންޓަށް ދިމާވެފައިވާ ކަންތައްތަކުގެ ވާހަކަތައް ކަމާބެހޭ ފަރާތްތަކުގެ ސަމާލްކަމަށް ގެނެސް މިކަމުގައި އެފަރާތައް ކުރެއްވެން ހުރި ހުރިހާ މަސައްކަތްކެއް ކުރައްވަމުންނެވެ.

ހިތާމައަކީ މިފަރާތްތަކުން ކުރައްވަމުންގެންދަވާ މަސައްކަތްތަކަށް އެކަށީގެންވާ ރަނގަޅު ތަރުޙީބެއް ކަމާބެހޭ ފަރާތުން ލިބިގެން ނުދާކަމެވެ. އަދި ހަމައެހެންމެ ލަންދޫގެ ކަރަންޓްގެ މައްސަލަ ހައްލުކުރުމުގައި އެންމެ އިސްދަޢުރެއް އަދާކުރައްވަން ޖެހޭ ފަރާތްތަކަށް މިކަންތައް ނޭނގޭކަމަށް ބުނެ އާއްމު ރައްޔިތުމީހާއަށް އޮޅުވާލުމަށް މަސައްކަތް ކުރައްވާ ކަމެވެ.

ކުރިމަތިވަމުން އަންނަނީ މިއަހަރުގެ ބަރަކާތްތެރި ރަމަޟާން މަސްކަމުން ލަންދޫއަށް ދިމާވެފައިވާ ކަރަންޓްގެ މައްސަލަ އަށް ރަނގަޅުހައްލެއް ހޯދުމަށް އިތުރުމަސައްކަތްތަކެއް އަޅުގަނޑުމެންނަށް ނުކުރެވިއްޖެކަމަށްވާނަމަ މިއަހަރުގެ ރަމަޟާންމަސްވެގެންދާނީ މިހާރަށްވުރެވެސް ބޮޑަށް ކަރަންޓްގެ މައްސަލަބޮޑު މަހެއްގެ ގޮތުގައެވެ. މިހެންކަމާއިއެކު ކަރަންޓްގެ މައްސަލަ ހައްލުކޮށްދިނުމުގެ މަސައްކަތް ކޮށްދެއްވުމަށް އަންނަފަރާތްތަކުން ކުރައްވާ މަސައްކަތަކަށް އަޅުގަނޑުމެން ފާރަވެރިވެ މިކަމަށް ދާޢިމީ ހައްލެއް ލިބޭތޯ އެންމެން ގުޅިގެން މަސައްކަތްތަކެއް ފަށަން ވެއްޖެއެވެ.

ލިޔުނީ: މިހާސް

މިހާސްއަކީ ކޮންމެ ދާއިރާއަކުންވެސް ހަބަރުތަކާއި، ރިޕޯޓްތައް އަދި އެހެނިހެން ވެސް ލިޔުންތައް ލިޔުމަށް ކުޅަދާނަ ނޫސްވެރިއެކެވެ. ހާއްޞަ ދާއިރާއަކީ އިޖްތިމާއީ މައްސަލަތަކާއި، އަދި ނ.އަތޮޅުގެ ފުޓްބޯޅަ އާއި ގުޅުންހުރި ރިޕޯޓްތައް ލިޔުމެވެ.

މިލިޔުންވެސް ކިޔާލާ

އަނެންކާވެސް ކަރަންޓް ކެނޑައިގެން ދިއުން އާއްމު ކަމަކަށް ވެއްޖެ

އަނެންކާވެސް ލަންދޫން ކަރަންޓް ކަނޑައިގެން ދިއުން އާއްމުކަމަކަށް ވެއްޖެއެވެ. މި ގޮތުން ރަށުގެ ދެކޮޅުންވެސް ދޭތެރެ ދޭތެރެއިން ( ދުވާލެއްގެ …

ޚިޔާލެއްދެއްވާ

avatar
wpDiscuz