ލަންދޫ ބަނދަރު ސަރަހައްދުގައި ގަސްރުއް އިންދުން މަނާކޮށްފި.

ނ.ލަންދޫ ބަނދަރު ސަރަޙައްދުގެ ވަކިހިސާބެއްގައި އެއްވެސް ވައްތަރެއްގެ ގަހެއް އަދި ރުކެއްވިޔަސް އަމިއްލަ ފަރާތްތަކުން އިންދުން ލަންދޫކައުންސިލުން މަނާކުރައްވައިފިއެވެ.

ލަންދޫ ކައުންސިލްގެ ފަރާތުން މިއަދު ނެރެފައިވާ އިއުލާނެއްގައި ވަނީ ބަނދަރު ހިމެނޭ ސަރަހައްދުގެ ދެފަރާތުން އެވާހުސްބިންތަކަކީ ރަށުގެ ތަރައްޤީގެ ޕްލޭންގައި އިޤްތިޞާދީ އަދި ސިނާއީ އެކި މަސައްކަތްތަކަށް ޚާއްޞަކުރެވިފައިވާ ބިންތަކެއްކަމަށާއި، އެހެންކަމުން ފަޑިޔާރު މަގުގެ ހުޅަނގު ކޮޅުގެ އުތުރުން ނާއި، އަދި ބަނދަރު ސަރަޙައްދަށް ހިމެނޭ އެއްވެސް ހިސާބެއްގައި ގަސްރުއްއިންދުން މަނާކުރައްވާފައިވާ ކަަމަށެވެ.

މިއީ މީގެ ކުރިންވެސް މަނާކުރެވިފައިވާ ކަމެއްކަމަށްވެސް އެއިޢުލާންގައިވެއެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

ޚިޔާލެއްދެއްވާ

avatar
ވާގަލި ލ.މުންޑު
ވާގަލި ލ.މުންޑު

ބަޔަކު ދެކޭގޮތުގައި ލަންދޫ ބަނދަރު ސަރަހައްދަކީ ވަކި އާޢިލާއެއްގެ މިލުކެއްދޯ ހަމަހިލާ އެހެންނަކުން ނުވާނެ އަބަދުވެސް ކާޅަށް ދުވަސް އަންނަނީދޯ …… ވާލައަކަށް ދުވަހެއްނާދެ މީހުންބުނަނީ ކާޅަކަށް ދުވަހެއް އަތްޔާ ވާލަ އަކަށް ވެސް ދުވަހެއް އަންނާނޭ ދޯ ދޯ ދޯ

wpDiscuz