ލަންދޫ ރައްޔިތުންގެ ފުޓްބޯޅަ ދަނޑުހެދުމާއި ބެހޭގޮތުން ރައްޔިތުންނާއި މަޝްވަރާކޮށްފި

ލަންދޫ ރައްޔިތުންގެ ފުޓްބޯޅަ ދަނޑު ހެދުމަށް އަދުގެ ސަރުކާރުން ލަންދޫ ކައުންސިލް ޢިދާރާއަށް ހަތަރުލައްކައަށްވުރެ ގިނަ ރުފިޔާ ޖަމާކޮށްދެއްވުމާއި ގުޅިގެން ދަނޑުގެ މަސައްކަތް ގެންދާނެ ގޮތަކާއި މެދު މަޝްވަރާކުރުމަށް ލަންދޫ ކައުންސިލް ޢިދާރާގެ ފަރާތުން ލަންދޫ ރައްޔިތު ފިރިހެނުންނާއި މިރޭ ލަންދޫ ސްކޫލްގައި ބައްދަލް ކުރައްވައިފިއެވެ.

މިބައްދަލްވުމުގައި މިމަޝްރޫޢު އާއި ބެހޭ މަޢުލޫމާތު ލަންދޫ ކައުންސިލްގެ ރައީސް އަލްފާޟިލް މުޙައްމަދު ފަޔާޟް ( ފަޔާ ) ރައްޔިތުންނާއި ހިސާކުރެއްވުމަށްފަހު މަސައްކަތްގެންދަށް ފެންނަ ގޮތަކާއި މެދު ޚިޔާލް ހުށައެޅުމަށް ރައްޔިތުންގެ ކިބައިން އެދިލެއްވިއެވެ.

ރައްޔިތުންގެ ތެރެއިން ހަތަރުވަރަކަށް ޚިޔާލް ލިބުމުން މި މަސައްކަތް ރާވާ ކުރިއަށް ގެންދިއުމަށް ރައްޔިތުންގެ ތެރެއިން 5 މީހުންގެ ކޮމެޓީއެއް ނެގުނެވެ. މިކޮމެޓީގައި ހިމެނުނީ ނ.ލަންދޫ މުސްތަރީގޭ އަލްފާޟިލް އަޙްމަދު މުޙައްމަދާއި ، ނ.ލަންދޫ ފަޒާ އަލްފާޟިލް މުޙައިމިނު ޢުމަރާއި ، ނ.ލަންދޫ ސަފާރީގޭ އަލްފާޟިލް މަޙަމޫދު މުޙައްމަދާޢި ، ނ.ލަންދޫ އަލިމަސްގޭ އަލްފާޟިލް އަބޫބަކުރު އިބްރާޙިމާއި ، ނ.ލަންދޫ ނޫރަންގޭ އަލްފާޟިލް ޢަބްދުއްނާޞިރު ޢަބްދުﷲ އެވެ.

ލަންދޫކައުންސިލް ޢިދާރާއިން މަޢުލޫމާތު ދެއްވި ގޮތުގައި މިބައްދަލްވުމަށް އައުމުގެ ކުރިން މިމަސައްކަތް ރާވާހިންގުމުގެ މަޝްވަރާ ދިނުމަށް ޒުވާނުންގެ ތެރެއިންވަނީ 5 މެމްބަރުންގެ ކޮމެޓީއެއް ނަގާފައެވެ. މިކޮމެޓީގައި ހިމެނެނީ ޒަހީނު ހަސަން އާއި ، ޔޫސުފް ޢަބްދުއްރަޙީމާއި، އަބްދުލް ޣަނީ އުމަރާއި، ޝިނާނު އަބްދުލް ޤަނީ އާއި، އަދި އަޙްމަދު ރަޝީދެވެ.

މިރޭގެ ބައްދަލްވުމުގައި ފުޓްބޯޅަ ދަނޑާއި ބެހޭ މަޝްވަރާގެ އިތުރުން ތިމާވެށީގެ ދުވަހުގެ މުނާޞަބަތުގައި ރަށުގެ ބަނދަރު ސަރަހައްދުގައި  ރަށުގެ ކޮންމެގެއަކުން ރުކެއް އިންދުމަށްވެސް ފާސްކުރެވުނެވެ.

މިރޭގެ 8:45 ގައި ފެށުނު ބައްދަލްވުން ނިމިގެންގޮސްފައިވަނީ ވަރަށް އެކުވެރި މާހައުލެއްގައި ކަމާއި، މިރޭގެ ބައްދަލްވުމަށް ކައުންސިލް ޢިދާރާއިން އެޖެންޑާކުރި ހުރިހާކަމެއް ހާސިލްވެގެން ދިޔަކަން ފާހަނގަކުރައްވާ މިރޭގެ ބައްދަލްވުމުގައި ރައްޔިތުންގެ ފަރާތުން ފެނިގެންދިޔަ ކަންތައްތަކަށްޓަކައި ކައިންސިލްގެ ރައީސް ފަޔާ ވަނީ ބައްދަލްވުމަށް ހާޒިރުވެލެއްވި އެންމެހާ ފަރާތްތަކަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރައްވާފައެވެ.

ލިޔުނީ: މިހާސް

މިހާސްއަކީ ކޮންމެ ދާއިރާއަކުންވެސް ހަބަރުތަކާއި، ރިޕޯޓްތައް އަދި އެހެނިހެން ވެސް ލިޔުންތައް ލިޔުމަށް ކުޅަދާނަ ނޫސްވެރިއެކެވެ. ހާއްޞަ ދާއިރާއަކީ އިޖްތިމާއީ މައްސަލަތަކާއި، އަދި ނ.އަތޮޅުގެ ފުޓްބޯޅަ އާއި ގުޅުންހުރި ރިޕޯޓްތައް ލިޔުމެވެ.

މިލިޔުންވެސް ކިޔާލާ

ފުޓްބޯޅަ ދަނޑުގެ މަސައްކަތް ކުރިއަށް – ނިމޭނެ ދުވަހެއް ނޭނގެ

ލަންދޫ ޒުވާނުންގެ ފުޓްބޯޅަ ދަނޑު ޒަމާނީ ފެންވަރަށް ހެދުމުގެ މަސައްކަތް ފެށިގެން ކުރިއަށްދާތާ ދުވަސްކޮޅެއް ވެއްޖެއެވެ. މިގޮތުން ޖުމުހުރީ ޕާރޓީގެ …

ޚިޔާލެއްދެއްވާ

avatar
ގުޖުރާތު
ގުޖުރާތު

ހާދަވަރުގަދަ ކޮމިޓީއެކޭ ދޯ. ކިހާވަރަކުންދާނެބާ.
ނ.ލަންދޫ މުސްތަރީގޭ އަލްފާޟިލް އަޙްމަދު މުޙައްމަދާއި ، ނ.ލަންދޫ ފަޒާ އަލްފާޟިލް މުޙައިމިނު ޢުމަރާއި ، ނ.ލަންދޫ ސަފާރީގޭ އަލްފާޟިލް މަޙަމޫދު މުޙައްމަދާޢި ، ނ.ލަންދޫ އަލިމަސްގޭ އަލްފާޟިލް އަބޫބަކުރު އިބްރާޙިމާއި ، ނ.ލަންދޫ ނޫރަންގޭ އަލްފާޟިލް ޢަބްދުއްނާޞިރު ޢަބްދުﷲ މި ކޮމިޓީ ކަޑައޭ. ނެތޭ ކަމުގެ ވައްޓަފާޅި ހުރި ހަމަ އެކަކުވެސް. އެއަށްވުރެ ރަގަޅު ކޮމިޓީއެއް އަލުން ނެގުމަށް ގޮވާލަން. އެހެންނޫނީ ތިކަން ވަކި ހިސާބަކަށް ދާއިރަށް ފްލޮޕްވާނެ. ހަމަ ޔަޤީން.

wpDiscuz