ލަންދޫ ހުކުރު މިސްކިތުގެ ސައުންޑު ސިސްޓަމް ރަނގަޅު ކޮށްފި

ލަންދޫ ހުކުރު މިސްކިތުގައި ބޭނުންކުރަމުން އައި ސައުންޑު ސިސްޓަމަށް މައްސަލަތަކެއް ދިމާވެ ދުވަސްތަކެއް ވުމަށްފަހު މިއަދު އެ ސިސްޓަމް ރަނގަޅުކޮށްފިއެވެ.

ލަންދޫ ކައުންސިލް ޢިދާރާއިން ދީނީ ކަންތައްތަކަށް ހާއްސަ ކުރައްވާފައި ހުންނަވާ ކައުންސިލް މެމްބަރ އަލްފާޟިލް އިބްރާޙިމް ޢަބްދުއްލަޠީފް މަޢުލޫމާތު ދެއްވި ގޮތުގައި މިއަދު ލަންދޫ މިސްކިތުގެ ސައުންޑް ސިސްޓަމް ރަނގަޅު ކުރެވިފައިވަނީ  އިސްލާމިކް މިނިސްޓްރީން ދެއްވި  ގާތްގަނޑަކަށް 13000 ( ތޭރަހާސް ) ރުފިޔާގެ ދީލަތި އެހީތެރިކަމާއި އެކުގައެވެ.

އިބްރާޙިމް ޢަބްދުއްލަޠީފް މަޢުލޫމާތުދެއްވި ގޮތުގައި މިއަދު އަލަށް ބޭނުންކުރަން ފެށުނު ތަކެތީގެ ތެރޭގައި ފާރުގައި ހަރުކުރާ 3 ސްޕީކަރާއި ، 1 އެމްޕާއި ، 1 ގޫސްނެކް މައިކާއި ، 1 މައިކު ސްޓޭންޑް ހިމެނެއެވެ.

ލަންދޫކައުންސިލް ޢިދާރާއިން މިއަދު ހުކުރު މިސްކިތުގެ ސައުންޑު ސިސްޓަމް ރަނގަޅު ކުރިއިރު އެ އިދާރާގެ ފަރާތުން އަންނަނީ މިރަމަޟާންމަހަށް ޓާގެޓްކޮށް ހުކުރު މިސްކިތުގައި ފެންޑައެއް އިތުރު ކުރުމުގެ މަސައްކަތް ވަރަށް ބުރަކޮށް ކުރަމުންނެވެ. ކައުންސިލް ޢިދާރާއިން މަޢުލޫމާތު ދެއްވިގޮތުގައި މިފެންޑާގައި މިހާރު ކުރެވެމުންދަނީ އެންމެފަހުގެ މަސައްކަތްތަކެވެ.

ލިޔުނީ: މިހާސް

މިހާސްއަކީ ކޮންމެ ދާއިރާއަކުންވެސް ހަބަރުތަކާއި، ރިޕޯޓްތައް އަދި އެހެނިހެން ވެސް ލިޔުންތައް ލިޔުމަށް ކުޅަދާނަ ނޫސްވެރިއެކެވެ. ހާއްޞަ ދާއިރާއަކީ އިޖްތިމާއީ މައްސަލަތަކާއި، އަދި ނ.އަތޮޅުގެ ފުޓްބޯޅަ އާއި ގުޅުންހުރި ރިޕޯޓްތައް ލިޔުމެވެ.

މިލިޔުންވެސް ކިޔާލާ

ސައުދީ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ޢިމާރާތްކުރެވުނު އިތުރު މިސްކިތްތަކެއް މިއަދު ހުޅުވައިފި

ސައުދީ ސަރުކާރުން ރާއްޖެއަށް ހިލޭ އެހީގެ ދަށުން ޢިމާރާތްކޮށްދެއްވި އެ މިސްކިތްތައް ހުޅުވައިދެއްވީ، އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު …

ޚިޔާލެއްދެއްވާ

avatar
އަތުރުއްމަތީން
އަތުރުއްމަތީން

ދީނީ ކައުންސިލަރ ވަނީ ސަހަރާއިން ވެލިނަގާ ގޮބުގަސްތައް ތަޅާ ހުސްކޮއްފައި މިނިސްޓަރުކަން އިސްލާމް ދޭން އަހުރުން ތާއީދު

ފަޅޯމާ
ފަޅޯމާ

ހުކުރުމިސްކިތުގައި ފެންޑާއެއް ލުމުގެ މަސައްކަތް ކޮންޓެކްޓް އުސޫލުން ނަގައިގެން އުޅުނުމީހާ މިހާރު ރަަށުގައި ނެތް އިރު ރޯދަމަހަށް މަސައްކަތް ނިންމާލެވޭނެބާ މިވެސް އުފެދޭ ސުވާލެއް އޭނައަކީ ވަރަށް ވިސްނުންތެރިކަމާއި އެކު މަސައްކަތްކުރާ މަސައްކަތް ދަންނަ ބޭފުޅެއްވިއްޔާ ދެކެން ބޭނުންވަނީ ރޯދައަށް ފެންޑާ ނިމިފައިހުއްޓާފެނުން ބުނެވޭނީ ހަމަ ނިމޭނޭ

wpDiscuz