ލަންދޫ ހުކުރު މިސްކިތުގައި މުޅިން އައު ސައުންޑް ސިސްޓަމެއް ބަހައްޓައިފި.

ލަންދޫ ހުކުރުމިސްކިތުގައި މިހާރު ހަދަމިުންދާ ފެންޑާގެ މަސައްކަތުގެ ތެރެއިން / ފޮޓޯ: ލަންދޫއިންފޯ

ނ.ލަންދޫ ހުކުރުމިސްކިތް ( މަސްޖިދުއްލުބާބު ) ގައި މުޅިން އައު ސައުންޑް ސިސްޓަމެއް މިއަދު ބަހައްޓައިފިއެވެ.

ލަންދޫ ކައުންސިލް މެމްބަރ އަލްފާޟިލް އިބްރާހީމް ލަތީފް މިއަދު ލަންދޫއިންފޯއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މިއަދު ބެހެއްޓުނު ސިސްޓަމަކީ އިސްލާމިކް މިނިސްޓްރީން ( ސަރުކާރުން ) ދެއްވި ސިސްޓަމެއް ކަމަށެވެ. އަދި އެސިސްޓަމްގެ އަގު -/12900ރ. އަށް ވުރެ މަތިވާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ލަންދޫކައުންސިލްގައި ހިމެނޭ އަދާލަތުޕާޓީއަށް ނިސްބަތްވާ ހަމައެކަނި މެމްބަރު އިބްރާހިމް ލަތީފް އިތުރަށް ވިދާޅުވީ ސައުންޑްސިސްޓަމެއް ހޯދަން އުޅޭތާ ދުވަސްތަކެއް ވެއްޖެކަމަށާއި، ކުރީގެ ސަރުކާރުގައިވެސް ދަންނަވާފަައިވާނެކަމަށެވެ. ނަމަވެސް ސަރުކާރު ބަދަލުވިފަހުން އަދާލަތު ޕާޓީ ތުރޫކޮށް ކުރެވުނު މަސައްކަތުން މިކަން ކާމިޔާބުވީ ކަމަށް އޭނާ ޤަބޫލުކުރައްވައެވެ.

ލަންދޫ ގައި ހުރި އެންމެ ބޮޑުމިސްކިތުގެ އެކިއެކި ކަންކަން ރަގަޅުކުރުމަށް ލަންދޫކައުންސިލްގެ ފަރާތުން އަންނަނީ ވަރަށް ބުރަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ކައުންސިލުން އިސްނަގައިގެން އެ މިސްކިތަށް އިތުރުކުރާ ފެންޑާ ފާހަގަކޮށްލަން ޖެހެއެވެ.

ވަރަށް އާދައިގެ ގޮތަކަށް ދަގަނޑުހޮޅިޖަހާ ކައިރީގައި ސަތަރި ޖަހާގޮތަށް ވާހަކަދެކެވިގެން ފެށިމަޝްރޫޢު ފުޅާވެ މިހާރު އެތަންވަނީ އެންމެ މިޒަމާނުގެ ފެންވަރަށް ރާނާ ސިމެންތި ޖަހާ ކުލަލައި ސީލިންގ ކޮށް އެލްމެނިއަމް ދޮރު ހަރުކޮށް މަސައްކަތުގެ 95 އިންސައްތަ ނިންމާފައެވެ.

ކައުންސިލް މެމްބަރުންނާއި، ކައުންސިލް އިދާރާގެ އެހެނިހެން މުވައްޒަފުންނާއި، ރަށުގެ ބައެއް ޢާއްމު ފަރުދުން ހިލޭސާބަހަށް ކޮށްދޭ މިމަސައްކަތަކީ ރަށުގެ ރައްޔިތުން ޝުކުރުވެރިކަމާއެކު ބަލައިގަންނާނޭ މަސައްކަތެއްކަން ޔަޤީނެވެ.

މިއަންނަ ރަމަޟާން މަހު މިތަން ބޭނުންކުރަން ފެށޭ ވަރުވާނެކަމަށް ކައުންސިލުން އަންނަނީ ބުނަމުންނެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

ސައުދީ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ޢިމާރާތްކުރެވުނު އިތުރު މިސްކިތްތަކެއް މިއަދު ހުޅުވައިފި

ސައުދީ ސަރުކާރުން ރާއްޖެއަށް ހިލޭ އެހީގެ ދަށުން ޢިމާރާތްކޮށްދެއްވި އެ މިސްކިތްތައް ހުޅުވައިދެއްވީ، އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު …

ޚިޔާލެއްދެއްވާ

avatar
އަޑު
އަޑު

ކަލޯ އަދި އަޑަށް ނުނިކުމެވިގެން އެއުޅެނީ އަދި ނިކުންނާނެ. ނިކުންނައިރު އަމަލި ފިލުވާލާނެ އިނގޭ…!

އިބުރާހީމް
އިބުރާހީމް

ސިސްޓަމް ރަނގަޅެވެ. އަޑެއްނެތެވެ. ހެހެހޭ

wpDiscuz