ލަންދޫ ހުކުރު މިސްކިތުގައި އަނެއްކާވެސް އިތުރުފެންޑާއެއް އިތުރުކުރަނީ

ލަންދޫ ހުކުރުމިސްކިތުގައި މިހާރު ހަދަމިުންދާ ފެންޑާގެ މަސައްކަތުގެ ތެރެއިން / ފޮޓޯ: ލަންދޫއިންފޯ

ނ.ލަންދޫ ހުކުރުމިސްކިތް “މަސްޖިދުއްލުބާބު” ގައި އިތުރު ފެންޑާއެއް އިތުރުކުރުމަށް ބޭނުންވާކަމަށް މިއަދު ލަންދޫ ކައުންސިލުން އިޢުލާންކޮށްފިއެވެ.

މިދިޔަ ރޯދަމަހާދިމާކޮށް އެ މިސްކިތުގެ އުުތުރު ފަރާތުގައި މިސްކިތާ އެއް އިންކޮށް ފެންޑާއެއް ޒަމާނީ ފެންވަރަށް އިތުރުކޮށްފައިވަނިކޮށް އަނެއްކާވެސް އިތުުރުފެންޑާއެއް ލުމަށް ބޭނުންވާކަމަށް ބުނެ ލަންދޫކައުންސިލު އިދާރާއިން މިއަދު ކުރި އިޢުލާންގައިވަނީ އެކައުންސިލުން ދައްކާ ނަމޫނާއަކާއި، އެއްގޮތަށް އެ މިސްކިތުގައި އަމިއްލަ ތަކެތީގައި ފެންޑާއެއް ލުމުގެ މަސައްކަތް ކޮށްދޭނެ ފަރާތްތަކުން އެކައުންސިލަށް ދުރުވެ މައުލޫމާތު ސާފުކުުރުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުމަށެވެ.

4 ސެޕްޓެމްބަރ 2012 ގެ ކުރިން އެކައުންސިލް އިދާރާއަށް ވަޑައިގެން ވެސް ނުވަތަ އެ ކައުންސިލްގެ ފޯން 6560007 އާއި، ގުޅުއްވައިގެންވެސް މައުލޫމާތު ސާފުކުރެއްވޭނެކަމަށާއި، މައުލޫމާތު ސާފުކުރެއްވުމަށްފަހު 13 ސެޕްޓެމްބަރ 2012 ވަނަ ދުވަހުގެ 12:00 ގެ ކުރިން އަންދާސީ ހިސާބު އެ ކައުންސިލަށް ހުށަހެޅުމަށްވެސް އެ އިޢުލާންގައި ވެއެވެ.

މިދިޔަ ރޯދަމަހާދިމާކޮށް އެ މިސްކިތުގެ އުުތުރު ފަރާތުގައި މިސްކިތާ އެއް އިންކޮށް އިތުރުކުރިފެންޑާގެ މަސައްކަތުގެތެރެއިން – ފައިލްފޮޓޯ

މިހާރު އެ މިސްކިތުގައި އިތުރުކޮށްފައިވާ ފެންޑާއަކީ އިސްލާމިކް މިނިސްޓްރީން ރަމްޒީ އެހީއެއް ދެއްވުމުން ހެޔޮއެދޭ ގިނަފަރާތްތަކެއްގެ އެހީއާއި އެކު ކައުންސިލްގެ މެމްބަރުން އަމަލީ ގޮތުން ވަރަށްބުރަ މަސައްކަތްތަކެއް ކުރައްވައިގެން އިތުރު ކޮށްފައިވާ ފެންޑާއެއްކަން މިފުރުޞަތު ފާހަގަކުރަމެވެ.

ހާހަކާއި، ވަރަށް ގާތްކުރާ އާބާދީއެއް އޮންނަ ލަންދޫގެ މިސްކިތް ފުރެނީ ޢީދު ނަމާދު ފަދަ ޚާއްޞަ ނަމާދުތަކުގައެވެ. ދެފަރާތުގައި ދެ ފެންޑާ އިތުރުކުރުމުން މިފަދަ ނަމާދުތަކުގައި މިސްކިތް ފުރިގެން އެދާ ދިއުމަށްވެސް ރަގަޅުހައްލެއް ލިބިގެންދާނެކަމަށް ޤަބޫލުކުރެވެއެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

ލަންދޫ ހުކުރު މިސްކިތަށް އަލަށް އިތުރުކުރެވޭ ފެންޑާ ހިޔާކޮށްފި.

ނ.ލަންދޫ ކައުންސިލުން އިސްނަގައިގެން ކުރިއަށް ގެންދާ މަސައްކަތެއްކަމުގައިވާ ، ލަންދޫ މަސްޖިދުއްލުބާބުގައި އިތުރުކުރާ ފެންޑާގެ މަސައްކަތުގެ ތެރެއިން ވަރަށް ބޮޑުބައި މިހާރު ނިމިފައިވާކަމަށް ކައުންސިލުން މަޢުލޫމާތު ދެއްވައިފިއެވެ.

ޚިޔާލެއްދެއްވާ

avatar
މިސްޓަރ ރަޖަބު ޚާން
މިސްޓަރ ރަޖަބު ޚާން

އާޓިކަލު ކިޔާލުމުން އިތުރު ފެންޑާއެއްލުމަކީ ލިޔުންތެރިޔާ އެހާ ރުހޭކަމެއް ނޫންކަން ވަރަށްބޮޑަށް ފާހަގަކުރެވިގެންދެއެވެ.

wpDiscuz