ލަންދޫ ހުކުރު މިސްކިތަށް އަލަށް އިތުރުކުރާ ފެންޑާގެ ފައުންޑޭޝަން އަޅައިފި.

ލަންދޫ ހުކުރު މިސްކިތަށް އިތުރުކުރާ ފެންޑާގެ މަސައްކަތް ކުރިއަށް ދަނީ / ފޮޓޯ: ލަންދޫއިންފޯ

ލަންދޫ ހުކުރުމިސްކިތް (މަސްޖިދުއްލުބާބު ) އަށް އަލަށް އިތުރުކުރެވޭ ފެންޑާގެ ފައުންޑޭޝަން މިއަދު އަޅައިފިއެވެ. ފައުންޑޭޝަން އެޅުމުގެ މަސައްކަތް މިއަދު ކޮށްފައިވަނީ ކުރިން ރޭވިފައިވާ ގޮތުގެ މަތިން މިއަދު ޖެހުނު ގުރޫޕްގެ މީހުންނެވެ.

މިއަދު ހެނދުނު 9:00 ން ފެށިގެން 12:00 އާއި ހަމައަށް ވަނީ މިއަދަށް ކަނޑައަޅާފައިވާ ( ފައުންޑޭޝަން އެޅުމުގެ ) މަސައްކަތ ނިމިފައެވެ.

މިމަސައްކަތަކީ އިސްލާމިކް މިނިސްޓްރީން ރަމްޒީ އެހީއެއް ދެއްވައިގެން ރައްޔިތުން އަމިއްލައަށް ކުރަމުން އަންނަ މަސައްކަތެކެވެ.

ލަންދޫ ކައުންސިލް އިސްވެ އޮވެގެން ލަންދޫރައްޔިތުންގެ ތެރެއިން ހެޔޮއެދޭ ފަރާތްތަކެއްގެ މާލީ އެހީތެރިކަމާއެކު ކުރަން މިފެށިމަސައްކަތަކީ ހުކުރު ނަމާދު، އީދު ނަމާދު ފަދަ ނަމާދުތަކުގައި ލަންދޫ ހުކުރުމިސްކިތް ފުރެމުންދާތީ އެކަން ހައްލުކޮށް އަދި އޭގެ އިތުރުން އަނެހެންވެރިންނަށް ނަމާދު ކުރެވޭނޭ އިންތިޒާމެއް ހަމަޖައްސައި ދިނުމުގެ ގޮތުން ކުރަން ފެށިފައިވާ މަސައްކަތެކެވެ.

ފުޅާމިނުގައި 12 ފޫޓް އަދި ދިގުމިން މިސްކިތާއި އެއްވަރަށް ވާގޮތަށް ހަދަން ފެށި މިފެންޑާގެ ހިޔާކުރުމަށް ބޭންވާ ޓިނާއި، ރޭނުމަށްބޭނުންވާ ގައު ދޭގޮތަށް ހަމަޖެހިފައިވާ ހެޔޮއެދޭ ފަރާތްތަކަކުންކަން ލަންދޫކައުންސިލުން ވަނީ ހާމަކުރައްވާފައެވެ.

ލަންދޫކައުންސިލުން ބުނެފައިވަނީ މިއަންނަ ރޯދަމަހުގެ ކުރިން މިތާންގެ މަސައްކަތްނިމި ނަމާދުކުރެވޭވަރުކުރެވޭނެކަމަށް ލަފާކުރާކަމުގައެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

ލަނދޫ ކާޑަށްޖެހިފައި

ބަރަކާތްތެރި ރަމަޟާންމަހަކީ އަހަރުގެ އެހެނިހެން މަސްމަހާއި ޚިލާފަށް ކާއެއްޗެހި ހެދުން ގިނަމަހަކަށްވާއިރު ބަރަކާތްތެރި ރަމަޟަންމަސް ފެށުނު އިރު ލަންދޫގެ ހުރިހާ …

ޚިޔާލެއްދެއްވާ

avatar
wpDiscuz