ލަންދޫ ހުކުރު މިސްކިތަށް އަލަށް އިތުރުކުރެވޭ ފެންޑާ ހިޔާކޮށްފި.

ލަންދޫ ހުކުރު މިސްކތަށް އިތުރުކުރާ ފެންޑާގެ މަސައްކަތުގެ ތެރެއިން / ފައިލްފޮޓޯ: ލަންދޫއިންފޯ

ނ.ލަންދޫ ކައުންސިލުން އިސްނަގައިގެން ކުރިއަށް ގެންދާ މަސައްކަތެއްކަމުގައިވާ ، ލަންދޫ މަސްޖިދުއްލުބާބުގައި އިތުރުކުރާ ފެންޑާގެ މަސައްކަތުގެ ތެރެއިން ވަރަށް ބޮޑުބައި މިހާރު ނިމިފައިވާކަމަށް ކައުންސިލުން މަޢުލޫމާތު ދެއްވައިފިއެވެ.

ލަންދޫ ކައުންސިލްގެ މެމްބަރު އަލްފާޟިލް އިބްރާހީމް ލަތީފް އިއްޔެ ވިދާޅުވީ އެމަސައްކަތުގެ ތެެރެއިން މިހާރުވަނީ ރޭނުމުގެ މަސައްކަތާއި، ފުރާޅު ހެދުމުގެ ( ހިޔާކުރުމުގެ ) މަސައްކަތް ނިމިފައިކަމަށެވެ. އަދި މީގެ އިތުރުން ތަޅުމަށް އަޅަންޖެހޭ ވެލިވެސް މިހާރު އަޅާނިންމާފައިވާކަމަށް މައުލޫމާތު ދެއްވިއެވެ.

ލަންދޫ ކައުންސިލުން އިސްނަގައިގެން ކުރިއަށްގެންދާ މިމަސައްކަތުގައި ޢަމަލީގޮތުން ކައުންސިލަރުންނާއި، ކައުންސިލް އިދާރާގެ މުވައްވަޒަފުން ބައިވެރިވަމުންދާއިރު ދޭތެރެ ދޭތެރެއިން ރަށުގެ އެހެން ބައެއްރައްޔިތުންވެސް ކައުންސިލުން އެދިލައްވައިފިނަމަ މަސައްކަތުގައި ބައިވެރިވަމުންދާކަމަށް ލަންދޫ ކައުންސިލުން މަޢުލޫމާތު ދެއްވައެވެ.

ކައުންސިލުން މަސައްކަތް ކުރަނީ މިއަންނަ ރޯދައަށް މިމަސައްކަތް ނިންމާލުމަށެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

ލަންދޫ އެމްޑީޕީ ގޮފިން އެއްބަސް ނުވެގެން މިސްކިތަށް ދޭންބުނި ޓައިލް ނުދޭގޮތަށް ނިންމައިފި.

ނ.ލަންދޫ ހުކުރުމިސްކިތް ( މަސްޖިދުއްލުބާބު ) ގައި އިތުރުކުރާ ފެންޑާއަށް ޓައިލް ދެއްވާނެކަމަށް ، ކެނދިކުޅުދޫ ދާއިރާގެ މަޖްލިސްމެމްބަރ އަލްފާޟިލް އަޙްމަދު ޢީސާ ކުރިން ވިދާޅުވުމަށްފަހު ، ލަންދޫގައި ތިބި އެމްޑީޕީ މެމްބަރުންގެ ތެރެއިން އިސްބަޔަކު އެކަަމާ އެއްބަސް ނުވާތީ ޓައިލްސް ދެވެން ނެތްކަމަށް ވިދާޅުވެއްޖެކަމަށް ލަންދޫކައުންސިލުގެ މެމްބަރަކު މިއަދު ލަންދޫ އިންފޯއަށް މައުލޫމާތު ދެއްވައިފިއެވެ.

ޚިޔާލެއްދެއްވާ

avatar
ކަތްދަ
ކަތްދަ

ދިޔޯ މޮޔަވީތަ. ކޮންކަހަލަ ވާހަކައެއްމިހާރު ތިދައްކަނީ. އެއްވެސް ގުޅުމެއްނެތެއްނު. ދޯ

ދިޔޯ
ދިޔޯ

ފަރީމެންވެސް އަނގައޭ އަރުވަނީ . ދިޔޯ މެންނަށް އެނގޭނޭންނު. ފަރީމެން ގެ ކަންތައް ހުންނަގޮތް … ވަކި މިއޭ ބުނާނެ މީހަކު މިހާރަކު މިރާއްޖެއަކު ނެތޭ. އަންނިވެސް މައުމޫނުވެސް ހަމަ ވެރިކަން ކުރީ ވަކި ތަފާތެއް ނެތޭ. ދެން އެ އުޅޭ ބާޣީ ވަހީދު ނޭންގެ ދެން މަށަކަށް މަތަނުން ފައިބައިގެން ދާންވީ ކަންނޭންގެ ދޯ….

ބުއްރާސް ކުކުޅު
ބުއްރާސް ކުކުޅު

ފަރީ ތިބުނީ ވަރަށް ރަގަޅު ވާހަކައެއް ހަމަ ގަމާރީ ކީއްދޯ ކުރާނީ. މިކަމުގައި ފަރީމެންކަހަލަ ރަގަޅު އަންހެން ކުދިން ވެއްޖެކަންނޭންގެ ދޯ ތެދުވަން. އޭރުން މިކަން ކާމިޔާބުވާނީ… މަށަށް ހީވާގޮތުން.

ފަރީ
ފަރީ

އޭ! ބޭބޭ މިސްކިން އެޅިޔަކަސް ކުރާނީކީއްތަ؟ބަންގިގޮވާއަޑު އިވޭއިރުވެސް އެތިބެނީ ހަމަ ހިރުވައިވެސް ނުލައި އެތަނަށް ދާމީހުން މިދަނީ އަނެތްކާވެސް މަދުވަމުން މިކަމަށް ހައްލެއް އާދޭތޯ އުޅެބަލަ އަނެއްކާވެސް ސެއިޙް އިލިޔާސްކަހަލަ ބޭފުޅެއް ގެނެސްގެން މިތިބަގަމާރުން ތަކަށް އެއްޗެއް ވިސްނޭތޯ އަޑުއަހަތޯ ނަސޭހަތްދޭން !

wpDiscuz