ލަންދޫ ހުކުރުމިސްކިތުގެ ޖާގަބޮޑުކުރުމަށް އިތުރު ފެންޑާއެއް ލަނީ.

ލަންދޫ ހުކުރު މިސްކިތް ( މަސްޖިދުއް ލުބާބު ) ބަޔަކު ނަމާދު ކުރަނީ / ފައިލްފޮޓޯ

ނ.ލަންދޫ ހުކުރުމިސްކިތް ( މަސްޖިދުއް ލުބާބު ) ގެ ޖާގަ ބޮޑުކުރުމަށް ކުރަމުން ގެންދާ މަސައްކަތުގެ ދަށުން އެމިސްކިތުގެ އުތުރުފަރާތުން މިސްކިތާ އިންވެގެން އިތުރު ފެންޑާއެއް ލާގޮތަށް ހަމަޖެހިފައިވާ ކަމަށް ލަންދޫ ކައުންސިލްގެ ރައީސް އަލްފާޟިލް މުޙައްމަދު ފަޔާޟު ވިދާޅުވެއްޖެއެވެ.

ފަޔާ މިހެން ވިދާޅުވީ ފެންޑާ ޕްރޮޖެކްޓް ކާމިޔާބު ވީވާހަކަ އާއި، އެކަން ކުރިއަށް ގެންދާނެ ގޮތަކާމެދު މަޝްވަރާ ކޮށް ވާހަކަ ދައްކާލުމަށް މިރޭ ބޭއްވި ބައްދަލުވުމެއްގައެވެ.

ލަންދޫގައި މިވަގުތު ތިއްބެވި ކަމުވޮށިވެގެންވާ ބޭފުޅުންގެ ތެރެއިން ގިނަބަޔަކާ އެކު ލަންދޫ ކައުންސިލް އިދާރާގައި ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ފަޔާ ވިދާޅުވީ މިމަސައްކަތަށް އިސްލާމިކް މިނިސްޓްރީން 34 ހާސް ރުފިޔާގެ އެހީއެއްދެއްވާ ފައިވާކަމަށެވެ. މިހާމަދު ފައިސާކޮޅެއް މިކަމަށް ޚަރަދުކުރުމަށް ހުރުމާއެކު ރައްޔިތުންގެ ވަރަށްބޮޑު އެހީތެރިކަމެއް މިކަމުގައިބޭނުންވާނެކަމަށް ވެސް ފަޔާ މިރޭ ވިދާޅުވިއެވެ.

ކައުންސިލްގެ 5 މެމްބަރުންގެ ތެރެއިން 2 މެމްބަރުން ހާޒިރުވެލެއްވި މިރޭގެ ބައްދަލުވުމުގައި ފަޔާ އިތުރަށްވިދާޅުވީ އިސްލާމިކް މިނިސްޓްރީން މިދެއްވި ފައިސާގެ އެހިގެ އިތުރުން ހެޔޮއެދޭ ބައެއްބޭފުޅުންގެ މާލީ އެހީތެރިކަމާއި، ފަންނީ އެހީތެރިކަން މިމަސައްކަތަށް ލިބޭނެ ކަމުގެ ވަރަށް ބޮޑު ޔަޤީންކަން ލިބިފައިވާކަމަށެވެ. އެގޮތުން ފުރާޅުގެ ޓިނާއި، ރާނާނެ ގައު ފަދަ ތަކެތި މިހާރުވެސް ހުރީ ސްޕޮންސަރ ކޮށްފައި ކަމަށް ފަޔާވިދާޅުވިއެވެ.

48 މީހުންނަށް (ފޮތުން) ކިޔައިގެން މިރޭގެ ބައްދަލުވުމަށް ހާޒިރުވެފައިވަނީ 28 މީހުންކަމުގައި ވިޔަސް މިމަސައްކަތުގައި އަމަލީ ގޮތުން ރަށުގެ ގިނަބަޔަކު ބައިވެރިވާނެކަމަށް އުންމީދު ކުރައްވާކަމަށާއި، އަންނަ ރޯދަމަހުގެ ކުރިން މިމަސައްކަތް ނިންމާލެވޭވަރު ވާނެކަމަށްވެސް ފަޔާ މިރޭގެ ބައްދަލުވުމުގައި ވިދާޅުވިއެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

މަގޭ ރަށް – ސާފު ލަންދޫ ޝިޢާރުގެ ދަށުން ލަންދޫ ސާފު ކުރުމުގެ ބޮޑު ޙަރަކާތެއް މިއަދު ހިންގައިފި

އިންޓަރނޭޝަނަލް ކޯސްޓަލް ކްލީންއަޕް ޑޭ 2017 ކުލަގަދަގޮތެއްގައި ފާހަގަ ކުރުމުގެ ގޮތުން މަގޭ ރަށް – ސާފު ލަންދޫގެ ނަމުގައި …

ޚިޔާލެއްދެއްވާ

avatar
މޫގުޅި
މޫގުޅި

ކައުންސިލަރުން ތައް ރައްޔިތުންނަށް ދެން ކޮށްދޭނީ ކޮންކަމެއްތޯ. އެހިނަމަ މަގޭ ބުނީމުސް . ކަމެއްކޮށްދެން އުޅޭނެކަމެއް ނެތޭ. ގަޑިންގަޑިއަށް އޮފީހަށް ހާޒިރުވެދޭށޭ. އެވަރުވެސް އެބޭފުޅުންނަށް ނުވެގެން އުޅެނީ. ކަމެއް މީހަކަށް ކޮށްދެވޭނީ އެތަނަށް ދެވިގެންތާ. މިހާރުވެސް އެކަކުވެއްޖެ ވީނުވީތަނެއް ނޭންގެ ގެއްލިފާ. އޭނާ ހާޒިރުނުވާތާ މިއަދަށް މިވަނީ 10 ދުވަސް . މިދެން ކިހާބޮޑު … ލާއެއް.

wpDiscuz