ލަންދޫ ހުކުރުމިސްކިތުގެ ފެންޑާލުމުގެ މަސައްކަތް ކައުންސިލްމެމްބަރުން މިއަދު ފައްޓަވައިފި.

ލަންދޫ ހުޅަނގުއަވަށު މިސްކިތް ( މަސްޖިދުއްނޫރު ) ޤަބުރުސްތާނެއްގައި ހުރިމިސްކިތެއްކަމަށްބުނެ ލަންދޫގެ ބައެއްމީހުން މިހާރު މިިމިސްކިތަކަށް ނާރާ / ފައިލްފޮޓޯ : ލަންދޫއިންފޯ

ލަންދޫ ހުކުރުމިސްކިތް ( މަސްޖިދުއްލުބާބު ) ގައި އިތުރު ފެންޑާއެއް ލުމުގެ މަސައްކަތް ފެށުމުގެ ގޮތުން ކައުންސިލް މެބަރުންނާއި، އެކައުންސިލްގެ އެެހެން ބައެއް މުވައްޒަފުން ވެގެން މިއަދު މަސައްކަތްތަކެއް ކުރަމުން ގެންދާކަމުގެ  މަޢުލޫމާތު ލަންދޫއިންފޯއަށް ލިބިއްޖެއެވެ.

ކައުންސިލްގެ މެމްބަރަކު މައުލޫމާތު ދެއްވި ގޮތުގައި މިއަދު ކުރެވެމުންދާ މަސައްކަތަކީ ފައުންޑޭޝަން އެޅުމަށް ބޭނުންވާ އަކިރިއާއި، ވެލި އެރުވުމުގެ މަސައްކަތެވެ.

ކައުންސިލްގެ ބައެއް މެމްބަރުންނާއި، ލަންދޫ ކައުންސިލް އިދާރާގެ ބައެއް މުވައްޒަފުން ބާހެދުން އަޅުއްވައިގެން އުދަލި ، ގޯނި ، ބަރޯފަދަ ތަކެތި ހިއްޕަވައިގެން މި މަސައްކަތް ކުރެއްވުމުގައި އުޅުއްވާތަން ވަނީ ލަންދޫއިންފޯ ގެ ޓީމަށްވެސް މިއަދު ފެނިފައެވެ.

މިމަސައްކަތަކީ އިސްލާމިކް މިނިސްޓްރީން ފައިސާގެ އެހީދެއްވައިގެން ރައްޔިތުން ކުރާ މަސައްކަތެއްގެ ގޮތުގައި ކުރަން ނިންމާފައިވާ މަސައްކަތެކެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

ލަނދޫ ކާޑަށްޖެހިފައި

ބަރަކާތްތެރި ރަމަޟާންމަހަކީ އަހަރުގެ އެހެނިހެން މަސްމަހާއި ޚިލާފަށް ކާއެއްޗެހި ހެދުން ގިނަމަހަކަށްވާއިރު ބަރަކާތްތެރި ރަމަޟަންމަސް ފެށުނު އިރު ލަންދޫގެ ހުރިހާ …

ޚިޔާލެއްދެއްވާ

avatar
މުޙައްމަދު ފަވާޒް / އަރިއަތޮޅު އުތުރުބުރީ މަތިވެރި
މުޙައްމަދު ފަވާޒް / އަރިއަތޮޅު އުތުރުބުރީ މަތިވެރި

އިރާދަކުރެއްވީޔާ ތިކަންވެސް ވަރަށް ކައިރި މުސްތަޤުބަލެއްގަ ނިމި އެތަނުގެ ފައިދާ ރައްޔިތުންނަށް ކުރާނެ ކަމައް އުންމީދު ކުރަން!!! ތި ގޮތުގައި މަސައްކަތް ކޮއްފިޔާ އިރާދަކުރެއްވީޔާ ހުރިހާ ކަމެއްވެސް ރަނގަޅުވާނެ!!

ދޮންބެ
ދޮންބެ

ފަވާޒުގެ ތިޔަ އުންމީދީ ޚިޔާލަށް ވަރަށް ބޮޑަށް ޝުކުރިއްޔާ!

wpDiscuz