ލަންދޫސްކޫލްގެ މިއަހަރުގެ ދިވެހި ދުވަސް އިއްޔެ ފާހަގަކޮށްފި

ލަންދުސްކޫލްގެ ދިވެހިދުވަސް 2012 ގެ ތެރެއިން / ފޮޓޯ: ޒީރޯ

ނ.ލަންދޫ ސްކޫލްގައި ކޮންމެ އަހަރަކުވެސް ފާހަގަކުރަމުން އަންނަ ދިވެހިދުވަސް މިއަހަރުވެސް އެސްކޫލްގައި ފާހަގަކޮށްފިއެވެ.

ދިވެހި ދުވަސް 2012 ގެ ނަމުގައި އިއްޔެ އެސްކޫލްގައި ފާހަގަކުރި ދިވެހިދުވަހުގެ ޝަރަފްވެރި މެހްމާނަކީ ނ.ލަންދޫ ހެލްތްސެންޓަރ ހިންގުމާއި، ހަވާލުވެ ހުންނެވި އަލްފާޟިލް ފަރުހާދު ޙުސެއިން  އެވެ.

ވަރަށްގިނަ ބެލެނިވެރިންނާއި، ދަރިވަރުންނާއި، އަދި ލަންދޫސްކޫލްގެ މުވައްޒަފުން ބައިވެރިވި މި ދިވެހިދުވަހުގެ ހަރަކާތްތަކުގައި މުޅިންވެސް ގެންގޮސްފައިވަނީ ދިވެހި ވަންތަކަމާއި، ދިވެހި ޤައުމިއްޔަތާއި، ގުޅުންހުރި ހަރަކާތްތައް ކަން ފާހަގަކޮށްލެވެއެވެ. އެގޮތުން ސްޓޭޖް ތަމްޞީލް ތަކާއި، ވަކިވަކިކުދިންގެ އައިޓަމްތަކަކީވެސް ދިވެހި ޅެންވެރިކަމާއި، ރައިވަރާއި، ސަޤާފީ އެތައްކަމެއް އެހަރަކާތްތަކުގެ ތެރެއިން އާވެ އާލާވެގެން ގޮސްފައިވާ ހަރަކާތްތަކެކެވެ.

އަދި ވަކިން ޚާއްޞަގޮތެއްގައި ދިވެހި ދުވަހާއި، ގުޅިގެން ބޭއްވި ކާނާގެ މައުރަޟްގައިވެސް ފެނިގެން ގޮސްފައިވާ ކާނާގެ ވައްތަރުތަރުތަކަކީ ވެސް ދިވެހި ވަންތަ ކާނާއެވެ. ކުރީޒަމާނުގައި ދިވެހިން ޢާއްމުކޮށް ކައިއުޅުނު ބާވަތްތަކާއި، ތަފާތު ޚާއްޞަ ކާނާތައް ފެނިގެން ގޮސްފައިވެއެވެ.

ލަންދޫ ސްކޫލުން ހާމަކުރައްވާ ގޮތުގައި  ކޮންމެއަހަރަކުވެސް އެސްކޫލުން “ދިވެހިދުވަސް ” ނަމުގައި ދުވަހެއް ފާހަގަކުރަނީ ދަރިވަރުންނަށް ދިވެހިންގެ އާދަކާދައާއި، ދިވެހިންގެ ކުރީގެ ދިރިއުޅުމާއި، އަދި ދިވެހި ޅެންވެރިކަމާއި، ވާހަކަދެއްކުމުގެ ބަހުރުވައާއި، ދިވެހިބަހާބެހޭގޮތުން އިތުރު މައުލޫމާތު ފޯރުކޮށްދިނުމާއިއެކު ދިވެހި ޤައުމިއްޔަތު ދިރުވާ އާލާކުރުމުގެ މަޤްޞަދުގައެވެ.

އިއްޔެގެ ހަރަކާތްތައް ނިންމާލައިފަވަނީ ހަވީރު 5:45 ގައެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

ލަންދޫސްކޫލްގެ އިންޓަރހައުސް ނެޓްބޯޅަ މުބާރާތް ފަށައިފި.

ނ.ލަންދޫ ސްކޫލްގެ މިއަހަރު 2017 ވަނައަހަރުގެ ނެޓްބޯޅަ މުބާރާތް އިއްޔެ ފަށައިފިއެވެ. ކޮންމެއަހަރަކުވެސް އެސްކޫލްގައި ބާއްވާ ނެޓްބޯޅަ މުބާރާތް އިއްޔެ …

ޚިޔާލެއްދެއްވާ

avatar
ބެއްޔާ
ބެއްޔާ

ނޫނޭ ކަންކަން އެނގޭ ވަރު މީހަކު އަންނަންދެކަށް މަޑުކުރީޔޯ…..ހެހެހެހެ. ހީވާގޮތް ދޯ….

މިހާސް
މިހާސް

ހަމަ އަސްލުވެސް ދިވެހި ދުވަސް ފާހަގަ ކުރީތަ

wpDiscuz