ލަންދޫސްކޫލްގެ މިއަހަރުގެ އިންގްލިޝްޑޭ އިއްޔެ ފަށައިފި.

އިންގްލިޝްޑޭ 2012 ގެ ތެރެއިން / ފޮޓޯ: ލަންދޫއިންފޯ

ނ.ލަންދޫ ސްކޫލްގެ އިންގްލިޝްޑޭ 2012 އިއްޔެ އެސްކޫލްގައި ފަށައިފިއެވެ. އިންގްލިޝްޑޭ ގެޕްރޮގްރާމްތައް ފެށިގެން ދިޔައީ އިއްޔެ މެންދުރު ފަހު 1:15 ގައި ކަމަށް ލަންދޫސްކޫލުން މަޢުލޫމާތު ދެއްވައެވެ.

އިންގްލިޝްޑޭ ފެށުމުގެ ރަސްމިއްޔާތު އިއްޔެ އެސްކޫލްގައި ބޭއްވިއިރު އެރަސްމިއްޔާތަށްވަނީ ގިނަދަޢަދެއްގެ ދަރިވަރުންނާއި، ބެލެނިވެރިންނާއި، އަދި ސްކޫލުގެ ސްޓާފުން ހާޒިރުވެފައެވެ.

ރަސްމިއްޔާތުގެ ޗީފްގެސްޓަކީ ނ.ލަންދޫކައުންސިލްގެ ރައީސް އަލްފާޟިލް މުޙައްމަދު ފަޔާޟު އެވެ. ފަޔާޒުގެ އިތުރުން ސްކޫލްގެ ޕްރިންސިޕަލާއި، ސީނިއަރ ސްޓާފުންނާއި، އަދި އިންގްލިޝް ކްލަބްގެ އިންޗާޖުން އެ ރަސްމިއްޔާތުގައި ވާހަކަދެއްކެވިއެވެ. ހުރިހާބޭފުޅުންގެ ވާހަކައިގާވެސް މައިގަނޑު ގޮތެއްގައި ބައްލަވާލައްވާފައިވަނީ އިންގްލިޝްޑޭ އެއް ބޭއްވުމުގެ މުހިއްމުކަމުގެ މައްޗަށެވެ.

ލަންދޫސްކޫލުން މަޢުލޫމާތު ދެއްވާގޮތުގައި މިއަހަރުގެ އިންގްލިޝްޑޭގެ ހަރަކާތްތައް 3 ދުވަހަށް ދިގުދެމިގެންދާނެއެވެ. އެހެންއަހަރުތަކެކޭވެސް އެއްގޮތަށް މިއަހަރުވެސް ސްޕީޗް ކޮމްޕެޓިޝަންއާއި، ޕޮޔަމްރީޑިން އާއި، ސްޓޯރީރީޑިން އާއި، ނިއުސްރީޑިން ފަދަ އައިޓަމް ތަކާއި، ޑްރާމާ ކޮމްޕެޓިޝަން ވެސް އޮވެއެވެ. ކޮންމެ އިވެންޓެއްގައިވެސް ވާދަކުރަނީ ސްކޫލްގެ 3 ހައުސްއިން ކުދިން ތަމްސީލްކޮށް ވާދަކުރާ ގޮތަށެވެ. ކުދިން ގްރޫޕްކުރެވިފައިވަނީ ކުދިންގެ ޢުމުރުފުރާއަށް ބަލައި އެކި ގްރޭޑްތައް ވަކިންކަމަށްވެސް ލަންދޫސްކޫލުން މައުލޫމާތު ދެއްވައެވެ.

އެސްކޫލުން ބުނީ އިންގްލިޝްޑޭގެ ހަރަކާތްތަކަށް މިއަހަރު ބެލެނިވެރިންގެ ފަރާތުންވެސް ވަރަށްބޮޑު ތަރުހީބެއް ލިބިފައިވާކަމަށާއި، އަދި ދަރިވަރުންވެސް ވަރަށް ޝައުޤުވެރިކަމާއެކު އިވެންޓްތަކަށް ވަރަށްފުރިހަމައަށް ތައްޔާރުވެފައިވާކަމަށެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

ލަންދޫސްކޫލްގެ މިއަހަރުގެ ޤުރުއާން މުބާރާތް ފެށިގެން ކުރިއަށް އެބަދޭ

ލަންދޫ ސްކޫލުގެ މިއަހަރުގެ ޤުރުއާން މުބާރާތް ފެށިގެން ކުރިއަށްއެބަދެއެވެ. މުބާރާތް ފަށާފައިވަނީ މިދިޔަ ހޯމަދުވަހުގެ މެންދުރުފަހު 1:45 ގައެވެ.  މި …

ޚިޔާލެއްދެއްވާ

avatar