ލަންދޫސްކޫލްގެ މިއަހަރުގެ ރަމަޟާން ޤުރުއާން މުބާރާތް މިއަދު ފަށައިފި.

ލަންދޫސްކޫލްގެ ރަމަޟާންޤުރުއާންމުބާރާތް 1433 ގެ ތެރެއިން / ފޮޓޯ : ލަންދޫއިންފޯ

ނ.ލަންދޫ ސްކޫލްގެ މިއަހަރުގެ ރަމަޟާން ޤުރުއާން މުބާރާތް މިއަދު ފަށައިފިއެވެ.

ލަންދޫސްކޫލުން މައުލޫމާތު ދެއްވާ ގޮތުތައި މިއަދު ހެނދުނު 10:00 ގައި ފެށިގެން ކުރިއަށްދާ މި މުބާރާތުގައި ޖުމުލަ އަންހެންފިރިހެން ދެގޮފިން 84 ދަރިވަރުން   ބައިިިވެރިވެފައިވެއެވެ.

އެސްކޫލްގެ ހުރިހާ ގްރޭޑެއްގެ އިތުރުން ލަންދޫ ޕްރީސްކޫލްގެ ދަރިވަރުންގެ ތެރެއިން ގިނަޢަދަދެއްގެ ދަރިވަރުން ބައިވެރިވެފައިވާކަމަށްވެސް ލަންދޫ ސްކޫލުން މައުލޫމާތު ދެއްވައެވެ.

ޤުރުއާން މުބާރާތް ހަމަޖެހިފައިވާގޮތުން ނުބަލާކިޔުމާއި، ބަލައިގެން ކިއުމުގެ ދެބައިގައިވެސް ދަރިވަރުން ބައިވެރިވުމުގެ ފުރުޞަތު ވަނީ ހުޅުވަލައިފައެވެ.

މި ފަހަރުގެ މުބާރާތުގައިވެސް ހުރިހާ އުމުރުފުރާއަކުންވެސް ބައިވެރިވެފައި ކަމަށާއި، މިއަދު ކުރިއަށް ދަނީ ބަލައިކިޔެވުމުގެ ގޮފީގެ ކިޔެވުންކަމަށްވެސް ލަންދޫސްކޫލުން މައުލޫމާތު ދެއްވައެވެ.

ލަންދޫސްކޫލުން މައުލޫމާތު ދެއްވާގޮތުގައި މި އަދުފެށިގެންދާ މި މުބާރާތުގެ ފަނޑިޔާރުންގެ ގޮތުގައި ތިއްބަވާނީ ލަންދޫސްކޫލްގެ ޤުރުއާން މުދައްރިސް އަލްފާޟިލް ޢަލީ ޒިިިޔާދު އާއި، ނ.ލަންދޫ މަސްޖިދުލް ބަރަކާތުގެ އިމާމު އަލްފާޟިލް ޢަބުދުއްރަހީމް ޢަބުދުއްރަހްމާން އެވެ.

މި މުބާރާތުގެ ކިޔެވުން ނިމެންދެން ކޮންމެ ހުކުރު ދުވަހަކާއި، ހޮނިހިރު ދުވަހެއްގައި މުބާރާތް ކުރިއަށް ގެންދާގޮތަށް ހަމަޖެހިފައިވާ ކަމަށްވެސް ލަންދޫސްކޫލުން މައުލޫމާތު ދެއްވައެވެ.

މިއަދު ގެ ކިޔެވުން އަޑުއެހުމަށް ގިނައަދެއްގެ ބެލެނިވެރިންނާއި، ސްކޫލްގެ ސްޓާފުން ހާޒިރުވެފައިވެއެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ.އައިޝަތު ޝިހާމް ލަންދުއަށް ވަޑައިގެންފި.

ނ.ލަންދޫ ސްކޫލަށް 50 އަހަރު ފުރުމުގެ ރަންޔޫބީލް ފާހަގަކުރުމަށް ލަންދޫގައި ބޭއްވި ޚާއްޞަ ޙަފްލާގައި ބައިވެރިވެ ވަޑައިގަތުމަށް މިނިސްޓަރ އޮފް …

ޚިޔާލެއްދެއްވާ

avatar
wpDiscuz