ލަންދޫސްކޫލްގެ ވޭތުވެ ދިޔައަހަރުގެ އިނާމްދިނުމުގެ ޖަލްސާ ރޭ ބާއްވައިފި.

2011 ވަނައަހަރުގެ ބެސްޓް އޯލް ރައުންޑަރ ގެ މަޤާމް ލިބުނީ ސާޠިއާ އަށް

ލަންދޫސްކޫލްގެ ވޭތުވެ ދިޔައަހަރުގެ އިނާމްދިނުމުގެ ޖަލްސާ ގައި އެޑިޔުކޭޝަން މިނިސްޓަރ ވާހަކަފުޅު ދައްކަވަނީ

ނ.ލަންދޫ ސްކޫލްގެ ވޭތުވެދިޔައަހަރު (2011 ވަނަހަރު) ގެ ނަތީޖާ ފާޅުކުުރުމާއި، އިނާމުދިނުމުގެ ޖަލްސާ ރޭ ލަންދޫސްކޫލްގައި ބާއްވައިފިއެވެ. މިޖަލްސާގެ ޝަރަފްވެރި މެހްމާނަނީ މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ.ޢާސިމް އަޙްމަދު އެވެ.

ލަންދޫސްކޫލްގެ ވޭތުވެ ދިޔައަހަރުގެ ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް ހޮވުނީ ނ.ލަންދޫ ސަމާ މަރިޔަމް ސާޠިއާ އެވެ.

ބެސްޓް ސްޓޫޑެންޓް އޮފް ޕްރައިމަރީ އަށް ހޮވުނު 3 ދަރިވަރުންނަކީ 1 ވަނަ ޙުސެއިން އަޙްނަފް 2 ވަނަ އާމިނަތު ނަޝްފާ އަދި 3 ވަނަ ހަސަން ރިޝްވާން އެވެ.

ރޭ 8:45 ގައި ލަންދޫސްކޫލްގައި ފެށިގެން ދިޔަ މިޖަލްސާގައި އެޑިޔުކޭޝަން މިނިސްޓަރގެ އިތުރުން އެމިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އަލްފާޟިލް މުހައްމަދު އާސިފް  އާއި،   ކޮންޓްރޯލަރ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަން ޑރ.މުޙައްމަދު ޢަލީ އާއި،   އެޑިޔުކޭޝަން މިނިސްޓްރީގެ   ޕާރމަނަންޓް ސެކްރެޓަރީ ޑރ.ޢަބުދުލް މުޙުސިން މުޙައްމަދު އާއި، އެމިނިސްޓްރީގެ  ޑިރެކްޓަރ އަލްފާޟިލް އަބުދުﷲ އިބްރާހިމް ބައިވެރިވެ ވަޑައިގެންނެވިއެވެ.

ބެސްޓް އޯލް ރައުންޑަރގެ މަޤާމަށާއި، ސްކޫލްގެ ޚާއްޞަ ވަނަތަކަށް އިނާމާއި ޝީލްޑާއި ސެޓްފިކެޓްތައް ބައްސަވާ ދެއްވީ މިނިސްޓަރ ޑރ. ޢާސިމް އަޙްމަދެވެ.

ރޭގެ ޖަލްސާގައި މިނިސްޓަރ ވާހަކަފުޅުދެއްކެވިއެވެ. މިނިސްޓަރުގެ ވާހަކަފުޅުގައި ވިދާޅުވީ މިހާ ލޯތްބާއެކު ޕްރައިޒް ޑޭ އަކަށް ތައްޔާރު ކޮށްފައިވާ އެހެން ސްކޫލަކަށް އެމަނިކުފާނު އަދި ވަޑައިނުގަންނަވާ ކަމަށާއި، އެކަމަށްޓަކައި އުފާުފުޅު ކުރައްވާކަމަށެވެ. އަދި ބެލެނިވެރިންނާ ސްކޫލާއި، ގުޅިގެން މިހާކުލަގަދަ ގޮތެއްގައި ޕްރަިއޒް ޑޭ ގެ އެންމެހައި ކަންތައްތައް ކުރިއަށް ގެންގޮސްފައިވާތީ ތައުރީފް ކުރެއްވިއެވެ.

ދަރިވަރުންނާއި، މުޚާތަބުކުރައްވާ ވިދާޅުވީ ސްކޫލްގެ ނަތީޖާ ރަގަޅު ކުރުމުގައި ދަރިވަރުންގެ ރޯލް ވަރަށްބޮޑުކަމަށާއި، ބަސްއަހައިގެން ކިޔަވަން ދަރިވަރުން މަސައްކަތް ކޮށްގެންނޫނީ ނަތީޖާ ރަގަޅު ނުކުރެވޭނެކަމަށެވެ. ހަމަ މިމޭރުުން ޓީޗަރުންނާއި، ބެލެނިވެރިންނާއި، ސްކޫލްގެ އިސްވެރިންނާ މުޚާތަބު ކުރައްވާވެސް މިނިސްޓަރުގެ ވާހަކަ ފުޅުގައި އަލިއަޅުއްވާ ލެއްވިއެވެ.

ރޭގެ ޖަލްސާއަށްފަހު ބެލެނިވެރިންގެ ފަރާތުން ހުށަހަޅައިދިން މުނިފޫހި ފިލުވުމުގެ އައިޓަމެއްވެސް އޮތެވެ. މިއައިޓަމްގައި ހުށަހަޅައިދީފައިވަނީ ހެއްވާ މަޖާ އިބްރަތްތެރި ކުރު ފިލުމެކެވެ.

ރޭގެ ޖަލްސާއަށްފަހު އޮތް ބިލެއްމީރުކޮށްލެއްވުމަށްފަހު ސްކޫލްގެ އެސް އެމް ޓީގެ ބޭފުޅުންނާއި، ޕީޓީއޭގެ އެގްޒެކްޓިވް ކޮމިޓީގެ ބޭފުޅުންނާއި، ސްކޫލްގެ ބޯޑު ބޭފުޅުންނާއި، އަދި ރަށު ކައުންސިލްގެ ބޭފުޅުންނާއި، އެކު މިނިސްޓަރ ބައްދަލުވުމެއް ބޭއްވެވިއެވެ.

މިބައްދަލުވުމުގައި ސްކޫލަށް މިހާރުން މިހާރަށް ބޭނުންވާ މާލީ އެހީތެރިކަމާއި، ފަންނީ އެހީތެރިކަމަކީ ކޮބައިތޯ ބައްލަވާ އެކަންކަމުގެ ތެރެއިން ވެދެއްވެން ހުރި އެހީތައް ވެދެންވެން ހުރި މިންވަރަކުން ވެދެއްވާނެ ކަމަށް މިސްޓަރ ވިދާޅުވިއެވެ.

ލަންދޫ ސްކޫލްގެ ޕްރައިޒް ޑޭ 2011 ގެ ރަސްމިއްޔާތު ތަކުގައި ބައިވެރި ވެ ވަޑައިގަތުމަށް ދެދުވަހުގެ މުއްދަތަށް މިނިސްޓަރ އޮފް އެޑިޔުކޭޝަން ލަންދުއަށް ކުރެއްވި ދަތުރުފުޅު ނިންމާވާލައްވާ ލަންދޫން ފުރާވަޑައިގަތީ ހުކުރު ދުވަހު ( މިއަދު ) ހެނދުނު 10:30 ހާއިރުއެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

ލަންދޫސްކޫލްގެ މިއަހަރުގެ މަދަހަ މުބާރާތް ފަށައިފި.

ނ.ލަންދޫސްކޫލްގެ މިއަހަރުގެ މަދަހަމުބާރާތް މިއަދު އެ ސްކޫލްގައި ފަށައިފިއެވެ. މި މުބާރާތް ފެށުމަށް މިއަދު ލަންދޫސްކޫލްގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގެ …

ޚިޔާލެއްދެއްވާ

avatar
އަޒޭ
އަޒޭ

ގަދަ ލަންދޫސްކޫލްއިނގޭ ޕްރައިޒްޑޭ ގައި އެހެން ރަށްރަށުން ދައުވަތު ދެނީ ސިޔާސީ ލީޑަރުންނަށް . އެކަމުގެ ސަބަބުން ރައްޔިތުންނާ ސްކޫލާ ދެމެދު އޮްންނަނީ އަބަދުވެސް ތަޅާފޮޅުން.

wpDiscuz