ލަންދޫސްކޫލްގެ އިންޓަރހައުސް މަދަހަ މުބާރާތް މިއަދު ބާއްވައިފި.

ނ.ލަންދޫ ސްކޫލްގެ އިންޓަރހައުސް މަދަހަ މުބާރާތް މިއަދު އެސްކޫލްގައި ބާއްވާއިފިއެވެ. ރާއްޖެ އިސްލާމްވި ދުވަހާއި ގުޅުވައިގެން އެދުވަހުގެމުނާސަބަތުގައި މިއަދު ބޭއްވި މަދަހަ މުބާރާތުގެ ޝަރަފްވެރި މެހްމާނަކީ ނ.ލަންދޫ ކައުންސިލްގެ ރައީސް އަލްފާޟިލް މުޙައްމަދު ފަޔާޒެވެ.

މިމުބާރާތް ފެށުމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ފަޔާޒު ވާހަކަދެއްކެވިއެވެ. ފަޔާޒުގެ ވާހަކައިގާ މިފަދަ މުބާރާތެއް މިފަދަ ދުވަހަކާގުޅުވާލައިގެން ބޭއްވުމުގެ މުހިއްމު ކަމުގެ މައްޗަށާއި، އަހަރެމެންގެ އިސްލާމްދީނުގެ މަތިވެރި ނިޢުމަތުގެ މައްޗަށް ބައްލަވާލައްވާ ވާހަކަދެއްކެވިއެވެ. އަދި ދަރިވަރުން މިފަދަ ދުވަހެއްގައި ވިސްނަންވީ ކަންތައްތަކާއި، މަދަހަ މުބާރާތަކުން ހާސިލްކުރަންވީ މަޤުސަދު ތަކުގެ މައްޗަށްވެސް ބައްލަވާ ލައްވާ ނަސޭހަތްދެއްވާ ވާހަކަފުޅުދެއްކެވިއެވެ.

މިއަދު ހެނދު 9:00 ގައި ލަންދޫ ސްކޫލްގެ ހޯލްގައި ފެށިގެން ދިޔަ މި މުބާރާތުގައި 3 ހައުސްގެ ފަރާތުން ޖުމްލަ 36 ދަރިވަރުން ބައިވެރި ވެފައި ވެއެވެ. މުބާރާތް ކުރިއަށް ގެންގޮސްފާވަނީ 3 ޢުމުރު ފުރާއަކަށް ބަހާލައިގެން ނެވެ. އެއީ ހަގު ޢުމުރުފުރާ ( ގްރޭޑް 1،2،3 ) މެދު ޢުމުރުފުރާ (ގްރޭޑް 4،5،6) އަދި ދޮށީ ޢުމުރުފުރާ ( ގްރޭޑް 7،8،9) އެވެ.

މިއަދު ގެ މުބާރާތުގައި ބެލެނިވެރިންގެ ފަރާތުންވެސް މަދަހަހުށަހަޅައިދިނުން އޮތެވެ. އެގޮތުން ނ.ލަންދޫ ނާޒް ފާތުމަތު ޢަބުއްރަހީމް އާއި، ނ.ލަންދޫ ދޫރެސް ޙައްވާޖަލިލު އާއި، ނ.ލަންދޫ އޮއިވަރު ސަލްމާ ޙުސެއިން މަދަހަ ހުށަހަޅައިދިނެވެ.

އަދި ބެލެނިވެރިންގެ އިތުރުން ޓީޗަރުންގެ ފަރާތުން ވެސް މަދަހަ ހުށަހެޅުން އޮތެވެ. ޓީޗަރުންގެ ފަރާތުން މަދަހަ ހުށަހަޅައިދިނީ ރިލީފް ޓީޗަރ ނ.ލަންދޫ އެންދެރިމާގެ އައިޝަތު ރުކުސާނާ އާއި، ޓްރެއިން ޓީޗަރ ނ.ލަންދޫ އަލިމަސްގެ ފާތުމަތު ގުލައިލާ އެވެ.

މިމުބާރާތުގެ ނަތީޖާ ފާޅުކުރުން އޮންނާނީ ފަހުގެ ތާރީޚެއްގައި އެކަމަށް ޚާއްޞަކުރެވޭ އެސެމްބްލީއެއްގައި ކަމަށް ނ.ލަންދޫސްކޫލުން މަޢުލޫމާތު ދެއްވައެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

އައިޕީޔޫ އިން ރާއްޖެއަށް ވަފުދެއް ފޮނުވަން ނިންމުމުން ރައީސް މައުމޫނު މަރުހަބާ ވިދާޅުވެއްޖެ.

ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު މެންބަރުންގެ ހައްގުތަކަށް އަރައިގަނެ އެ މެންބަރުންގެ ހައްގުތައް ނިގުޅައިގެންފައިވާކަމަށް ބުނެ އިންޓަޕާލިމެންޓްރީ ޔޫނިއަންއިން ކަންބޮޑުވުން ފާޅުކޮށް …

ޚިޔާލެއްދެއްވާ

avatar
އުޚްތާ
އުޚްތާ

ހަމަ އެކަނި އިސްވެރިން ވިސްނިޔަކަސް ކަމަކު ނުދާނެ. އަޅުގަނޑަށް ފެންނަ ގޮތުގައި ކުރަންވީ ކަމަކީ ދަރިވަރުންގެ މެދުގައި ކިޔެވުމުގެ އާދަތަކެއް އަށަގަންނުވަންވީ. މިހާރު ގިނަބެލެނިވެރިން ވިސްނާ ގޮތަކީ 24ގަޑިއިރު މުދައްރިސުން ކުދިންނަށް ކިޔަވައިދޭން ޖެހޭ ކަމަށް އެއީ ވަރަށް ބޮޑު ކުށްހީއެއް. ދަރިވަރުންނަށް ދަސްކޮށްދޭންވީ ސެލްފް ސްޓަޑީޒް (އަމިއްލައަށް ކިޔަވަން). ޚާއްސަކޮށް 10ގެ ދަރިވަރުން. އިތުރުގަޑި ނެގިޔަސް ޓިއުޝަން ނެގިޔަސް ނަތީޖާ ރަނގަޅެއް ނުވާނެ. ދަރިވަރުންނާ ބެލެނިވެރިންން ދަރިވަރުން މުދައްރިސުންގެ އިރުޝާދު ތަކާ އެއްގޮތަށް މަސައްކަތް ކޮށްލާ. އޭރުން ރަނގަޅުވާނެ.

ދޮންބެ
ދޮންބެ

ލަންދޫސްކޫލްގައި އިތުރު ހަރަކާތްތައް ވަރަށް ފުރިހަމައަށް ގެންދިޔަ ނަމަވެސްަ ހިތާމައަކީ ގްރޭޑް 10 ގެ އޯލެވެލް ނަތީޖާ ދުވަހެއް ދުވަހަކަށް ދައްވަމުން ދާތީ. މިކަމުގައި ސްކޫލްގެ އިސްވެރިން ވިސްނާ ފިކުރު ކުރުން މުހިއްމު ކަމަށް ފެނޭ.

ކުޑަބެ
ކުޑަބެ

ދޮންބެގެ ވާހަކައަށް ހަމަ ވަރަށް ތާއީދު.

wpDiscuz