ލަންދޫސްކޫލްގެ އަދަބީ ދެ މުބާރާތެއްގެ ނަތީޖާފާޅުކުރުން މިރޭ އެސްކޫލްގައި އޮންނާނެ.

ނ.ލަންދޫސްކޫލްގެ މިއަހަރުގެ އަދަބީ ދެ މުބާރާތްކަމުގައިވާ ވާހަކަދެއްކުމުގެ މުބާރާތާއި، މަދަހަކިޔުމުގެ މުބާރާތުގެ ނަތީޖާ ފާޅުކުރުން މިރޭ އެސްކޫލްގައި އޮންނާނެކަމަށް މަޢުލޫމާތު ލިބިއްޖެއެވެ.

ލަންދޫ ސްކޫލުން މަޢުލޫމާތު ދެއްވި ގޮތުގައި މިރޭ އެސްކޫލްގައި އޮންނަ ނަތީޖާ ފާޅުކުރުމުގެ ހަފްލާގައި ލަންދޫ ކައުންސިލް އިދާރާގެ ބޭފުޅުންނާއި، ލަންދޫ ސްކޫލްގެ ބެލެނިވެރިން ބައިވެރިވެލައްވާނެއެވެ. މިޖަލްސާ ފެށޭގަޑިއަކީ މިރޭ 8:30 ކަމުގައި ކަމަށް އެސްކޫލުން މަޢުލޫމާތު ދެއްވައެވެ.

މިރޭ ގެ ޖަލްސާ އިންތިޒާމް ކުރަނީ އެސްކޫލްގެ ޔުނެސްކޯ ކްލަބާއި، ދިވެހިކްލަބު ގުޅިގެން ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

މަގޫދޫގައި ބަށިކޯޓެއް އަޅާނެ ބަޔަކު ހޯދަނީ

ނ.މަގޫދޫގައި ބަށިކޯޓެއް އަޅާނެ ބަޔަކު ހޯދުމަށް، މަގޫދޫ ކައުންސިލުން އިއުލާނު ކޮށްފިއެވެ. މި ބަށިކޯޓް އެޅުމަށް ހަމަޖެހިފައިވަނީ، މިނިސްޓްރީ އޮފް …

ޚިޔާލެއްދެއްވާ

avatar
wpDiscuz