ލަންދޫގެ ގެއެއްގެ ފުރާޅުމައްޗަށް ބޮޑު ބަނބުކެޔޮގަހެއް ވެއްޓި ގެއްލުންތަކެއްވެއްޖެ.

ގަހުންޖެހިފައި ހަލާކުވި ގޭގެ ފުރާޅު / ފޮޓޯ: ލަންދޫއިންފޯ

ނ.ލަންދޫ ނާޒް ގޭގެ ފުރާޅުމައްޗަށް ބަނބުކެޔޮގަހެއް ވެއްޓި އެގެއަށް ގެއްލުންތަކެއްވެއްޖެއެވެ. މިގަސް ވެއްޓިފައިވަނީ މިއަދު ހެނދުނު 10:45 ހާއިރު އެވެ.

ލަންދޫގައި މަގުހެދުމުގެ މަސައްކަތް ކުރަމުންދާ މީހުން ބަނބުކެޔޮ ގަސްތަކެއް ނެގުމުގެ ތެރޭގައި އެގޭ (ނާޒް) ގެކައިރީގައިހުރިގަހެއް އެކްސްކަވޭޓަރުބޭނުން ކޮށްގެން ނަގަން އުޅުމުގެ ތެރޭގައި އެހެންގަހެއް ފުރާޅުމައްޗަށް ވާގޮތަށް ވެއްޓުނީކަމުގައި މަސައްކަތުގައި އުޅުނު މީހުން މައުލޫމާތު ދެއެވެ.

މިގަސްވެއްޓުމުގެ ސަބަބުން އެގޭގެ އުތުރުފަރާތު ފުރާޅުގެ ވަރަށްބޮޑުބައެއްވަނީ ޓިނުތަކާއެކު ހަލާކުވެފައެވެ. ދަގަނޑު ޓިނު ޖަހާފައިވާ މިފުރާޅުގެ ގިޔގަނޑުވެސް އެދިމާލުން ވަނީ ވަރަށްބޮޑުބައެއް ހަލާކުވެފައެވެ.

މިހާދިސާ ހިނިގިއިރު އެގޭތެރޭގައި އެގޭމީހުން ތިބިކަމުގައި ވިޔަސް އެއްވެސް މީހަކަށް ޖިސްމާނީ ގޮތުން އެއްވެސް އަނިޔާއެއް ނުލިބޭކަމަށާއި، އެހެންނަމަވެސް ކުޑަކުދިންނަށް ނަފްސާނީ ގޮތުން ކޮންމެވެސް އަސަރުތަކެއް ކުރުމަކީ އެކަށީގެންވާ ކަމެއްކަމަށް ގޭގެ ވެރިފަރާތުން ނ.ލަންދޫ ނާޒް އަލްފާޟިލް ޒަހީނު ހަސަން ލަންދޫ އިންފޯއަށް މަޢުލޫމާތު ދެއްވިއެވެ.

މިލިބުނު ގެއްލުމުގެ ބަދަލު މަގުހެދުމުގެ މަސައްކަތުގައި އުޅޭމީހުން ގެ ފަރާތުން ދޭނެކަމަށާއި، ވަރަށް އަވަހަށް އެކަން ނިންމައިދޭނެކަމަށް އެމީހުންބުނި ކަމަށްވެސް ގޭގެ ވެރިފަރާތުން މައުލޫމާތު ދެއްވައެވެ.

ގަސްވެއްޓުނު އިރު އެކްސްކަވޭޓަރ ދުއްވަން އިނީ ބަނގުލާދޭޝްގެ ރައްޔިތެކެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

އެމްޑީއޭގެ ފަރާތުން ލަންދޫ ގޮނޑުތައް ސާފުކުރަންފަށައިފި.

މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް ( އެމްޑީއޭ ) ގެ ފަރާތުން އެކްސްކަވޭޓަރަކާއި، ލޮރީއެއް ގެނެސްގެން ނ.ލަންދޫގެ ކުނޑިގޮނޑުތައް ތަރުތީބުކޮށް ސާފުކުރުމުގެ …

ޚިޔާލެއްދެއްވާ

avatar
wpDiscuz