ލަންދޫގެ ފަރުން ލަނޑާނެގުން މަނާކޮށްފި.

ލަންދޫފަޅުގައި އަޅާފައިވާ މަސްވެރިކަން ކުރާ ދޯންޏެއް | ފޮޓޯ: ލަންދޫއިންފޯ

ނ.ލަންދޫގެ ވަށައިގެންވާ ފަރުން ނާއި ބޭރުމަތިން ފަރަށް ގެއްލުމެއްލިބިދާނެފަދަ އެއްވެސް ބާވަތެއްގެ މަސްވެރިކަން ކުރުން މިއަދުން ފެށިގެން މަނާކޮށްފިއެވެ. ލަންދޫކައުންސިލުން މިއަދު ނެރެފައިވާ އިއުލާނެއްގައިވަނީ ހުއިފިލަނޑާ، އިހި، ފަދަ ތަކެތި ނެގުމަކީ ފަރަށް ގެއްލުން ވާފަދަ މަސްވެރިކަމެއްކަމަށާއި، މިފަދަ އެއްވެސް ބާވަތެއްގެ މަސްވެރިކަމެއް އެއްވެސް ފަރާތަކުން ނުކުރުމަށް އަމުރުކުރާކަމަށެވެ.

އެއިއުލާންގައިވަނީ މިފަދަ ކަމެއް ކުރާފަރާތެއްގެ މަޢުލޫމާތު އެއްވެސް މީހަކަށް އެނގިއްޖެނަމަ ކައުންސިލް އިދާރާއަށް އެންގުމަށްވެސް ބުނެފައިވެއެވެ.

ލިޔުނީ: އަބްދުﷲ އިބްރާހީމް

ޢަބުދުﷲ އިބްރާހިމް ( ޒީރޯ ) އަކީ ލަންދޫއިންފޯގެ ވެބްސައިޓް ފަރުމާކުރާ، ޓެކްނިކަލް ޓީމްގެ އެންމެ އިސްފަރާތެވެ.
ލިޔުންތެރިކަމަށްވެސް ލޯބިކުރާ މި ޒުވާން ލިޔުންތެރިޔާ ގިނައިން ލިޔާނީ ޓެކްނޯލޮޖީއާއި ގުޅުންހުރި ލިޔުންތަކެވެ. އޭގެ އިތުރުންވެސް ދީނީ އަދި އިޖްތިމާޢީ ދާއިރާއިންވެސް ލިޔުންތައް ލިޔުއްވައެވެ.

މިލިޔުންވެސް ކިޔާލާ

މާދަމާގެ ތަށި ރަށަށް ގެނެސްދީ – ސަޕޯރޓަރުން

މާދަމާއަކީ ފުޓްބޯޅައަށްޓަކައި މަރުދޭ ލަންދޫގެ ރައްޔިތުންނަށާއި މިލަދޫގެ ރައްޔިތުންނަށް ވަރަށް ހާއްޞަ ދުވަހެކެވެ. އެހެނީ މާދަމާއަކީ އަތޮޅުތެރޭގައި މިހާތަނަށް ބޭއްވޭ …

ޚިޔާލެއްދެއްވާ

avatar
wpDiscuz