ލަންދޫގެ މިސްކިތެއް އުވާލައިފި.

އުވާލެވިފައިވާ ، ލަންދޫ އިރުމަތީ އަވަށު އަންހެނުންގެ މިސްކިތް ( މަސްޖިދުއްނޫރު ) / ފޮޓޯ: ލަންދޫއިންފޯ

ނ.ލަންދޫގައި ޒަމާނުއްސުރެ އަންހެނުން ނަމާދުކުރަމުން އައި މިސްކިތެއްކަމަށްވާ “މަސްޖިދުއްނަޞްރު” އުވާލައިފިއެވެ.

ލަންދޫ ކައުންސިލް އިދާރާއިން އިއްޔެ ޢާއްމުކޮށްފައިވާ އިޢުލާނެއްގައިވަނީ އެމިސްކިތުގެ މުދިމް، ސަރުކާރުގެ މަސްޢޫލިއްޔަތު ތަކާއި މަސައްކަތުން ވީއްލުމުގެ ޕްރޮގްރާމްގައި ބައިވެރިވެ އަމިއްލައަށް ވަޒީފާއިން ވަކިވެފައިވާތީއާއި، އަދި ފަހަކަށްއައިސް މިމިސްކިތަށް ނަމާދަށް އަންހެން ބޭކަނބަލުން ނުދާތީ 30 އެޕްރީލް 2012 ވަނަދުވަހުން ފެށިގެން އެމިސްކިތް އުވާލާގޮތަށް ނިންމީކަމުގައެވެ.

މިމިސްކިތަކީ ކުރީގެ ކައުންސިލަރ އަލްފާޟިލް މަޖުދުﷲ ޢަބުދުއްރައްޒާޤުގެ ވެރިކަމުގައިވެސް އުވާލަން މަސައްކަތްކޮށްފައިވާ މިސްކިތެކެވެ. އޭރު ރަށުގައިތިބި ނުފޫޒު  ގަދަ ބައެއް ބޭފުޅުން އެކަމާ އިދިކޮޅަށް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުގައި ޝަކުވާކޮށްގެން އެކަން ހުއްޓުވާފައިވާ ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

ސައުދީ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ޢިމާރާތްކުރެވުނު އިތުރު މިސްކިތްތަކެއް މިއަދު ހުޅުވައިފި

ސައުދީ ސަރުކާރުން ރާއްޖެއަށް ހިލޭ އެހީގެ ދަށުން ޢިމާރާތްކޮށްދެއްވި އެ މިސްކިތްތައް ހުޅުވައިދެއްވީ، އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު …

ޚިޔާލެއްދެއްވާ

avatar
ކުޑަފުތުބެ
ކުޑަފުތުބެ

އާ. މިސްކިތް ނެތުންވެސް އެއީ މީސްމީހުން ނަމާދާ ދުރުވާނެކަމެއް… އެހެންތަ ހީކުރީ ލައިބު.

ނުހިނގާ ގަލަމުން
ނުހިނގާ ގަލަމުން

އަންހެނުން ނަމާދުކުރަން ވަކި މިސްކިތެއް ހުންނަންޖެހޭކަމަށް ކީރިތި ރަސޫލާ(ޞ) ސުންނަތުން ފެންނާކަށް ނެތް.. އަންހެނުންގެ “ނަމާދު ގެ” އަކީ އެކަނބަލުންގެ ގެ… ދަލީލު ލިބެނީ އެންމެ ހެޔޮކަން ބޮޑީ އެކަނބަލުންގެ ގޭގައި ކުރާ ނަމާދުގައި ކަމަށް.. ޢީދުނަމާދާއި ބޭނުންނަމަ އެހެނިހެން ނަމާދުވެސް ކުރަންޖެހޭނީ ފިރިހެނުންވެސް ނަމާދުކުރާ “މަސްޖިދު” ގައި…

އަހްމަދު ލައިބް
އަހްމަދު ލައިބް

މިސްކިން ނެތިގެންތަ މީހުން ނަމާދަށް ނުދަނީ…….

އަންނި
އަންނި

ލަންދޫ ކައުންސިލަކީ ލާދީނީ ކައުންސިލެއް. އިސްތިއުފާ . މިސްކިތް އުވާލިވަރު ވަރު ކޮށްލާނަން.

wpDiscuz