ލަންދޫގެ މަގުހެދުމުގެ މަސައްކަތް ވީގޮތެއް ނޭންގި ހުއްޓިއްޖެ.

މިހާތަނަށް ނެތި ރުއްތައް ހިފައިގެން ރިޒޯޓްމީހުން ދަނީ / ފޮޓޯ: ލައިބް

ނ.އަތޮޅުގައި އޮންނަ ރިޒޯރޓެއްގައިކަމުގައިވާ ފުށިވެލަވަރާއި، ނ.ލަންދޫ ކައުންސިލް ގުޅިގެން ކުރިއަށްގެންދާ ލަންދޫ މަގުހެދުމުގެ މަޝްރޫޢަށް ވީގޮތެއް ނޭންގި މެދުކެނޑިއްޖެއެވެ.

ހަދަން ފަށާއިފައިވާ މަގުގެ %10 ވެސް ނުނިމި އުޅެނިކޮށް މަސައްކަތް ހުއްޓިފައިވަނީ ކީއްވެގެންކަމެއް ލަންދޫކައުންސިލަކުންވެސް  އަދި ހާމައެއްނުކުރެއެވެ. އެހެންނަމަވެސް މިމަސައްކަތުގައި ބޭނުންކުރި އެކްސްކަވޭޓަރ މިހާރު ގެންގޮސްފައިވާ ކަން އެނގިފައިވެއެވެ.

ލަންދޫއިންފޯއަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިހާތަނަށް ނަގާފައިވާ  ރުއްތައް ހިފައިގެން ރިޒޯޓްގެ މީހުން ދިޔަގޮތަށް އެއްވެސް ޚަބަރެއް ނުވާތާ މިއީ 4 ވަނަދުވަހެވެ. މަސައްކަތް ކުރަން އުޅުނު މީހުންގެ ތެރެއިން މީހަކާ ގުޅާލުމުން ބުނީ ރުއްތައް ހިފައިގެން ރިޒޯޓަށް އައިސް އެރުއްތައް އިންދުމުގެ މަސައްކަތް ރިޒޯޓްގައި ކުރަމުންދާ ކަަމަށެވެ. އަދި ރުއްތައް އިންދާ ނިމުމުން ރިޒޯޓްގެ ފަޅުތެރެއިން ކޮންމެވެސް ބައެއް ކޮންނަން ޖެހިގެން ލަންދުއަށް ނުދެވިގެން އުޅެނީކަމުގައި ކަމަށްވެސް އޭނާބުނެއެވެ.

ލަންދޫއިްނފޯއަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި ފުށިވެލަވަރު މީހުން މިގޮތަށް ރުއްދިނުމުމުން މަގުހަދައިދިނުމުގެ މަސައްކަތް ލަންދޫގައި ނޫނަސް އެހެން ބައެއް ރައްރަށުގައި ވެސް ކުރިއަށް ގެންގޮސްފައިވެއެވެ. އެގޮތުން ރ.އަލިފުށީގައިވެސް އެމީހުން މިމަސައްކަތް ކުރިކަމަށާއި، އެރަށުންވެސް ކޮންމެވެސް ވަރަަކަށް ރުއްނެގުމަށްފަހު އެރުއްތައް ހިފަިގެން ރިޒޯޓަށް ދިޔަގޮތަށް ފަހުން ޚަބަރެއް ނުވިކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. އަދި އަލިފުށީ މަގުވެސް އެ ހިސާބުން ހުއްޓިފައިވާކަމަށް އަލިފުށިން ވާހަކަދެއްކި މީހަކު ބުންޏެވެ.

ކޮންމެއަކަސް މިއީ ވަރަށް ބޮޑު އަދި ބުރަ މަސައްކަތަކަށްވާއިރު މިމަަސައްކަތް ކުރިއަށްގެންދިއުމުގައި ރަަގަޅު ހަރުދަނާ އެއްބަސްވުމެއް ހަދައި  ވިސްނުންތެރިކަމާއެކު މިމަސައްކަތް ކުިރއަށް ގެންދެވިގެން ނޫނީ މިމަސައްކަތް ނިންމާލުމާ ހަމައަށް ދެވޭނެކަމަކަށް ގިނަމީހުން ލަފައެއް ނުކުރެއެވެ. މިއީ ލަންދޫ ކައުންސިލުން ތަންކޮޅެއް ބޮޑަށް ވިސްނާލަން ޖެހޭ ކަމެއްކަމަށް ޤަބޫލުކުރެވެއެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

އެމްޑީއޭގެ ފަރާތުން ލަންދޫ ގޮނޑުތައް ސާފުކުރަންފަށައިފި.

މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް ( އެމްޑީއޭ ) ގެ ފަރާތުން އެކްސްކަވޭޓަރަކާއި، ލޮރީއެއް ގެނެސްގެން ނ.ލަންދޫގެ ކުނޑިގޮނޑުތައް ތަރުތީބުކޮށް ސާފުކުރުމުގެ …

ޚިޔާލެއްދެއްވާ

avatar
Mohamed Fayaz
Mohamed Fayaz

Bodethi kanthan vaany lahun dhow, ekameh nuhutte,emeehun khabaruves vey, kahabru liyaairu mauloomaathu saafukohgen liyaanama rayyithunves adhi kiyuntherinves maayoosvaakah nujeheyne

އިރޭ
އިރޭ

އަސްލުވެސް ކައުންސިލްތަށް މިހާރަށްވުރ ޒިންމަދާރުވާންވެއްޖެ.އެތައް ރައްޔިތުންނެއްގެ އުންމީދުތަށްކަންދަނެތިބެ،ލިބޭ ފުރުސަތުތަސް އަވަސް އަރުވައިގަނެވުމުގެބަދލަުގައި އެންމެރައްޔިތުންގެ ވިސްނުން ބޭނުންކުރާނަމަ މިފަދަ ކަންކަމެއްނުވާނެ…

ސާލިމް
ސާލިމް

ދެން ލަލާލާ!

kasimbe
kasimbe

ajju nethyma vaahaa kanthahthah , dhen thiya meehun genavumaiy medhuves hama sakku . thiya meehun aburaa nugenevinje nama mikamugaves c.idhaaraa failvaane dho .

މޯޑު
މޯޑު

މަށަށް ހީވަނީ ތި ދެން އޮބާލީ ހެން. އަލިފުށިވެސް ތިހެން ވީވާހަކަ މިލިޔުމުގައި އޮތީތީ ދޯ….

ޞަފޫ
ޞަފޫ

އެމީހުން އަދި އަންނާނެ. އެއީ އެހާ ކަޑަބައެއްނޫން.

ބިސް މަޅިބެ
ބިސް މަޅިބެ

ތީއޭ ވާނެ ވަރަކީ……… ދެން ނޭނގެ ތިމީހުން އަންނާނެ ކަމެއްވެސް….. ކައުންސިލް ދޯހަޅިކަމުން ވާގޮތްދޯމީ…. މިކަހަލަކަންތަށް ތަށް ރަނގަޅުކޮއްލަން ފެނޭ……..

Anonymous
Anonymous

އެހެން ދިޔަ ދީގެން ނުވާނެ އިނގޭ. އެމީހުންނާ އަދިވެސް ގުޅަންވީ ، ވާހަކަ ދައްކަންވީ ކަަމަށް ފެންންަނީ.

މިހާސް

ހެހެހެހެހެ ! ރުއްކޮޅު ހިފައިގެން ބެޗީދޯ / ތިޔަމީހުން އަލުން އަބުރާގެނެސް މަގުތައް ހެދުވޭތޯބަލަންވާނެ / ލައިބުގެ ފޮޓޯތައް ހާދަ ޗާލޭ .