ލަންދޫގެ ކަރަންޓްގެ ޙާލަތު ރަގަޅުކުރުމަށް ދާއިމީ އަދި އަވަސް ހައްލެއް!

ނ.ލަންދޫގެ ކަރަންޓްގެ ޙާލަތު ރަގަޅުކުރުމަށް ދާއިމީ އަދި އަވަސް ހައްލެއް ހޯދައިދިނުމަށް ވަރަށް ބޮޑުމަސައްކަތްތަކެއް ކުރަމުންދާކަމަށް ލަންދޫއިންޖީނުގެއިން ހާމަކޮށްފިއެވެ.

ކޮންމެރެއަކުވެސް ޚަބަރުގަޑީގައި ( ޕީކްލޯޑް ) ގަޑީގައި މިހާރު މުޅިރަށުން ކަރަންޓްކެނޑި ޢާއްމުންނަށް ދަތި އުނދަގޫތަކެއް ކުރިމަތިވަމުންދާތީ އެކަން ހައްލުކުރުމަށް މިހާރުކުރެވެމުންދާ މަސައްކަތްތައް ހާމަކޮށްދެއްވަމުން އިންޖީނުގޭގެ މުވައްޒަފެއްކަމުގައިވާ އިބްރާހީމް އަލީ މިރޭ ބުނީ އިންޖީނުގޭގައިމިހާރު ހަލާކުވެފައިވާ ހުރިހާ އިންޖީނުތަކެއް މަރާމާތު ކުރުމުގެމަސައްކަތް ކުރަން ފެށިފައިވާކަމަށެވެ.

އިބްރާހީމް ބުނީ މަނަދޫން ދެ ޓެކްނީޝަނަކް ގެނެސްގެން އެމަސައްކަތް މިހާރުފެށިފައިވާ ކަމަށާއި، އެކަމަށް ބޭނުންވާ އެންމެހައި ސްޕެއަރޕާޓްސްވެސް ގެނެސްފައިވާ ކަމަށެވެ. އޭނާއިތުރު ތަފްޞީލް ދެމުން ބުނީ މިމަސައްކަތް ނިމޭއިރު ރަގަޅަށް ހިނގާ މުޅިއެކު 5 އިންޖީނު ލަންދޫ އިންޖީނުގޭގައި ހުންނާނެކަމަށެވެ.

މިހާރު މުޅިރަށަށް ކަރަންޓްދެނީ އެންމެ 2 އިންޖީނުންކަމަށާއި، ކަރަންޓް ދަނީ އެ ދެ އިންޖީނު ލޯޑުބޮޑުވެގެން ނުހިފެހެއްޓިގެން ކަމަށްވެސް އިބްރާހީމް ބުންޏެވެ.

މިހުރިހާ މަސައްކަތަކީވެސް ސީދާ ނޮދަރން ޔުޓިލިޓީސް ކުންފުނީގެ ފަރާތުން ކުރަމުންދާ މަސައްކަތް ތައްކަމަށާއި، ހުރިހާ ޚަރަދެއްވެސް ކުރައްވަނީ އެފަރާތުންކަމަށްވެސް އޭނާ މިރޭ ލަންދޫއިންފޯއަށް މައުލޫމާތުދެމުން ބުނެފައިވެއެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

ލަނދޫ ކާޑަށްޖެހިފައި

ބަރަކާތްތެރި ރަމަޟާންމަހަކީ އަހަރުގެ އެހެނިހެން މަސްމަހާއި ޚިލާފަށް ކާއެއްޗެހި ހެދުން ގިނަމަހަކަށްވާއިރު ބަރަކާތްތެރި ރަމަޟަންމަސް ފެށުނު އިރު ލަންދޫގެ ހުރިހާ …

ޚިޔާލެއްދެއްވާ

avatar
ތަކުރު
ތަކުރު

މިހާރު އެބަ ހީވޭ ރަނގަޅު ވާހެން…

wpDiscuz