ލަންދޫގެ ކަރަންޓްގެހާލަތު ރަގަޅުކުރުމަށް ލަންދޫރައްޔިތުން ކުރަނީ ކޮންކަމެއް؟

ލަންދޫގެ ކަރަންޓް ގެ ހާލަތު މިހާރު ކަންބޮޑުވާމިންވަރަށް ދަށަށް ހިނގައްޖެއެވެ. ކޮންމެ ދުވަހަކު އެތައްފަހަރަކު އަދި ކޮންމެ ރެއަކުވެސް އެތައްފަހަރަކު މުޅިރަށުން ކަރަންޓް ކަނޑައިގެން މިދާ ދިއުމަކީ މިކަމުގެ ހެއްކެކެވެ. ގޭގޭގެ ޓީވީ ސީޑީޕްލެޔަރ އަދި ދޮންނަމެޝީން އައިސް އަލަމާރި ފަދަ އަގު ބޮޑެތި ތަކެތިވެސް މިހާރު މިދަނީ ކަރަންޓްގެ މައްސަލައިގާ ހަލާކުވަމުންނެވެ. ބޭނުންވާ މިންވަރަށް ކަރަންޓް ނުލިބި ދަށްވޯލްޓޭޖްގައި ހުރުމުގެ ސަބަބުން އެފަދަ ތަކެއްޗަށް ނުވެނުދާނޭ ގެއްލުންތައް މިހާރު މިދަނީ ވަމުންނެވެ.

ކަންތައް މިހިސާބަށް ގޮސްފައިވާއިރު މިކަމާ އަޅާލާނެ ހަމަ އެކަކުވެސް ލަންދޫއަކު މިހާރަކު ނެތޭ ބުނުމަކީ އަޅުގަނޑު ޤަބޫލުކުރާގޮތުގައި ދޮގެއްނޫނެވެ. ކައުންސިލް އިދާރާއިންނާއި، ހެލްތް ސެންޓަރުންނާއި، އަދި ސްކޫލުން ކަރަންޓް ކަނޑައިގެން މިދާ ދިޔުމުގައި ހަމަގައިމުވެސް އެތަންތާންގެ ވެރިންނާއި، އެކިވަރުގެ މުވައްޒަފުންނަށް އެވާ ދައްޗާއި އުދަނގޫ އާދައިގެ ދެރަނިކަމެތި ރައްޔިތުމީހާއަށްވެސް ހަމަ ކުރާނެއެވެ. ކޮންމެ ދުވަހަކު ތިންހަތަރު ފަހަރަށް ކަރަންޓް ކަނޑައިގެން ދާއިރުވެސް ހަމަ ތަށަށް ކިޔަނީ މަރިޔަނބޭވެސް ހީނުވާ ކަހަލައެވެ.

އެމްޑީޕީގެ ސަރުކާރު ނުވެއްޓޭއިރު ހީވީ އެހެންފަދަ ކަމެއްވެގެން އުޅުނުހެންނެވެ. އިންޖީނުގޭ ދޮށަށް ނިކުމެ އިހްތިޖާޖް ކޮށް ބޮނޑިބަތްކާ އަދިއެވަރުން ނުވެގެން ޔުޓިލިޓީސް ކުންފުނީގެ އިސްވެރިންނަށް ގުޅާ ހަބޭހަށް ކޮޅުދޮށިން ދިނީވެސް ހަމަލަންދޫ ގެ ބައެއްމީހުންނެވެ. މިއަދު އެމީހުން ކޮބައިބާއޭ މިއީ އަޅުގަނޑުނޫނަސް މިކަމާޚިޔާލުކޮށް ވިސްނާ އެތައްބަޔަކު ކުރަމުން ގެންދާ ސުވާލެކެވެ.

މިއަދު މިއޮތީ  އެބުނާ ލާދީނީ ސަރުކާރު ވެއްޓިފައެވެ. އިއްތިހާދުގެ ވެރިކަން ފެށިފައެވެ. އަދި މިއުޅެނީ ވެރިކަން ބަދަލު ކުރުމުގައި އިސްކޮށް އުޅުނުބޭފުޅުންނަށް ހިންދަމާނުލެވިގެންނެވެ. އަންނިގެ ވެރިކަމުގައި އެއްކޮށްފާ ހުރި ބަނގުރަލާ ބިޔަރު ތައް އުކައި މުލިއާގެ އާއި ރައީސް އޮފީސްތެރި ސާފުތާހިރު ކުރުމުގެ މަސައްކަތުން އަވަދިނުވެގެންނެވެ.

އެހެންކަމުން މިސަރުކާރުން އަދި ކަމެއް ކޮށްނުދެވިގެން އެވާހަކަ ދައްކާ ވަރެއް ނުވޭތާއެވެ. ރަށްރަށުގެ ކަރަންޓާ ނަރުދަމާ އަދި ބޯފެނުގެ މައްސަލަ ތައް ހައްލުކުރުމުގެ މަޝްރޫޢުތަކަކީ ބޮޑެތި އަދި ދުރާލާ ރޭވިގެން ނޫނީ ކުރިއަށް ނުގެންދެވޭނޭ މަޝްރޫޢުތަކެވެ.

ކަންމިހެން ހުރިނަމަވެސް ސަރުކާރުގެ އިސްމަޤާމްތަކުގައި މިއަދު ތިއްބެވި ގިނަވެރިންނަކީ އެކިގޮތްގޮތުން ލަންދުއާއި، ގުޅުންހުރި ބޭބޭފުޅުންނެވެ. ޕާޓީގެ ގުޅުމާއި، އާއިލީ ގުޅުމާއި، ދެކެފަރިތަ ރައްޓެހިކަމުގެ ގުޅުމާއިހަމައިންނެވެ. އެކަމުގެ ހެއްކަކީ ލަންދޫގެ އެންމެ އާދައިގެމީހާގެ ފޯންކޯލްތަކަށްވެސް މިދެންނެވި ބޭފުޅުން ޖަވާބުދާރީވުމެވެ. ލަންދޫރައްޔިތުން މިއަދު ބޭނުމީ ކޮންކޮން ކަންކަމެއްހޭ، އަދުސަރުކާރުމިއޮތީ ހުޅުވާލެވިފައޭ، އެބޭފުޅުން ވިދާޅުވާ ކަހަލައެވެ. ބޭނުމީހަމަ އެންމެ ކަމެކެވެ. އިސްވެ މިކަމާ އުޅޭނެ ރަސްމީ ފަރާތެކެވެ. އެކަމަށް ހަމަ އެންމެ އެކަށީގެންވާނީ ރަށުކައުންސިލް ތާއެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

ލަނދޫ ކާޑަށްޖެހިފައި

ބަރަކާތްތެރި ރަމަޟާންމަހަކީ އަހަރުގެ އެހެނިހެން މަސްމަހާއި ޚިލާފަށް ކާއެއްޗެހި ހެދުން ގިނަމަހަކަށްވާއިރު ބަރަކާތްތެރި ރަމަޟަންމަސް ފެށުނު އިރު ލަންދޫގެ ހުރިހާ …

ޚިޔާލެއްދެއްވާ

avatar
މުޙައްމަދު ފަވާޒް / އަރިއަތޮޅު އުތުރުބުރީ މަތިވެރި
މުޙައްމަދު ފަވާޒް / އަރިއަތޮޅު އުތުރުބުރީ މަތިވެރި

ރަށު ހުރިހާ މީހުންވެސް އުޅެގެން ކަންކަން ރަނގަޅު ކުރެވޭނީ!!!

mohamma
mohamma

landhoo council idhaaraa vany coamaaga, Landhoo School vany MDP Jagaiyge Sathariyah vefa, Landhoo health centre vany Mandhooga, Landhoo Court vany Chuttyga , Dhen konbayaku ulhayny . hehehehe

wpDiscuz