ލަންދޫގައި ތަރާވީޙް ނަމާދަށްދާ އަންހެނުން ގިނަވެ ޖާގަ ބޮޑުކުރަންޖެހިއްޖެ.

ލަންދޫ ހުކުރު މިސްކިތަށް އިތުރު ކުރިބައި / ފޮޓޯ: ލަންދޫއިންފޯ

ނ.ލަންދޫ ކައުންސިލުން އިސްނަގައިގެން ލަންދޫ ހުކުރުމިސްކިތުގައި އަންހެނުންނަށް ޚާއްޞަކޮށްގެން އިތުރުކުރި ބައިގައި ތަރާވީޙް ނަމާދު ކުރަންދާ އަންހެނުން ގިނަވެ އެތަން ފުލުވެގެން ޖާގަ އިތުރު ކުރަންޖެހިއްޖެއެވެ.

ރޯދަމަހުގެ ފުރަތަމަ ދުވަހުން ރެއިން ފެށިގެން ކޮންމެ ރެއަކުވެސް އެތަން އަންނަނީ ފުލުވަމުންނެވެ. ގާތްގަޑަކަށް 150 މީހުންގެ ޖާގައިގެ ( އިތުރުކުރެވުނުބައި ) މިތަން މިސްކިތަށް އިތުރުކުރީ ގޭގައި އެންމެ އެކަށީގެންވާ ގޮތަށް ނަމާދުކުރުމަށް އުޒުރުވެރިވާ އަންހެނުނަށް އަމާޒުކޮށްގެން ކަމަށް ކައުންސިލުން ވަނީ މަޢުލޫމާތު ދެއްވާފައެވެ. އެހެންނަމަވެސް ވަރަށް ގިނައަންހެނުންނާއި، އަންހެން ކުދިން މިތަނަށް ތަރާވީޙް ނަމާދަށް ދާތީ މިތަން ފުރެނީއެވެ.

އަސްލު ޙަޤީޤަތުގައި ރަށު ހުރިހާ އަންހެނުން މިހާކުޑަތަންކޮޅަކަށް ތަރާވީޙް ނަމާދަށް މިދަނީ ކީއްވެތޯ މިއީ އުފެދޭ ސުވާލެކެވެ. އެހެނީ މާތް ﷲ ރުއްސުންލެއްވި އިބްނު މަސްޢޫދުގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ. “އަންހެނަކު މިސްކިތުގައި ނަމާދު ކުރުމަށްވުރެ އެކަމަނާގެ ނިދާ ކޮޓަރިތެރޭގައި ނަމާދު ކުރުން ސިޓިންގް ރޫމްގައި ކުރުމަށްވުރެ މާތްކަން ބޮޑެވެ. އަދި އެކަމަނާގެ ކުޑަކޮޓަރީގައި ނަމާދު ކުރުން ބޮޑު ކޮޓަރީގައި ނަމާދު ކުރުމަށްވުރެ މާތްކަން ބޮޑެވެ”.

އެހެންކަމުން އަޅުގަނޑުމެން މިކަމާމެދު ވިސްނާލުން ބުއްދިވެރިއެވެ. ކޮންމެ މީހަކުވެސް ނަމާދު ކުރަނީ ﷲ ގެރުއްސެވުމާއި، ޘަވާބު ހޯދަން ކަމުގައިވާނަމަ  ކޮންމެ އަޅުކަމެއްގައިވެސް އޮތް އެންމެ މޮޅުގޮތް ބަލާ ހޯދަން އެބަޖެހެއެވެ.

އަންހެނުން މިސްކިތަށް ދިޔުމުގެ ބަދަލުގައި ގޭގައި ނަމާދު ކުރުން މާތް ކުރައްވާފައިވަނީ އެކަނބަލުންގެ ރައްކާތެރިކަމަށްޓަކައެވެ. އެކަނބަލުން ޒީނަތްތެރިވެ، ނަލަހެދިގެން މަގުމައްޗަށް ނިކުތުމުން ނިކުމެދާނެ ފިތުނަ އަކުން ސަލާމަތް ކުރެއްވުމުގެ ގޮތުންނެވެ. ވީމާ، ފިރިހެނުން މިސްކިތުގައި ނަމާދު ކުރުމުން 27 ދަރަޖަ ލިބޭފަދައިން އަންހެން ކަނބަލުން ގޭގައި ނަމާދު ކުރުމުން އެފަދަ މަތިވެރި ދަރަޖަ މާތް ﷲ ދެއްވާނެއެވެ. އެންމެހައި މީސްތަކުންގެ ހިތްތަކުގައިވާހާ ކަމަކާއި، އެންމެހައި ކަމެއް މޮޅަށްދެނެވޮޑިގެން ވަނީ މާތް ﷲއެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

މިރަމަޟާންމަހަށްވެސް ލަންދޫއަށް ޙާފިޡަކު ގެންނަނީ

ކުރީ އަހަރުތަކެކޭ އެއްފަދައިން މިއަހަރުގެ ރަމަޟާންމަހުވެސް އިމާމުވެ ތަރާވީޙް ނަމާދުކުރުމަށް ރާއްޖެއިން ބޭރުން އިމާމަކު ގެނެއުމުގެ މަސައްކަތް ލަންދޫ ކައުންސިލުން …

ޚިޔާލެއްދެއްވާ

avatar
އަބުރު ގަބުރު
އަބުރު ގަބުރު

އަންހެން ބޭކަނބަލުން ގޭގައި ނަމާދުކުރުން މޮޅުއިތުރެވެ. ނަމަވެސް ލިޔެފައިވާ އާޓިކަލަށްބަލާއިރު ހީވަނީ އަންހެނުން ތަރާވީސް ނަމާދަށް މިސްކިތަށް ދާތީ ވަރަށްބޮޑަށް ކަނބޮޑުވެގެން އުޅޭހެންނެވެ.

ޢަލީ ޒިޔާދު
ޢަލީ ޒިޔާދު

އެހެނަސް އަންހެނުން މިސްކިތައް އަންނަން ބޭނުންކަމަށްވާނަ،މަ، މަނާކުރުމުގެ ޙައްޤެއް ލިބިފައެއް ނުވެއެވެ. އަހަރެމެން ނުބަލަން އެމީހުން އަންނަނީ ދެއްކެން ކަމަކަށް، އެއީ އެމީހުންގެ ހިތުގައިވާ އެއްޗެއް އަހަރެމެންނަށް އެނގިިއްޖައުމަށް ދާންދެން ހީކުރަން ޖެހޭނީ ކޮންމެ ބަޔަކާްއި ދޭތެރޭ ރަނގަޅަށް. ޔާ ﷲ އަޅަމެންނަށް ހެޔޮވިސްނުން ދެއްވާށިއެވެ. އާމީން

ރާ ހަސަނު
ރާ ހަސަނު

ހުރިހާ އަންހެނުން ކޮންމެގެޔަކު ގުދަނެއް ހަދާފަ އަށްސާފަ ބައިތިއްބަންވީނު

އުސްމާން
އުސްމާން

އަންހެނުން ތަރާވީޙް ނަމާދު ކުރުން ހަމަރަގަޅީ ގޭގައި. އެމީހުން މިސްކިތަށް ދިޔުމުން އުފެދޭނީ އިތުރު ފިތުނައެއް. އެކަން އެވަނީ ހަދީސުން އަންގަވާފަ.

wpDiscuz