ލަންދޫގައި މިހާރު ހަދަން ފަށާފައިިވާ މަގުގެ މަސައްކަތް މާދަމާ އަލުންފަށަނީ

ލަންދޫގައި އަލަށް އާބާދުވާ ސަރަހައްދުގައި ހަނދަންފަށާފައިވާ ފަނޑިޔާރުމަގުގެ ނަމުން ނަންދެވިފައިވާ މަގުގެ މަސައްކަތް މާދަމާ އަލުން ފެށުމަށް ލަންދޫކައުންސިލްގެ ކުއްލި ބައްދަލްވުމަކުން މިރޭ ނިންމައިފިއެވެ.

މީގެ ދެތިން ހަފްތާ ކުރިން ހަދަން ފެށުނު މިމަގުގެ މަސައްކަތް ކުޑަދުވަސްކޅެއްގެ މެދު ކެނޑުމަކަށްފަހު މާދަމާފެށޭއިރު މިމަގު ހެދުމުގެ މަސައްކަތްވަނީ ބޮޑު ސިޔާސީކަންތައް ގަނޑަކަށްވެފައެވެ. މާދަމާ މަގު ހެދުމުގެ މަސައްކަތް ފެށޭއިރު ލަންދޫގައި ހަރަކާތްތެރި ވެލައްވާ އެމްޑީޕީގެ އިސް އެކްޓިވިސްޓުން ބުނަމުން ގެންދަނީ އެމަގުގެ މަސައްކަތް އަލުން މިފެށެނީ އެމްޑީޕީ އިންލަންދޫއަށް ކޮށްދޭކަމެއްގެ ގޮތުގައެވެ.

ޕީޕީއެމް އަށް ނިސްބައްވެ ލައްވާ ބައެއް އެކްޓިވިސްޓުން ބުނަނީ އެމީހުން އިސްވެތިބެ ކުރާ ކަމެއްގެ ގޮތުގައެވެ. ނަމަވެސް މި މަސައްކަތް ފެށުނީންސުރެވެސް ލަންދޫ ކައުންސިލް ޢިދާރާއިން ބުނަމުން ގެންދަނީ މި މަސައްކަތަކީ ހެޔޮއެދޭ ފަރާތަކުން ލަންދޫގެ ރައްޔިތުންނަށްޓަކައި ކޮށްދޭ މަސައްކަތެއް ކަމުގައެވެ.

މަސައްކަތައް ބޭނުންވާ ހައިމާކަކާއި ކޮޅުވެއްޓިއެއް މިހާރު ލަންދޫއަށް ގެނެވިފައިވާއިރު ކައުންސިލްގެ ރައީސް ފަޔާ އިތުރަށް ސާފްކޮށްދެއްވި ގޮތުުގައި މާދަމާ މަގުހެދުމުގެ މަސައްކަތް އަލުން ފެށޭއިރު އެތަނުގައި ކައުންސިލް ޢިދާރާގެ ފަރާތުން ހަރަކާތްތެރި ވެލައްވާނީ އެމްޑީޕީ ތަމްސީލްކުރައްވާ ހަމައެކަނި މެމްބަރ މުޙައްމަދު ސުޖާއު ( ދޮންބޭބެ ) އާއި ކައުންސިލް މެމްބަރ އަލްފާޟިލް މުޙައްމަދު ހަސަން ( ރަމްޒީ ) އެވެ.

ލަންދޫގެ ގިނަރައްޔިތުން އުއްމީދުކުރަނީ ރަށުގެ ތަރައްޤީއަށް ކުރެވޭ މިފަދަ މަސައްކަތްތަކަކީ ސިޔަސީ ކުލަ ނުޖެހި އެކުވެރިކަމާއި އެއްބައިވަންތަ ކަމާއިއެކު ނިމިގެންދާނެ މަސައްކަތްތަކަކަށް ވެގެންދާނެކަމަށެވެ.

ލިޔުނީ: މިހާސް

މިހާސްއަކީ ކޮންމެ ދާއިރާއަކުންވެސް ހަބަރުތަކާއި، ރިޕޯޓްތައް އަދި އެހެނިހެން ވެސް ލިޔުންތައް ލިޔުމަށް ކުޅަދާނަ ނޫސްވެރިއެކެވެ. ހާއްޞަ ދާއިރާއަކީ އިޖްތިމާއީ މައްސަލަތަކާއި، އަދި ނ.އަތޮޅުގެ ފުޓްބޯޅަ އާއި ގުޅުންހުރި ރިޕޯޓްތައް ލިޔުމެވެ.

މިލިޔުންވެސް ކިޔާލާ

އެމްޑީއޭގެ ފަރާތުން ލަންދޫ ގޮނޑުތައް ސާފުކުރަންފަށައިފި.

މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް ( އެމްޑީއޭ ) ގެ ފަރާތުން އެކްސްކަވޭޓަރަކާއި، ލޮރީއެއް ގެނެސްގެން ނ.ލަންދޫގެ ކުނޑިގޮނޑުތައް ތަރުތީބުކޮށް ސާފުކުރުމުގެ …

ޚިޔާލެއްދެއްވާ

avatar
ފެންނަގޮތް/ކުލަ ޔެލޯ
ފެންނަގޮތް/ކުލަ ޔެލޯ

ތީ ހަމަ އެމްޑީޕީން ކޮށްދޭ ކަމެއް. ތިކަންވަނީ މީގެ 10 އަހަރު ކުރިން ނިމިފައި. މިބުނީ އެމްޑީޕީ ކުރާކަމެއގެ ގޮތުގައި، އެހެންވީމާ ބުނެވޭނީ ތިޔައީ ހަމަ އެމީހުންގެ މަސައްކަތެކޭ.

ފަރީ
ފަރީ

މިހާސްގެ ލިޔުންތައް ކިތޭހާވިސް ފަށުވި އެކަމަކުދޯ !

wpDiscuz