ލަންދޫގައި ވާލާއި، ކާޅު މެރުމުގެ ޕްރޮގްރާމެއް ކުރިއަށް ….!

ލަންދުގައި 2010 ވަނައަހަރު ކާޅުމެރުމަށް ހިންގި ޕްރޮގްރާމްގެ ތެރެއިން / ފައިލްފޮޓޯ

އެމްއެންޑީއެފް ނޮދަން ކޮމާންޑުން ނާއި، ނ.ލަންދޫ ކައުންސިލް ގުޅިގެން ލަަންދޫގައި އުޅޭ ވާލާއި، ކާޅުމެރުމުގެ ޕްރޮގްރާމެއް މިއަދު ފައްޓައިގެން ކުރިއަށް އެބަގެންދެއެވެ.

ޅ.މަޑިވަރުގައި ތިއްބަވާ އެމްއެންޑީ އެފްގެ ބޭފުޅުންގެ ތެރެއިން 8 ބޭފުޅަކު މިއަދު ލަންދުއަށް ވަޑައިގެން ކުރިއަށް ގެންދަވާ މިޕްރޮގްރާމްގެ ދަށުން މިހާތަނަށްވެސް ވަރަށްގިނަ ވާލާއި، ކާޅު މަރާލެވިފައިވާކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

މިއަދު 10.40 ހާއިރު ލަންދުއަށް މިވަޑައިގެންނެވި ޓީމްގެ ބޭފުޅުންގެ ތެރޭގައި އެމްއެންޑީއެފް ނޮދަން ކޮމާންޑުންގެ އެންމަތީ ލެވަލްގެ ދެ ބޭފުޅަކުވެސް ހިމެނިވަޑައިގަންނަވާ ކަމަށް ލަންދޫކައުންސިލް އިދާރާއިން ވަނީ މަޢުލޫމާތު ދެއްވާފައެވެ.

ލަންދޫކައުންސިލުން އިސްނަގައިގެން އެމްއެންޑީއެފް ނޮދަން ކޮމާންޑުން ނާއި، ގުޅިގެން މިއަދު ކުރިއަށް މިގެންދާ ހަރަކާތުގެ ޢަމާޒަކީ ވާލާއި ކާޅުގެ ސަބަބުން ލަންދޫގެ ދަނޑުވެރިންނަށާއި، ޢާއްމުފަރުދުންނަށް ލިބެމުންދާ ގެއްލުންތައް ކުޑަކުރުމުގެ ގޮތުން އެތަކެތި މަރާ މަދުކުރުންކަމުގައި ލަންދޫކައުންސިލް ގެފަރާތުން ވަނީ ބުނެފައެވެ.

މިއަދު 11:00 ގައި ފެށި މިޕްރޮގްރާމްގައި ލަންދޫގެ އެކިސަރަހައްދުތަކުން ކާޅާއި ވާލު މަރަމުން އެބަދެއެވެ. އެމްއެންޑީއެފްގެ ޓީމުން ވިދާޅުވީ އެބޭފުޅުން ވަނީ 4 ގްރޫޕަކަށް މަސައްކަތް ބަހާލައި ރަށުގެ އެކިދިމަދިމާއަށް ޓީމުތައް ފޮނުވާލައިފާ ކަމަށެވެ. މިއަދު ވާލާއި ކާޅު މަރަމުން ގެންދާނީ ރަށުގެ ވަކި ޚާއްޞަ ތަންތަނުން ނޫންކަމަށާއި، އެބޭފުޅުންނަށް ފެނިއްޖެކޮންމެ ދިމާއަކުން ވެސް މަރަމުންގެންދަވާނެކަމަށް ވިދާޅުވިއެވެ.

ބަޑިޖަހާ މަރަމުން މިގެންދާ ވާލާއި، ކާޅުތައް ރައްކާތެރި ގޮތެއްގައި ނައްތާލުމުގެ މަސައްކަތްވެސް ކުރިއަށް ދާކަމަށާއި، މިއަދު ހަވީރު 5 ޖެހުމާއި ހަމައަށް މަސައްކަތްކުރިއަށް ގެންދާނެކަމަށްވެސް ލަންދޫކައުންސިލުންމަޢުލޫމާތު ދެއްވައެވެ.

މީގެ ކުރިންވެސް ވަނީ އެމްއެންޑީއެފްގެ ބޭފުޅުން ލަންދޫގައިމިފަދަ ޕްރޮގްރާމްތައް ކުރިއަށް ގެންގޮސް ދެއްވާފައެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

ޚިޔާލެއްދެއްވާ

avatar
އުސްމި
އުސްމި

ފޯނު ނިވާލަން ބޭނުމިއްޔާ ކަހާލައްވާ

ބާގީ
ބާގީ

ކާޅެއް ނޫން މަރަންވީކީ ތި ***** މަރަން ވީ

wpDiscuz