ލަންދޫގައި ވައްކަށްކުރުން ޢާއްމުކަމަކަށް ވެއްޖެ

ނ.ލަންދޫގައި މިދުވަސްކޮޅު ވައްކަށްކުރުން އާއްމުކަމަކަށް ވެއްޖެއެވެ. މިގޮތުން މިފަހަކަށްއައިސްވަނީ ލަންދޫގެ ގޭގެއަށް ރޭގަނޑަށްވަދެ ގޭގޭގައި ރައްކާކޮށްފައި ހުންނަ ފައިސާއާއި އަގުބޮޑަތި ބައެއްތަކެތި ވަގަށް ނަނގާފައެވެ. މިހަފަތާތެރޭގައި ހިނގި މިފަދަ ވައްކަމެއްގައި އެއްގައެއަކުންވަނީ ނަގުދު އެއްހާސް ޑޮލަރާއި އެތައްބައިވަރު ދިވެހިފައިސާ ވަގަށްނަގާފައެވެ. ” ލަންދޫއިންފޯ ” އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ރޭގަނޑު ދަށްވަރަށް ވައްކަށް ކުރާ ފަރާތްތަކުން ތިބެނީ މާސްކު އަޅައި މޫނު ނިވާކޮށް އަތައް އަންގިވެސްލައްވާފައެވެ. ރަށުގެ ބައެއްފަރާތްތަކުން ވައްކަންކުރަނީ ވަކިބައެކޭބުނެ އެމީހުންނާއި ދިމާލަށް ތުހުމަތުގެ އިގިލި ދިއްކުރިނަމަވެސް ސީދާ ، ސީދާ ވަގުހިފޭގޮތް އަދި މިވަނީ ނުވެފައެވެ.

ލަނދޫގައި ވައްކަށް އާއްމުވެފައިވާ މިންވަރަކީ ހުކުރު ދުވަހު ހުކުރަށް މީހާ ދާވަގުތުވެސް ގޭގެއަށްވަދެ ގޭގޭގައި ހުންނަފައިސާ ވަގަށް ގެންދަން މިވަނީ ފަށާފައެވެ. އެގޮތުން މިއަދުގެ ހުކުރުވަގުތު ލަންދޫގެ ގެއަކުންވަނީ އެގޭގެ ވެރިމީހާ ހުކުރަށްދާންވެގެން ފެންވަރަށްވަދެ ގިފިލީގައި ބައިންދާފައިދިޔަ ފަޓްލޫނުގެ ޖީީބުގައިއޮތް ވޮލެޓްގައި އިން އެއްހާސްރުފިޔާވެސް ވަގަށް ގެންގޮސްފައެވެ.

ހަމަ މިފަދައިން މިހުސްވި ހަފްތާތެރޭގައި އަންހެންވެރިން މަގު ކުނިކަހަށް ދިޔަވަގުތު ބަލާފައި ދެގެއަކުންވަނީ ވައްކަށް ކޮށްފައެވެ. މީގެއިތުރުން ރޭގަނޑު ދަށްވަރު ގޯތިގޯތިން މައިލޯ ، ކޮފީ ބިސްކޯދު ، ނޫޑްލިސް މަސްދަޅު އަދި ޓޮމާޓޯ ދަޅުފަދަ އެއްޗެތި ވަގަށް ގެންދިއުން މިވަނީ ޢާއްމުކަމަކަށް ވެފައެވެ.

ލަންދޫގެ ބައެއް ރައްޔިތުން ފާހަނގަ ކުރާގޮތުގައި ލަންދޫގައި މިދުވަސްކޮޅު ވައްކަށް ކުރުން ގިނަވެގެން މިއުޅެނީ މަސްތުވާތަކެތި ބެނުންކުރާ މީހުންގެ އަދު ގިނަވެ ގްރޫޕް ހަދައިގެން ރޭގަނޑު ހޭލާއުޅޭ ކުދިންގެ އަދަދު ގިނަވުމުގެ ސަބަބުންނެވެ.

ލަންދޫގައި ވައްކަށް ކުރުމާއި ނޭދެވޭ އެތައްކަމެއް ޢާއްމުވެގެންދާއިރުވެސް ކަމާބެހޭ ފަރާތުން މިއިންކަމެއް ހައްލުކުރެއްވުމަށް އެއްވެސް ކަމެއް ކުރައްވަމުން ނުދާކަން ލަންދޫގެ ގިނަރައްޔިތުން ހިތާމައާއި އެކު ފާހަނގަކުރެއެވެ.

ލިޔުނީ: މިހާސް

މިހާސްއަކީ ކޮންމެ ދާއިރާއަކުންވެސް ހަބަރުތަކާއި، ރިޕޯޓްތައް އަދި އެހެނިހެން ވެސް ލިޔުންތައް ލިޔުމަށް ކުޅަދާނަ ނޫސްވެރިއެކެވެ. ހާއްޞަ ދާއިރާއަކީ އިޖްތިމާއީ މައްސަލަތަކާއި، އަދި ނ.އަތޮޅުގެ ފުޓްބޯޅަ އާއި ގުޅުންހުރި ރިޕޯޓްތައް ލިޔުމެވެ.

މިލިޔުންވެސް ކިޔާލާ

ނ. ވެލިދޫ “ސޯލްޓެޑް ފައިބަރވޯރކްސް” އިން ވަގަށް ނެގި ސާމާނުތަކެއް ހޯދައިފި.

ނ. ވެލިދޫގައި އޮޑިދޯނި ފަހަރު ބަނުމުގެ މަސައްކަތްކުރާ ވޯރކްޝޮޕެއް ކަމުގައިވާ “ސޯލްޓެޑް ފައިބަރވޯރކްސް” އިން ވަގަށް ނަގާފައިވާ ސާމާނުތަކެއް ހޯދައި …

ޚިޔާލެއްދެއްވާ

avatar
ހައްޖަ
ހައްޖަ

ކަމާބެހޭ ފަރާތްތަކަކީ ކައުންސިލު އާއި، ބެލެނިވެރިން. އެ ދެފަރާތުން މިކަމާ އަޅާލުން ވަރަށް މުހިއްމު.

ރިފޯރމް ލަންދޫ
ރިފޯރމް ލަންދޫ

ކަލޭވެސްތީ ކަމާ ބެހޭ ފަރާތެއް ނޫންތަ!

wpDiscuz