ލަންދޫން އަނެއްކާވެސް އާޘާރީ ގަލެއް ފެނިއްޖެ

ލަންދޫން އަނެއްކާވެސް ވަރަށް އާޘާރީ ގަލެއްފެނިއްޖެއެވެ. މިހާތަނަށް ދިވެހިރާއްޖެއިން ފެނިފައިވާ އެންމެ ދުވަސްވީ ލިޔުންފެނިފައިވަނީވެސް ލަންދޫންނެވެ. ” ލަންދޫގައު ” ގެ ނަމުން ނަންދީފައިވާ އެގަލުގައި ލިޔެފައިވަނީ ކުރީ ޒަމާނުގެ ފަންޑިތައެއް ކަމަށް ކަމާބެހޭ މާހިރުން ވިދާޅުވެފައިވެއެވެ.

މިއަދު ލަންދޫއިން ފެނިފައިވާ އާޘާރީ ގައު ފެނިފައިވަނީ މިހާރުލަންދޫގައި އަލަށް ހަދަމުންގެންދާ މަގުހަދަމުން ގެންދިއުމުގެ ތެރޭގައި ލަންދޫގައި ހުންނަ އާޘާރީބިނާ ( މާބުދުގެ ) ހުންނަ ސަރަހައްދުންކަމަށް ކައުންސިލް ޢިދާރާއިން މަޢުލޫމާތު ދެއްވައެވެ.

މިއަދު ފެނުނު އާޘާރީގައު ފުރަތަމަ ފެނިފައިވަނީ މަގުހެދުމުގެ މަސައްކަތުގައި އިސްކޮށް ހަރަކާތްތެރި ވެލައްވާ ނ.ލަންދޫ އަކިރި އަލްފާޟިލް ވަލީދު ޢާދަމަށް ކަމަށް ކައުންސިލް މެމްބަރ މުހައްމަދު ހަސަން ( ރަމްޒީ ) ” ލަންދޫއިންފޯ ” އަށް  މަޢުލޫމާތު ދެއްވަމުން ބުނުއްވިއެވެ.

މިއަދު ލަންދޫން ފެނުނު މި ގަލުގައިވެސް ލަންދޫން ކުރިން ފެނުނު  އާޘާރީ ގަލުގައި ( ލަންދޫ ގައު )  ލިޔެފައިވާ ފަދައިން ކޮންމެވެސް އެއްޗެތިތަކެއް ލިޔެފައިވެއެވެ.

މިއަދު ލަންދޫއިން ފެނުނު މި އާޘާރީ ގައު މިވަގުތު އޮތީ ލަންދޫ ކައުންސިލް ޢިދާރާގެ ބެލުމުގެ ދަށުގައެވެ.

ލިޔުނީ: މިހާސް

މިހާސްއަކީ ކޮންމެ ދާއިރާއަކުންވެސް ހަބަރުތަކާއި، ރިޕޯޓްތައް އަދި އެހެނިހެން ވެސް ލިޔުންތައް ލިޔުމަށް ކުޅަދާނަ ނޫސްވެރިއެކެވެ. ހާއްޞަ ދާއިރާއަކީ އިޖްތިމާއީ މައްސަލަތަކާއި، އަދި ނ.އަތޮޅުގެ ފުޓްބޯޅަ އާއި ގުޅުންހުރި ރިޕޯޓްތައް ލިޔުމެވެ.

ޚިޔާލެއްދެއްވާ

avatar
wpDiscuz