ލަންދުއަށް އަންނަ އުޅަނދުފަހަރަށް ފެންދޫކުރުން ކޮންޓްރޯލްކޮށްފި.

އެކިއެކި ބޭނުންތަކުގައި ލަންދޫ ބަނދަރުގައި ބަނދަރުކުރާ އުޅަނދުފަހަރަށް ވާރޭފެން ދޫކުރުން ލަންދޫކައުންސިލުން ކޮންޓްރޯލް ކޮށްފިއެވެ. ލަންދޫކައުންސިލުން މިއަދު ނެރުނު އިއުލާނެއްގައި ވަނީ މިހާރަކަށް އައިސް ރަށުންބޭރުން އަންނަ އުޅަދުފަހަރަށް ވަކިކޮންޓްރޯލެއް ނެތި ރަށުގެ ފެންހަންތަކުން ވާރޭފެން އަރުވަމުން ގެންދާކަމުގެ ޝަކުވާ އެކައުންސިލް އިދާރާއަށް ރައްޔިތުންގެ ފަރާތުން ލިބެމުންދާތީ މިއަދުންފެށިގެން ކޮންމެ އުޅަނދަކަށްވެސް ރަށުން ފެންދޫކުރެވޭނީ ކޮންމެ އުޅަނދަކަށް 20 ލިޓަރުގެ 4 ފެންހަންކަމަށެވެ.

ކުރިއަށްއޮތީ އިރުވައިމޫސުމުގެހޫނު ގަދަދުވަސްވަރުކަމަށާއި، ރަށުގެ ފެންހަންތަކުން ފެންހުސްވެއްޖެނަމަ ރައްޔިތުންނަށް އެކަމުގެ ދަތި އުދަގޫދިމާވެދާނެތީ މިގޮތަށް އަމަލުކުރަންޖެހުނީކަމަށާއި، ރަށުގެ އެއްވެސް ރައްޔިތަކު އެހީތެރިވެގެން ވިޔަސް އެއްވެސް ދޯންޏަކަށް މިނޫންގޮތަކަށް ފެންދޫނުކުރުމަށްވެސް މިއިއުލާންގައި ބުނެފައިވެއެވެ.

ކަންނެލި އޮޑިފަހަރު ފަދަ ގިނަޢަދަދަކަށް ފެންބޭނުންވާ އުޅަނދުތަކުން މިފަހަކަށްއައިސް އެމީހުން އަމިއްލަ އަމިއްލައަކަށް ގިނަޢަދަދަކަށް ފެންގެންދިއުމާއި، ވަލުތެރެއަށްވެސް ވަދެ ކުއްޅަވަކާއި، އެހެނިހެންތަކެތިވެސް އޮޑިފަހަރަށް  އަރުވާހަދަމުންދާއިރު މިކަން ބަލާމޮނިޓަރ ކުރާނެފަރާތެއް ލަންދޫގައި ނެތްއިރު ކައުންސިލް އިދާރާއިން މިކުރެއްވި އަމުރުވެސް ތަންފީޒު ކުރެވޭނީ ކިހާވަރަކަށްބާއޭ މިއީ ގިނަބަޔަކު އުފައްދާނެސުވާލެކެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

އައިޕީޔޫ އިން ރާއްޖެއަށް ވަފުދެއް ފޮނުވަން ނިންމުމުން ރައީސް މައުމޫނު މަރުހަބާ ވިދާޅުވެއްޖެ.

ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު މެންބަރުންގެ ހައްގުތަކަށް އަރައިގަނެ އެ މެންބަރުންގެ ހައްގުތައް ނިގުޅައިގެންފައިވާކަމަށް ބުނެ އިންޓަޕާލިމެންޓްރީ ޔޫނިއަންއިން ކަންބޮޑުވުން ފާޅުކޮށް …

ޚިޔާލެއްދެއްވާ

avatar
wpDiscuz