ތިމާވެށީގެ ދުވަސް ފާހަގަ ކުރާއިރު ގޮޑުދޮށްތައް ތަޣައްޔަރުވެފައި

މިއަދަކީ ދުނިޔޭގެ ތިމާވެށީގެ ދުވަހެވެ. އާދ! ޖޫންމަހުގެ 5 ވަނަ ދުވަހެވެ. މިދުވަހަކީ ދުނިޔޭގެ ތިމާވެށީގެ ދުވަސްކަން އެނގެނީ  އަޅުގަނޑުމެންގެ ތެރެއިން ކިތައްމީހުންނަށް ބާވައެވެ. ހަމަ ޔަޤީނުންވެސް އަޅުގަނޑު ދިރިއުޅޭ މި މަޖުތަމަޢުގެ ދެބައިކުޅަ އެއްބަޔަށްވެސް މިއަދަކީ ތިމާވެށީގެ ދުވަސްކަމެއް ނޭނގެއެވެ.

އާއްމުރައްޔިތުން ކުރާ ނޭދެވޭ ކަންތައްތަކުގެ ސަބަބުން އަޅުގަނޑުމެންގެ ތިމާވެއްޓަށް އެތައްއެތައް ގެއްލުމެއް ލިބެމުންދާކަމީ އެންމެންދަންނަ ބޮޑު ސިއްރެކެވެ. ރަށުގެ ރީތި ގޮޑުދޮށްތައް ފުރިފައިވަނީ އުކާލެވޭ ނެޕީތަކުންނާއި ، ބާފޮތިތަކާއި ކެއްކުމަށް ބޭނުންކޮށްފައިހުންނަ ހުސްމަސްދަޅުތަކާއި، ޓޮމާޓޯ ދަޅުތަކާއި އަދި އެހެނިހެން ތަފާތު ވައްތަރުވައްތަރުގެ ދަޅުތަކުންނެވެ.

ރަށުގެ ބޮޑުބައެއް އަވަސް ސްޕީޑްގައި އެންމެންގެ ލޯމަތީގައި ގިރަމުންދަނީ ރަށުގެ ގޮޑުދޮށުން އެއްވެސް ބެލުމެއްނެތި ވެލި ނެގުމުންކަން އެންމެންވެސް ދަނެއެވެ. ހަމަ މިއާއިއެކު ޖައްވު ހޫނުވަނީ ބޮޑަތި ބިޔަގަސްތައް ކެނޑުމުންކަން ނޭނގޭ ކުޑަކުއްޖަކުވެސް ނޫޅޭނެއެވެ.

ނަމަވެސް ހިތާމައަކީ މިިއިން ކަމަކަށް އަޅާލާނެ މިފަދަ ކަންތައްތައް މީހުންގެ ސަމާލްކަމަށް ގެންނާނެފަރާތެއް ، ޒިންމާ އުފުލާނެ ފަރާތެއް ނެތްކަމެވެ.

އަޅުގަނޑުގެ ނަޒަރުގައި އަންހެނުންގެ ދުވަހެއް ކުލަގަދަ ގޮތެއްގައި ފާހަނގަ ކުރުމުގެ ބަދަލްގައި ދުރާލާ ތައްޔާރުވެ މީހުން ހޭލުންތެރި ކުރުވާ، ތިމާވެށީގެ ގޮތުން ރަށަށް ދިމާވެފައާ ކަންތައްތަކުގެ ތެރެއިން ހައްލުކުރެވެން ހުރި ކަންތައްތައް ހައްލުކުރުމަށް މި ދުވަސް ރަށުފެންވަރުގައި ފާހަގަކުރުން މާ އައުލާކަންބޮޑުވެފައި މުޖުތަމަޢުއަށް ލިބޭކުރިއެރުން މާ ބޮޑުވާނެއެވެ.

ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުންވެސް އަބަދުވެސް އިވެނީ ” ތިމާވެއްޓޭ ” ކިޔާއަޑެވެ. ތިމާވެށީގެ ގޮތުން ހުރި ގޮންޖެހުންތަކަށް މާބޮޑު ހައްލެއް އަންނަތަނެއް އަޅުގަނޑުމެންނަކަށް ނުފެނެއެވެ. އަޅުގަނޑު ޤަބޫލްކުރާ ގޮތުގައި މިއަދު ވާންވީ ތިމާވެށީގެ ގޮތުން ވާހަކަދެކެވޭ ، ތިމާވެށީގެ ކަންތައްތަކުގެ ތެރެއިން ހައްލު ގެނެވޭ ޒާތުގެ ކަންތައްތަކަށް ހައްލު ގެނެވޭ ދުވަހަކަށެވެ.

މިއަދަކީ ހަމައެކަނި ރަށުގެ ހޭޅިފަށުގައި އިންދާލެވޭ ގަހަކުން ނުވަތަ އިންދާލެވޭ ރުކަކުށް ނިންމާލެވޭ ދުވަހަކަށް ވެގެން ނުވާނެއެވެ. އަޅުގަނޑުމެންގެ މުތަމަޢުތަކަށް ތިމާވެށީގެ ގޮތުން ގޮތުން ދިމާވެފައިވާ މައްސަލަތައް މިއަށްވުރެ ގިނަވެފައި ނާޒުކެވެ.

ހަމަޔަޤީނުންވެސް ކަމާބެހޭ ފަރާތުން ކުޑަނަމަވެސް ބާރެއް އަޅާލައިފިނަމަ ރަށުގެ ގޮޑުދޮށްތަކުން ފެންނަމުން މިދާ ނެޕީ ތަކާއި ބާފޮތިތަކާއި ، މަސްދަޅުތަކާއި ޓޮމާޓޯ ދަނޅުތަކުން އަޅުގަނޑުމެންގެ މިރީތި ގޮޑުދޮށްތައް ސަލާމަތް ކުރެވޭނެއެވެ.

ލިޔުނީ: މިހާސް

މިހާސްއަކީ ކޮންމެ ދާއިރާއަކުންވެސް ހަބަރުތަކާއި، ރިޕޯޓްތައް އަދި އެހެނިހެން ވެސް ލިޔުންތައް ލިޔުމަށް ކުޅަދާނަ ނޫސްވެރިއެކެވެ. ހާއްޞަ ދާއިރާއަކީ އިޖްތިމާއީ މައްސަލަތަކާއި، އަދި ނ.އަތޮޅުގެ ފުޓްބޯޅަ އާއި ގުޅުންހުރި ރިޕޯޓްތައް ލިޔުމެވެ.

މިލިޔުންވެސް ކިޔާލާ

ތިމާވެށީގެދުވަސް – ރަށުފެންވަރުގައިވެސް ފާހަގަކުރުން މުހިއްމުދުވަހެއް

ރާއްޖޭގެ ހުރިހާ ހިސާބެއްގައިވެސް އެންމެފުރިހަމައަށް އެންމެބަރާބަރަށް ފާހަގަކުރަމުން ގެންދާއެއްދުވަހަކީ ދުނިޔޭގެ ތިމާވެށީގެ ދުވަސްކަން ޔަޤީނެވެ. މިދުވަސް ފާހަގަކުރުމުގެ ގޮތުން މީގެކުރިން …

ޚިޔާލެއްދެއްވާ

avatar
މޯޑް
މޯޑް

ކަލޯ ގެވަޅު މަސްލަހަތު ހިމެނޭ އެއްވެސް ކައުންސިލަރަު ގެވަޅު މައްސަލައިގައި ވޯޓެއް ނުދޭ، ކަލޯމެންނަށް ތިފެންނަނީ އެއްފަޅި ބަލާ މަހަ،މޫދުމެންގޭ ރަޖިސްޓްރީގައި އިންނަނީ 50 އެކަމަކު މިހާރު ސުކޫލާ ދޭތެރޭގައި އޮތް ގޯޅި ހިފައިގެން 70 ފޫޓަށް ވުރެ ބޮޑު، އަދި ކޮބާ މަޖޫ އޯކިޑްމާގެޔަށް ދިން 15 ފޫޓް. ވާހަަަކަދެއްކިދާނެ.

ކައުންސިލަރުން
ކައުންސިލަރުން

ދެލޯމަރައިގެން އުޅޭ ************ ނުފެންނާނެ ރައްޔިތުންނަށް ފައިދާވާ ކަންތައްތައް ކުރާތަނެއް، ދެލޮލަށް މިރުސްފެން އެޅިފައިތިބޭ އެއްޗިހިންނަކަށްވެސް ނުފެންނާނެ.. ހެހ ހެ ހެ ހެ ހެ ެ ހެ ެހ ެ….

މުހައްމާ
މުހައްމާ

ލަންދޫކައުންސިލަރުން އެމީހުންނަށް އަމިއްލަ ފައިދާއެއްނެތް އެއްވެސްކަމެއް ނުކުރާނެ، ވިސްނާލަބަލަ އެބައިމީހުންގެ ގެވަޅުތައް ބޮޑުކުރި ގޮތް، އަމިއްލަ މަސްލަހަތު ހިމެނޭކަމެއް އަމިއްލައަށް ނިންމާލައިގެން އެތިބީ ، އަޅާލާނެ އެކަކުވެސް ނެތް .

wpDiscuz