ތިބާގެ ޢުމުރު ބުނެދެންހެއްޔެވެ.؟

ވަރަށް ކުޑަކުޑަ މަސައްކަތެއް ކޮށްލަނިކޮށް ތިބާގެ ޢުމުރު ބުނެދީފާނަމެވެ. މަސައްކަތް ކުރުމުގެ ކުރިން މިލިޔުމުގެ ތިރީބައި ނުކިއުއްވުން އެދެމެވެ. ވަރަށް ކުޑައިރު ކޮޅެއްގެ ތެރޭގައި މިމަސައްކަތް ކޮށްލެވިދާނެއެވެ. މިއީ ވަރަށް ޝައުޤުވެރި މަސައްކަތެކެވެ. މިއީ ބޭކާރުކޮށްލެވޭ ވަގުތުކޮޅެއްކަމުގައި ނުވިސްނާށެވެ.

 1 އާއި 10 އާއި ދޭތެރޭން ނަމްބަރެއް ޚިޔާރު ކުރާށެވެ. ދެން އެނަމްބަރު 2 އާއި ގުނަކޮށްލާށެވެ. އަދި މި 2 ބޯލްޑް ކޮށްލާށެވެ. ދެން 5 އެއްކުރާށެވެ. ދެން އައި ޖަވާބު 50 އާއި، ގުނަކުރާށެވެ. ކަލްކިޔުލޭޓަރ އެއް ބޭނުންކުރިއްޔާ ފަސޭހަވާނެއެވެ. އަވަހަށް ކަލްކިޔުލޭޓަރެއްހޯދާށެވެ. ތިބާގެ އުފަންދުވަސް މިހާރު މިއަހަރުން ފާއިތުވެ ހިގައްޖެކަމުގައިވާނަމަ އޭގެތެރެއަށް 1760 އެއްކުރާށެވެ. ފާއިތުވެ ނުދާކަމުގައިވާނަމަ 1759 އެއްކުރާށެވެ. ދެން އޭގެތެރެއިން ތިބާ އުފަންވި އަހަރު ކަނޑާލާށެވެ. އެއީ ހަތަރު ޢަދަދުގެ ނަމްބަރެއްދޯއެވެ. މިހާރު ޖަވާބަކަށް ވާންވާނީ ތިން ޢަދަދުގެ ނަމްބަރެކެވެ. މިތަނުން ވާތްފަރާތުން ފުރަތަމަ ޢަދަދަކީ ތިބާގެ އަސްލު ޢަދަދެވެ. އެއީ ހަފްތާއެއްމައްޗަށް ތިބާއަށް ޗޮކްލެޓް ކެވޭމިންވަރުކަމަށްވެސް ވެދާނެއެވެ. ނުވަތަ އެހެން ކޮންމެވެސް ޢަދަދަކަށްވެސް ވެދާނެއެވެ.  ހަމަ ޔަޤީނުންވެސް ދެން އިން ދެ ޢަދަދަކީ ތިބާގެ ޢުމުރެވެ. ދޮގެއްތޯއެވެ.

މިއީ 2012 ވަނައަހަރު ކަމުގައި ވީނަމަވެސް މީގެ އެތައް އަހަރެއްގެ ފަހުންވެސް މި ފޮމިއުލާ ބޭނުންކުރެވިދާނެއެވެ. މަސައްކަތްކޮށްލައްވާށެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

ޓީމު ލަންދޫގެ ހެޑް ކޯޗް އަހުމަދު އިރުފާން ލަންދޫ އަށް ވަޑައިގަންފި

ޓީމު ލަންދޫގެ ހެޑް ކޯޗް އަލްފާޟިލް އަހުމަދު އިރުފާން މިއަދު ލަންދޫ އަށް ވަޑައިގަންފިއެވެ. ކޯޗް އިރުފާނަށް ލަންދޫއިން ވަނީ …

ޚިޔާލެއްދެއްވާ

avatar
ހެހެކެކެ
ހެހެކެކެ

I want my lost five mins back

ބިސް މަޅިބެ
ބިސް މަޅިބެ

މީތި ވވވވ ކަޑަ………. ހަމައުފަން ވި ަހަރުއެނގުނީމަ އެނިމުނީނުން

ވަލީ
ވަލީ

މުޅިން ނުބައި އަޅުގަނޑުގެ އުމުރު ދިމާ ނުވޭ ނަމަވެސް ހިތުލީ ނަމްބަރު ރަގަޅު

wpDiscuz