ތަޢުލީމީ ދާއިރާގެ އިސްބޭފުޅުންގެ ޢަމަލުތައް ބަހައްޓަވާގޮތް ވަރަށް ގާތުން ބައްލަވަމުން ގެންދަވާނަން – ރައީސް ވަހީދު

ތަޢުލީމީ ދާއިރާގެ އިސްބޭފުޅުންގެ ޢަމަލުތައް ބަހައްޓަވާގޮތް ވަރަށް ގާތުން ބައްލަވަމުން ގެންދަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހަންމަދު ވަހީދު ވިދާޅުވެއްޖެއެވެ.

ށ.އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އިއްޔެ ހެނދުނު ނަރުދުއަށް ވަޑައިގެން ނަރުދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ސްކޫލްތަކުގެ ޕްރިންސިޕަލުންނާއި، ސުޕަވައިޒަރުންނާއި، ޓީޗަރުންވެސް ސިޔާސީ ކަންކަމުގެ ތެރެއަށް ވެދެވަޑައިނުގަތުމަށް އިލްތިމާސްކުރައްވާ ކަމަށެވެ. އަދި އެކަންކަން ވަރަށް ކައިރިން އެމަނިކުފާނު ބައްލަވަމުން ގެންދަވާނެކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި، ސްކޫލްތަކުގެ ޕްރިންސިޕަލުންނާއި، ސުޕަވައިޒަރުންނާއި، ޓީޗަރުންނާއި އަދި ކިޔަވާ ކުދިންވެސް، ސިޔާސީ ކަންކަމުގެ ތެރެއަށް ވަނުމަކީ، އެއްގޮތަކަށްވެސް ވެގެންވާނެ ގޮތެއް ނޫނެވެ. އަދި ސްކޫލްތަކުގެ ވެރިންވެސް މަސައްކަތް ކުރައްވަންޖެހޭނީ، ކުދިންގެ މެދުގައި އިސްލާމްދީނަށް އޮތް ލޯތްބާއި، ޤައުމީ ލޯބި އިތުރުކުރުމަށް ކަމަށާއި، ހަމައެހެންމެ، އެކުވެރިކަމާއި އެއްބައިވަންތަކަން ބަދަހިކުރެއްވުމަށްޓަކައި ކަމުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އަޅުގަނޑުމެންގެ ޅަދަރިން ބޮޑެތިވަމުން އަންނައިރު، އެކުދިންނަށް ނޭދެވޭ ކަންކަން ފެނުމަކީ، ވަރަށްދެރަ ކަމެއް ކަމަށާއި، ތަޢުލީމު ޙާޞިލު ކުރަމުންދާ ސްކޫލްގެ ތެރެއިންވެސް މިފަދަ ކަންކަން އެކުދިންނަށް ފެނިގެން ނުވާނެ ކަމުގައި ވިދާޅުވިއެވެ. ނަރުދޫ ރައްޔިތުންނާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި، ކޮންމެ ތަނެއްގައިވެސް އަމަންއަމާންކަމާއި ޞުލްޙަމަސްލަޙަތު ޤާއިމުވެފައި އޮތުމުގެ މުހިންމު ކަމުގެ މައްޗަށް ބައްލަވާލެއްވިއެވެ. އަދި ސިޔާސީ ސަބަބުތަކާހުރެ، އެއްވެސްކަހަލަ ހަމަނުޖެހުމެއް އުފެދިގެން ނުވާނެ ކަމަށާއި، އަޅުގަނޑުމެން އެންމެންވެސް މަސައްކަތް ކުރަމުންދާންވާނީ، އެއް ރޫޙެއްގައި ކަމުގައި ވިދާޅުވިއެވެ.

ރައީސް ޑރ.މުހަންމަދު ވަހީދު މިއަދު ނަރުދުއަށް ވަޑައިގެންނެވިއިރު އެމަނިކުފާނާ ދެކޮޅަށް ވެސް ބަޔަކު މީހުން އަޑުއުފުލި ކަމަށް އެރަށުން ޚަބަރުލިބިފައިވެއެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ޓްރޭނިންގ ޕްރޮގްރާމެއް 3 އަތޮޅެއްގެ ބައިވެރިންނަށް ހިންގައިފި

3 އަތޮޅެއްގެ ޞިއްޙީ އަދި އިޖުތިމާޢީ ޚިދުމަތްތެރިންނަށް އަމާޒުކޮށްގެން މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީން “ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ޓްރޭނިންގ …

ޚިޔާލެއްދެއްވާ

avatar
ދޮންބެ
ދޮންބެ

ލަންދޫސްކޫލްގެ ކަންތައް ތައް ބޮޑަށް އިނގޭނީ ލަންދޫސްކޫލްގައި ކިޔަވައިދޭށޭ ކިޔައިގެން ތިޔައުޅޭ ޓީޗަރުންނަށް . މަގޭ ބުނެލަން ބޭނުންވާ އެއްޗަކީ އިސްވެރިއަކަސް މަސައްކަތު މީހަކަސް ސިޔާސީ ވަންޏާ ގެއަށް ކަނޑާލާށޭ. ޤާބިލް މީހުން މިހާރު އެބަތިއްބޭ.

wpDiscuz