ތަކެތީގެ އަގުތައް ސުމާރެއްނެތްހާ މައްޗަށް!

ބަރަކާތްތެރި ރަމަޟާން މަހާއި ދިމާކޮށް ބާޒާރުގައި ތަކެތީގެ އަގުތައް އުފުލިގެން ދިއުމަކީ މިރާއްޖޭގައި އާކަމެއްނޫނެވެ. މިގޮތުން މިއަހަރުވެސް ކަންހުރީއެހެންއަހަރުތަކަށްވުރެ އެއްފޮނު ކުރީގައެވެ. މިހިނގާ ޖުލައިމަސް ފެށުނީއްސުރެ ބާޒާރުގައި ކެރެޓްކިލޯއެއްގެ އަގުހުރީ އައްޑިހަ ރުފިޔާއަށްވުރެ މަތީގައެވެ. ވިޔަފާރިވެރިން ބުނާގޮތުގައި އަދި ރޯދަމަހާއި ކައިރިވީވަރަކަށް މިއްށްވުރެވެސް މައްޗަށްދާނޭކަމަށް ލަފާކުރެވެއެވެ.

              އެހެނިހެންތަކެތީގެ އަގުތަކަށް ބަލައިލިއަސް ހުސްވިއަހަރުގެ ރޯދަމަހާއި އަޅާ ބަލާއިރު ވަރަށްބޮޑުތަން މައްޗަށްގޮސްފައިވާކަމަށް ފާހަގަކުރެވެއެވެ. ވުމާއެކު އިޤުތިޞާދުކުރުމުގައި މެދުމިންވަރެއް އިޚުތިޔާރުކުރުމަކީ ވަރަށްބުއްދިވެރިގޮތެއްކަމުގައި އިޤުތިޞާދީ މާހިރުން ލަފާދެއެވެ. މިދުވަސްވަރާއި ދިމާކޮށް ވަރަށްކާމިޔާބުކަމާއެކު ނައިޓްމާކެޓްވެސް މާލޭގެ ރާޅުގަނޑު ސަރަޙައްދުގައި ކުރިޔަށް އެބަދެއެވެ. ވިޔަފާރިވެރިންގެއިތުރުން ޢާއްމުންގެ ވަރަށްބޮޑުތަރުޙީބެއް މިފަހަރުވެސް ލިބެމުންދާކަމަށް ނައިޓްމާކެޓް އިންތިޒާމްކުރައްވާ ފަރާތުން މަޢުލޫމާތު ދެއްވައެވެ.

ލިޔުނީ: ޢަބުދުލް ޙަމީދު ޢަބުދުއްރަޙްމާން ( އެޑިޓަރ )

ޢަބުދުލް ޙަމީދަކީ ލިޔުންތެރިކަމުގެ ފަންނުގައި ކޮންމެ ރޮނގަކުންވެސް ލިޔެވިދާނެ ކުޅަދާނެ މައުލޫމާތު ގެ ޚަޒާނާއެކެވެ. ބިޒީ ޝެޑިއުލްގެ ތެރެއިންވެސް ހެޔޮބަސް ބުނުމާއި ހެޔޮކަންކަމަށް ގޮވާލައި ، އޮއްޓަރު ހުރި ޢިލްމީ ދިރާސާތައް ފެންނަމުންދާކަމީ މިކަމަށް ދެއްވާ ޝަޢުޤުވެރިކަން ދޭހަކޮށްދޭ އަލިގަދަ ހެއްކެކެވެ. .

މިލިޔުންވެސް ކިޔާލާ

ތަކެތި އަގުބޮޑު ކުރާނަމަ ފިޔަވަޅު އަޅާނަން – އިކޮނޮމިކް މިނިސްޓްރީ

މިރޯދަމަހު މަޤްބޫލު އުޒުރެއްނެތި ތަކެތީގެ އަގު ބޮޑުކުރާ ފަރާތްތަކާއިމެދު ފިޔަވަޅު އަޅުއްވާނޭކަމަށް އިކޮނޮމިކް މިނިސްޓްރީން ހާމަކުރައްވައިފިއެވެ. އިކޮނޮމިކް މިނިސްޓްރީގައި ބޭއްވި …

ޚިޔާލެއްދެއްވާ

avatar
ހަސަނު
ހަސަނު

އަގުތައް މަތިވަނީ ރޯދަމަހަށް އާންމު ރައީތުން ގަނޑުކޮށް ތަކެތި ގަންނާތީއެވެ.ފިއާ ،އަލުވި ،ބިސް ފަދަ ތަކެތި ރާއްޖޭގެ ގިނަބަޔަކު ގަނޑުކޮށް ގަތުމަކީ ވިއަފާރިވެރިންގެ ހިތުން މިތަކެތި ހަލާކުވާނެ ކަމުގެ ބިރު ފިލާ ތަކެތި އަގުބޮޑު ކުރަން ލިބޭ ރަނުގެ ފުރުސަތެކެވެ. އެހެން މަސްމަހު އާންމުމީހުން ތަކެތި ގަނޑުކޮށް ނުގަންނާތީ ވިއަފާރިވެރިން ކުޑަފައިދާއެއްލައި ހަލާކުވުމުގެ ކުރިން ވިއްކާލަން އަވަސްވެގަނެއެވެ.

ފަގީރުކޮއި
ފަގީރުކޮއި

އަގުތައް މަތިވުމަކީ ވަރަށް ދެރަ ހިތާމަހުރިކަމެއް. ހަމަ އެކަނި ރޯދަމަހަށްޓަކައިވެސް ވިޔަފާރިވެރިން މިކަމާ ވިސްނާލައްވާ.

wpDiscuz