ދެވަނަ ސެމިސްޓާރގެ ކިޔެވުން ފެށިއްޖެ

މިއަހަރުގެ ރާއްޖޭގެ ސްކޫލްތަކުގެ ދިރާސީއަހަރު ކިޔެވުމުގެ ދެވަނަ ސެމިސްޓާރގެ ކިޔެވުން މިއަދު ފެށިއްޖެއެވެ. މިއަދު ކިޔެވުން މިފެށުނީ ފުރަތަމަ ސެމިސްޓާރގެ އިމްތިހާނަށްފަހު 31 މެއި އިން ފެށިގެން 9 ޖޫން އާއި ހަމައަށް ލިބުނު ކުރު ޗުއްޓީއަކަށް ފަހުގައެވެ.

މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ނެރުއްވާފައިވާ މިއަހަރުގެ އެކަޑަމިކް ކަލަންޑަރުގައިވާ ގޮތުން މި ފެށުނު ދެވަނަ ސެމިސްޓާރގެ މިޑްޓާރމް ހޮލިޑޭ ލިބިގެންދާނީ އޯގަސްޓް މަހުގެ 12 އިން 16 އަށެވެ. އަދި ދެވަނަ ސެމިސްޓާރގެ ޓެސްޓްފެށޭނީ 30 އޮކްޓޯބަރ ގައެވެ. ޓެސްޓްނިމި ރިޕޯރޓްފޮތްތައް ދޫކޮށް ސްކޫލްތަކުގެ ބޮޑުޗުއްޓީ ފެށޭނީ ނޮވެމްބަރ މަހުގެ 25 އެވެ.

މީގެ އިތުރުން ރާއްޖޭގައި އެންމެ ގިނަކުދިން ހަދަމުން ގެންދާ އައިޖީސީއެސްއީ ، ޖީސީއީ އޯލެވެލް އަދި އެސްއެސްސީ އިމްތިޙާން މިއަހަރު ފެށުމަށް ހަމަޖެހިފައިވަނީ އޮކްޓޯބަރ މަހުގެ 6 އެވެ.

މަޢުލޫމާތު ލިބިފައިވާ މިސެމިސްޓާރގެ ތެރެއަށް ބަރަކާތްތެރި ރަަމަޟާން މަހާއި ގިނަ އަދަދެއްގެ ބަންދުދުވަސްތައް ވަދެގެންދާތީވެ މި ސެމިސްޓާރގައި ކިޔަވަން ލިބޭދުވަސްކޮޅާއި ވަގުތު ކޮޅަކީ ނިމިދިޔަ ސެމިސްޓާރ އާއި އަޅާބަލާއިރު ވަރަށް ކުޑަ ވަގުތުކޮޅެކެވެ.

ލިޔުނީ: މިހާސް

މިހާސްއަކީ ކޮންމެ ދާއިރާއަކުންވެސް ހަބަރުތަކާއި، ރިޕޯޓްތައް އަދި އެހެނިހެން ވެސް ލިޔުންތައް ލިޔުމަށް ކުޅަދާނަ ނޫސްވެރިއެކެވެ. ހާއްޞަ ދާއިރާއަކީ އިޖްތިމާއީ މައްސަލަތަކާއި، އަދި ނ.އަތޮޅުގެ ފުޓްބޯޅަ އާއި ގުޅުންހުރި ރިޕޯޓްތައް ލިޔުމެވެ.

ޚިޔާލެއްދެއްވާ

avatar
wpDiscuz