ދީނީ ރޫހް ރަނގަޅުވަމުން ދާއިރު އަނެއްބަޔަކު ………

މިފަހަރުގެ ބަރަކާތްތެރި ރަމަޟާން މަހަށްޓަކައި  ރަށްރަށުގެ ރައްޔިތުން ވަމުންދާ ތައްޔާރީތައް މިވަނީ އެތައްތަނަކުން އިތުރުވެފައެވެ. ގޭގޭ ގޯތިތެރެއަށް ކަށިވެލި ލުމާއި ، ބަދިގޭގައި ގެންގުޅެ އާލާތް އައުކުރުމުގެ އިތުރުން ބައެއްގޭގޭގެ ފަރުނީޗަރުތައްވެސް ވަނީ މުޅިން އައުކޮށްފައެވެ. ހަމަ މިއާއި އެކު ބައެއް ރަށްރަށުގެ ރައްޔިތުން ނިކުމެ، ރޯދަކުރުކުރުމުގެ މަޤްޞަދުގައި ބައެއްކަހަލަ ފިނިމައިޒާންތައްވެސް ވަނީ ހަދާފައެވެ.

ރަށްރަށުގައިވާ ވިޔަފާރިކުރާ ތަންތަނަށް ބަލާއިރު ގިނަތަންތައްވަނީ ރޯދައަށްބޭނުންވާނޭ މައިގަނޑު ބާވަތްތައް ކުރިއާލައި ގަނޑުކޮށް ޖަމާކޮށްފައެވެ. ކުރީ އަހަރުތަކާއި ޚިލާފަށް މިއަހަރުގެ ރޯދައަށޭ ކިޔާފައި ތަކެތީގެ އަގުތަކަށް މާބޮޑު ބަދަލެއް ނާންނަކަމީ  އާއްމުރައްޔިތު މީހާއަށް ލިބޭ ބޮޑުހިތްހަމަޖެހުމެކެވެ.

ރަމަޟާންމަހަކީ އަޅުކަމުގެ މައްސަރަށްވާއިރު މިއަހަރުގެ ބަރަކާތްތެރި ރަމަޟާންމަހާއި ދިމާކޮށް ރާއްޖޭގެ ގިނަމިސްކިތްތަކެއް ދަނީ މަރާމާތު ކުރެވި ކުލައާއި ދަވާދުލައި ފިސާރި ރަނގަޅަށް ރަމަޟާންމަހަށް ޒީނަތްތެރި ކުރެވެމުންނެވެ. ޖާގައިގެ ދަތިކަން އިޙްސާސްކުރަން ޖެހިފައިވާ މިސްކިތްތަކަށް ޖާގައިތުރުކޮށް ރަމަޟާން މަހަށް ބޭނުންވާ ވަސީލަތްތައް ޤާއިމްކުރުމުގެ މަސައްކަތް މިއަހަރު އަންނަނީ އެހެން އަހަރުތަކަށްވުރެ މާފުރިހަމައަށް ކުރަމުންނެވެ.

ރަޙްމަތުން ފުރިގެން އަންނަ ބަރަކާތްތެރި ރަމަޟާން މަސް ބޯމަތީގައި އޮތްއިރު އަޅުގަނޑަށް މިފަހަރު ލިބޭ އެންމެބޮޑު އެއް ހިތްހަމަ ޖެހުމަކީ ކުރީ އަހަރުތަކާއި ޚިލާފަށް އަޅުގަނޑު ދިރިއުޅެމުން މިގެންދާ މުޖުތަމަޢުގެ ގިނަ އަފްރާދުން ރޫޙާނީ ގޮތުން މިމަހަށް ތައްޔާރު ވަމުން އަންނާތީއެވެ. މާޝާﷲ މިފަހަރުގެ ރަމަޟާންމަހަށް ތައްޔާރު ވުމުގެ ގޮތުން ޝައުބާންމަހުގެ ސުންނަތް ރޯދަ ނުހިފާ އެތައް ކުދިންނަކާއި މީހުންނެތް މި ފަހަރުގެ ޝައުބާން މަހުގެ ސުންނަތް ރޯދަ ހިފާފައިވާކަން މި ފާހަގަ ކުރަނީ ހިތްހަމަ ޖެހުމާއި އުލާއި އެކުގައެވެ.

ހަމަ މިއާއިއެކު ރަމަޟާންމަހަށް އަމާޒްކޮށް ރަމަޟާންމަހަށް ޙާއްސަކޮށް މިސްކިތުގެ ޖާގަ ބޮޑުކުރުމުގެ މަޝްރޫޢެއް ފަށާ އެ މަސައްކަތް ނިމެމުން އަންނަކަމީ މިފަހަރުގެ ރަމަޟާންމަސް ހާއްޞަވެގެން ދާނެ ކަމެއްކަން ޔަޤީނެވެ.

މިހުރިހާ ކަމެއް މިހެން ހުރިނަމަވެސް ހިތާމައަކީ ޒުވާނުން ކޮޅެއް ހަމަމަގުން ކައްސާލައި އަޅުކަމުގެ މަސްކަމުގައިވާ ރަމަޟަންމަހާއި ނުގުޅޭ ފަދަ ކަންތައްތަކެއް ތަޢާރަފް ކުރަމުންދާކަމެވެ. ފާޑެއްގެ ޖަގަހަ ގަޑެއްހަދާ ނަމާދުވަގުތެއް އެހެން ވަގުތެއް ނުބަލާ އެތަނުގެ ތެރޭގައި ކެރަމްކުޅުން ފަދަ ހަރަކާތްތައް ހިންގަމުން ދާކަމެވެ. މިކަމުގެ ސަބަބުން މުޖުތަމައުގައި އުފެދުނު ދީނީ ރޫހް މިހާރުވެސް ކޮންމެވެސް ވަރަކަށް ހީނަރުވެގެން ގޮސްފައިވާކަން ހިތާމައާއި އެކު ފާހަގަކޮށްލަން ޖެހެއެވެ.

މިހެންކަމާއިއެކު މިފަދަ ޖަގަހަތަކާއި ހަރަކާތްތައް ހިންގާމީހުންނާއި ، މިފަދަ ކަންތައްތައް ކުރުމަށް ހުއްދަދޭ ފަރާތްތަކުން ބޯވަތިވަމުން އަންނަނީ ރަޙްމަތާއި ، ދިންނެވުމާއި ފާފަފުއްސެވުމުގެ މާތް މަތިވެރި މަހެއްކަން ހަދުމަ ކުރެއްވުމަކީ  ބަރަކާތްތެރި ރަމަޟާން މަހުގެ ބަރަކާތާއި ސަވާބު އޭގެ އެންމެ ފުރިހަމަ ގޮތުގައި އަޅުގަނޑުމެންނަށް ލިބުމަށް މަގުފަހި ވެގެންދާނެ ކަމެއްކަން ކަށަވަރެވެ.

ލިޔުނީ: މިހާސް

މިހާސްއަކީ ކޮންމެ ދާއިރާއަކުންވެސް ހަބަރުތަކާއި، ރިޕޯޓްތައް އަދި އެހެނިހެން ވެސް ލިޔުންތައް ލިޔުމަށް ކުޅަދާނަ ނޫސްވެރިއެކެވެ. ހާއްޞަ ދާއިރާއަކީ އިޖްތިމާއީ މައްސަލަތަކާއި، އަދި ނ.އަތޮޅުގެ ފުޓްބޯޅަ އާއި ގުޅުންހުރި ރިޕޯޓްތައް ލިޔުމެވެ.

ޚިޔާލެއްދެއްވާ

avatar
ޢަލީ ޒިޔާދު
ޢަލީ ޒިޔާދު

ވަރަށްވެސް ތެދުވާހަކައެއް، މާޝާ ﷲ ، ސްކޫލުގައިވެސް ތަޢުލީމް ޙާޞިލްކުރަމުންދާ ކުދިންވެސް ޝައުބާންމަހުގެ ރޯދަތައް ހިފި، އެކުދިން ވަރަށް ކެއްތެރި މާޝާ ﷲ، ވަރަށް ހިތްވަރު ގަދަ، ވަރަށް އުފާވޭ،،،،، ޔާ ﷲ އަޅަމެން ނަރަކައިގެ ޢަޛާބުން ދިންނަވާށި. އާމީން

މީމް
މީމް

ރަނގަޅުވާހަކެއް ، މިފަހަރުވެސް ތިޔަކަންތައް ގަޑުފަށައިގެން ތިޔައުޅެނީ މުޅި ރަށުތެރެއަށް ކުދިންތައް ދޫކޮށްލައިގެން އުޅޭ ބައްޕައެއް ، ރަށުގެ މައިމަގުގައި އެންމެންނަށް ފެންނަ ތަނުގައި އެކަންތައް ނުކޮށް ތިމާމެންގެ އަމިއްލަ ގޭގައި އެކަންތައްތައް ކުރާނަމަދޯ ! ބަރަކާތްތެރި ރޯދަމަހަށް މިތަނުގައި ކުޅިވަރު ކުޅުން ހުއްޓުވައިދިނުމަށް ކައުންސިލް ކިބައިން އަހަރެން އެދެން.

wpDiscuz