ދިވެހިން ތިބީ ދެބަދޭތެރޭގައިހެއްޔެވެ؟

ދިވެހިބަހުގެ ރަދީފުގައިވާ ގޮތުން އެއީ ރަނގަޅަށް ނުނިދި، ރަނގަޅަށް ހޭނުލެވި އޮންނަ ވަގުތެވެ. ދެން މަޢުޟޫޢާއިގެން ކުރިއަށްދާނަމެވެ. އަޅުގަނޑުމެން މުސްލިމުންނަށްވީ މާތްﷲ އަށް އީމާންވާތީއެވެ. އަދި މާތްﷲއަށް އީމާންވެވޭނީ ކީރިތިޤުރުއާނަށް އީމާންވެގެންނެވެ. ސަބަބަކީ އެއީ އެކަލާންގެ ކަލާމްފުޅުކަމަށްވާތީއެވެ. ވަޙީގެ ބަސްފުޅުކަމަށްވާތީއެވެ. އަމުރުފުޅުކަމަށްވާތީއެވެ.

               ތެދެކެވެ. އެޤުރުއާނުގައި ރޯދަފަރުޟުކުރެއްވިކަން އަންގަވާވައި އޮތުމުން އެކަމަށް އަޅުގަނޑުމެން އިޖާބަދެމެވެ. ކުޅަދާނަވެގެންވާ މީހާ ޙައްޖުގެ އަޅުކަން އަދާކުރުމަށް އަންގަވާފައިވުމުން އެކަންވެސް އަޅުގަނޑުމެން ކުރަމުއެވެ. މުދަލުން ޒަކާތް ނެގުމަށް އަންގަވާފައިވާތީ އެކަންވެސް އަޅުގަނޑުމެން ކުރަމުއެވެ. ނަމަވެސް ވައްކަންކުރާމީހާގެ އަތްކެނޑުމަށް އަންވަގާފައިވުމުން އެކަމެއް ހަޖަމެއް ނުކުރެވުނެވެ. އަދި ޙައްޤަކާނުލައި ނަފްސެއް ޤަތުލުކޮށްލުމުން އެކަމަށް އޮންމަ ޢުޤޫބާތް ދޭންވެސް ފަސްޖެހިއްޖެއެވެ.

           ދަންނަވަންތޯއެވެ. މިކަންނުކުރާހާހިނދަކު ނަޖާވުމެއްނެތެވެ. އަމާންކަމާއެކު ދިރިއުޅެވޭކަށްނެތެވެ. ކީރިތި ޤުރުއާނުގެ އެއްބަޔަށް އީމާންވެ އަނެއްބަޔަށް އީމާންނުވާބަޔަކުކަމުގައި މާތްﷲ އަމެން ނުލައްވާށި! މާތްﷲ ވަޙީކުރައްވާފައިވެއެވެ. يَا أَيُّهَا الَّذِينَ آمَنُواْ كُتِبَ عَلَيْكُمُ الْقِصَاصُ فِي الْقَتْلَى (އަލްބަޤަރާ 178) މާނައަކީ “އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ޤަތުލުކުރެވޭ މީހުންނާމެދު ޤިޞާސްހިފުން ތިޔަބައިމީހުންގެ މައްޗަށް ފަރުޟުކުރައްވައިފިއެވެ. މިއާޔަތާއި ވިދިގެން ދެންއަންގަވާފައިވަނީ وَلَكُمْ فِي الْقِصَاصِ حَيَاةٌ يَاْ أُولِيْ الأَلْبَابِ لَعَلَّكُمْ تَتَّقُونَ (އަލްބަޤަރާ 179) މާނައަކީ “އަދި ޤިޞާސް ހިފުމުގައި ތިޔަބައިމީހުންނަށް (ވަރަށްބޮޑު) ދިރުމެއްވެއެވެ. އޭ ބުއްދީގެ އަހުލުވެރިންނޭވެ! (އެއީ) ތިޔަބައިމީހުން ތަޤްވާވެރިވުމަށްޓަކައެވެ.” ވުމާއެކު އަޅުގަނޑުމެން ދެބަދޭތެރޭ ނުތިބެ، ރަނގަޅަށް ދެލޯހުޅުވާލުމަށްފަހު ފަލާޙާއި ކާމިޔާބިގެ މަގަށް ދަތުރުފަށަމާތޯއެވެ؟

ލިޔުނީ: ޢަބުދުލް ޙަމީދު ޢަބުދުއްރަޙްމާން ( އެޑިޓަރ )

ޢަބުދުލް ޙަމީދަކީ ލިޔުންތެރިކަމުގެ ފަންނުގައި ކޮންމެ ރޮނގަކުންވެސް ލިޔެވިދާނެ ކުޅަދާނެ މައުލޫމާތު ގެ ޚަޒާނާއެކެވެ. ބިޒީ ޝެޑިއުލްގެ ތެރެއިންވެސް ހެޔޮބަސް ބުނުމާއި ހެޔޮކަންކަމަށް ގޮވާލައި ، އޮއްޓަރު ހުރި ޢިލްމީ ދިރާސާތައް ފެންނަމުންދާކަމީ މިކަމަށް ދެއްވާ ޝަޢުޤުވެރިކަން ދޭހަކޮށްދޭ އަލިގަދަ ހެއްކެކެވެ. .

މިލިޔުންވެސް ކިޔާލާ

ޓީމު ލަންދޫގެ ހެޑް ކޯޗް އަހުމަދު އިރުފާން ލަންދޫ އަށް ވަޑައިގަންފި

ޓީމު ލަންދޫގެ ހެޑް ކޯޗް އަލްފާޟިލް އަހުމަދު އިރުފާން މިއަދު ލަންދޫ އަށް ވަޑައިގަންފިއެވެ. ކޯޗް އިރުފާނަށް ލަންދޫއިން ވަނީ …

ޚިޔާލެއްދެއްވާ

avatar
ހުޒާމް
ހުޒާމް

މިޤައުމުގައި މަރުގެ އަދަބު ތަންފީޒު ކުރެވޭ ފުރަތަމަ ސަރުކާރަށް ވަހީދުގެ ސަރުކާރު ވާނެކަމަށް އުންމީދުކުރަން.

wpDiscuz