ދަމުނަމާދުގައި ވަނީ ކިތައް ރަކުއަތްތަ؟

ޖަވާބު:

 الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد:

 ދަމުނަމާދު ކުރާނީ ދެރަކުޢަތުން ދެރަކުޢަތުން ނުވަތަ ހަތަރު ރަކުޢަތުން ހަތަރު ރަކުޢަތުން ސަލާންދެމުންނެވެ. ابْنِ عُمَرَ رضي الله عنه ގެ އަރިހުން ރިވާވެގެން ވެއެވެ. މީހަކު رسول الله صلى الله عليه وسلم  ގެ އަރިހުގައި ރޭ އަޅުކަން ކުރާނީ ކިހިނެއްތޯ ދެންނެވުމުން ހަދީޘް ކުރެއްވިއެވެ. (( صَلَاةُ اللَّيْلِ مَثْنَى مَثْنَى فَإِذَا خَشِيَ أَحَدُكُمْ الصُّبْحَ صَلَّى رَكْعَةً وَاحِدَةً تُوتِرُ لَهُ مَا قَدْ صَلَّى)) [البخاري ومسلم] މާނައަކީ: ” ރޭއަޅުކަން ވަނީ ދެރަކުޢަތުން ދެރަކުޢަތުން ނެވެ. (ދެރަކުޢަތް ކޮށްފައި ސަލާންދީފައި އަނެއްކާ ދެރަކުޢަތެވެ.) އަދި ފަތިސްވެދާނެ ކަމުގެ ބިރު ހީވެއްޖެ ނަމަ އިސްވެ ދިޔަ ރަކުއަތްތަކަށް ވިތުރީގެ އެއް ރަކުޢަތް ކުރާށެވެ!” ދަމުނަމާދުގެ އެއްމެ ގިނަ މިންވަރަކީ އަށް ރަކުޢަތެވެ. ވިތުރިއާއި އެކުގައި އެގާރައެވެ. އަށް ރަކުޢަތް ހަމަވުމުން ތިން ރަކުޢަތުން ވިތުރި ކުރުމުން ނިމުނީއެވެ. ނުވަތަ ދިހަ ރަކުޢަތް ކޮށް އެއް ރަކުޢަތުން ވިތުރި ކުރާނީއެވެ. މަދު މިނަކީ ދެ ރަކުޢަތެވެ. ވިތުރީގެ އެއް ރަކުޢަތެވެ. البخاري އެބޭފުޅާގެ صحيح  (4 / 319) ގައި ރިވާކުރެއްވިއެވެ. عائشة رضي الله عنها ވިދާޅުވިއެވެ. ((مَا كَانَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَزِيدُ فِي رَمَضَانَ وَلَا فِي غَيْرِهِ عَلَى إِحْدَى عَشْرَةَ رَكْعَةً)) މާނައަކީ: “އިތުރު އެކަލޭގެފާނުން ރަމްޟާން މަހުގައިވެސް އަދި އެނޫން މައްސަރެއްގައިވެސް އެގާރަ ރަކުޢަތަށް ވުރެ އިތުރެއް ނުކުރައްވައެވެ.” އެގޮތުން ދަމުނަމާދުގެ ކުރާނީ ދެރަކުޢަތް ނުވަތަ ހަތަރު ރަކުޢަތް ނުވަތަ ހަ ރަކުޢަތް ނުވަތަ އަށް ރަކުޢަތެވެ. އެމީހަކަށް ދަތިކަމަކާއި ނުލައި ދާއިމުވެ ކުރެވޭ އަދަދެއްގައި ހިފުމަކީ އެއްމެ ރަނގަޅު ގޮތެކެވެ. އަދި ބައެއް ރޭރޭ މަދުން އަނެއްބައި ރޭރޭ ގިނައިން ކުރުމަކީ މައްސަލައެއް ނޫނެވެ. އިސްވެދިޔަ ޢާއިޝަގެ ރިވާޔަތުގައި ވެއެވެ. އިތުރު އެކަލޭގެފާނުން ހަތަރު ރަކުއަތުން، ހަތަރު ރަކުއަތުން ދެފަހަރު ސަލާން ދެއްވައި ތިން ރަކުއަތުން ވިތުރި ކުރެއްވިއެވެ. ދަމުނަމާދުގައި އެދެވިގެންވާ ގޮތަކީ ވީހައި ދިގުކޮށް ޤުރްއާން ކިޔަވައި ޤިޔާމާއި ރުކޫޢާއި ސަޖިދަ ދިގުކުރުމެވެ. ރަކުޢަތްތަކުގެ އަދަދު އިތުރު ކުރުމެއް ނޫނެވެ. ދަމުނަމާދުގައި މި ހުރިހައި ގޮތެއް ތަނަވެސް ވެގެން ވެއެވެ. ދަމު ނަމާދު ކުރުން އެއްމެ އައުލާވެގެންވާ ވަގުތަކީ މީހުން ނިދާފައި ތިބޭ ވަގުތެވެ. އެއީ ރޭގަނޑުނގެ ތިންބައި ކޮށްފައި ތިންވަނަ ބައި ފެށިގެން ފަތިސް ވަންދެނެވެ. އެހެން އިބާރާތަކުން ނަމަ އެވަގުތަކީ ހާރު ދަމެވެ. ދަމުނަމާދު ކުރުމަށްޓަކައި ނިދުމަކީ ލާޒިމު ކަމެއް ނޫނެވެ. ނަމަވެސް ނިދާފައި ހޭލައި ނަމާދު ކުރުމަކީ މީހާ ތާޒާވެ މުރާލި ވާނެ ކަމެކެވެ. ވީމާ އެހެން ކުރެވެން އޮތް ނަމަ އެގޮތް އައުލާކަން ބޮޑެވެ. އެކަމު ރޭގަނޑު ހޭލައި ހުންނަން ޖެހޭ މީހަކު ނުނިދައި ނަމާދު ކުރުމަކީ މައްސަލައެއް ނޫނެވެ. والله أعلم

ނޯޓް: މިއީ ރާއްޖެއިސްލާމް.ކޮމް އިން ނަގާފައިވާ ލިޔުމެކެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

ދަމުނަމާދުގެ މާތްކަން

ދަމުނަމާދަކީ ވަރަށް މާތްވެގެންވާ ނަމާދެކެވެ. މާތްﷲ މިއުންމަތަށް ފަރުޟުކުރެއްވި، ފަރުޟުފަސް ނަމާދު ފިޔަވާ ދެން އެންމެމާތް ވެގެންވާ ނަމާދަކީ ޖަޙައްޖުދު …

ޚިޔާލެއްދެއްވާ

avatar
wpDiscuz