ދަގަނޑު ވިއްކުން – އެއްދޮނުގައި ދެބުޅި

ދަގަނޑު ގަތުމުގެ މަސައްކަތް ކުރާ އޮޑީގެ މީހަކު ދަގަނޑު ކިރުމުގައި / ފޮޓޯ: ލަންދޫއިންފޯ

ދެކުއްޖަކު ކުޑަގާޑިޔަލަކަށް ބައު ދަގަނޑު ތަކެއް އަރުވައިގެން ދާތަން އިއްޔެ ފެނުނެވެ. ސްކޫލްގެ ޕްރައިމަރީ ގްރޭޑެއްގެ ދެ ދަރިވަރުންނެވެ. “ބަލަ ތީކޮންކަމެއް؟” އަހާލެވުނެވެ. ދަގަނޑު ވިއްކަނީ. ވަރަށް ފިސާރިވެލައިފާ އެއްކުއްޖަކު ޖަވާބުދިނެވެ. ސަރ ނުދަންތަ؟ ކާކު ދަގަނޑު ގަންނަނީ؟ އަނެއްކާވެސް އިތުރު ސުވާލެއް ކޮށްލެވުނެވެ. ދަގަނޑުގަންނަނީ ބަނދަރުގައި އޮތް ދޯންޏަކުން. އަނެއްކުއްޖާ ޖަވާބުދިނެވެ.

ކޮންމެއަކަސް މިކުދިން މިގަންނަ ސަކަރާތެއް ބަލާލުމުގެ ޝައުޤުވެރިކަން ހިތުގައި އުފެދުނެވެ. މަޑުމަޑުން އެކުދިންގެ ފަހަތުން ބަނދަރަށް ދިޔައިމެވެ. އޭރު ގަނޑިން ގާތްގަޑަކަށް ހަވީރު 4:00 އެވެ. އެކުދިން ގެ ގާޑިޔާގެންގޮސް ދޯނި ކައިރިއަށް މަޑުކޮށްލުމުން ދެ މީހަކު ( ދެބަންގާޅީން ) ދޯނިން ތޮށިގަނޑު މައްޗަށް ފޭބިއެވެ. އަދި ބޮޑު ކައްޓާއެއް ބެހެއްޓުމަށްފަހު ދަގަނޑުތައް ކިރަން ފެށިއެވެ. އެއްކޮށް ކިރާލެވުނު އިރު ޖުމުލަ 50 ކިލޯއަށްވުރެ މަތިވިއެވެ.

އެއީ ކިހާފައިސާއެއްތޯ އޮޑީގައި އުޅުނު ދިވެއްސަކު ކައިރީ އަޅުގަނޑު އަހާލުމުން ބުނީ ކިލޯއެއް ގަނަންނީ 1 ރުފިޔާއަށްކަމަށެވެ. ދަގަނޑުގެ ކޮންމެބާވަތެއްވެސް ގަންނަންތޯ ސުވާލުކޮށްލުމުންބުނީ ކޮންމެ ބާވަތެއްވެސް ގަންނަ ކަމަށެވެ. އެކަމަކު ޓިނު ފަދަ ތަކެތި ވިއްޔާ އެއީ 50 ލާރިއަށް ކިލޯއެއް ކަމަށްބުންޏެވެ. އަދި ކިތަންމެ ބައިވަރެއް ގެނަޔަސް ގަންނާނަން ކަމަށާއި، އަނެއްކާވެސް މަހެއް ހާދުވަސް ފަހުން ދަގަނޑު ގަންނަން އަންނާކަމަށްވެސް ބުންޏެވެ.

އާދެ. އަޅުގަނޑުމެން މިކަމާ ވިސްނާލުން ރަަގަޅެވެ. މިހާރު އެއްދޮނުގައި ދެބުޅި ޖަހާލެވެނީއެވެ. ބައު ދަގަނޑަކީ ނައްތާލަން އުނދަގޫ އެއްޗެކެވެ. މުޅިއުމުރަށްވެސް އަޅުގަނޑުމެންނަށް އެއިން ސަލާމަތެއް ނުވެވެއެވެ. އެންމެ ބޮޑުވަރެއް ވިޔަސް ބައުދަގަނޑު މިއެއްލާލެވެނީ ގޮނޑަށެވެ. ނުވަތަ ގޮނޑު ދޮށަށެވެ. ނުވަތަ ވަޅުލަނީއެވެ. މިއިން އެއްވެސް ގޮތަކުން އަޅުގަނޑުމެނަށް މިއިން ސަލާމަތެއް ނުވެވެއެވެ. އެކަމަކު މިހާރު މިއޮތީ ކުނީގެ ބަދަލުގައި ފައިސާ ލިބޭށެވެ. ފައިސާލިބުމާއެކު ތިމާވެށި ސާފުކުރެެވެއެވެ. ގޯތިތެރޭގައި އުކާނުލެވި ހުންނަ ދަގަނޑު ތައް ވިއްކާލެވެއެވެ. ކޮންމެހެން ދަގަނޑުތައް ސާފުކުރާކަށްވެސް ނުޖެހެއެވެ. ކުދި ކުރާކަށްވެސް ނުޖެހެއެވެ. އަދި ވަކި އެއްޗެއްގައި ބަންދު ކުރާކަށްވެސް ނުޖެހެއެވެ.

ވަރަށްފަސޭހަކަމާއެކު ކުޑަކުޑަ މަަސައްކަތަކުން މިއޮތީ ފައިސާ ހޯދޭނޭ އަނެއްމަގު ހުޅުވިފައެވެ. ރަށުގައި ހަމަ ތިބެގެންނެވެ. އެއްދަތުރުން އަނެއްދަތުރަށް ދަގަނޑު އެއްކުރަންވީއެވެ. ހުސްވަގުތު ބޭނުން އެދެވޭގޮތުގައި ހިފަންވީއެވެ. އެއްވެސް ދަގަނޑު ކޮޅެއް ގޮނޑަށް އެއްލާނުލާށެވެ. ގޯތިތެރޭގައި އެކަމަށް ވަކިޚާއްޞަތަންކޮޅެއް ހަދާލުމަށްފަހު ދަގަނޑު ގަންނަ ދޯނި އަންނަންވާއިރަށް ދަނގަޑު އެއްކޮށް ފުނިވަރެއް ޖަހާލާށެވެ.

އާނފަހެ މިއީ ނުކޮށްދޫކޮށްލާވަރުގެ ކަމެއްނޫނެވެ. ފަންވިންނަ މީހުން ފަންވިނުމުގެ މަސައްކަތް ވެސް ކުރިއަށް މިދަނީ ހަމަ މިކަހަލަ ގޮތަކަށް ނޫންހެއްޔެވެ. ތަފާތަކީ މެޓީރިއަލްގެ ތަފާތެވެ. އެހެން ތަފާތެއް ނެތެވެ. ފަންވިދެގެން ފަންބޮޑިތައް ގިނަކޮށްގެން ފަންގަންނަ ދޯނި އަންނަންދެން ތިބެނީއެވެ. ދޯނި އައިސް ފަންނެރެން ގޮވާލުމުން ރަށު އެއްންމެން ވެގެން ފަންނެރެން ފަށަނީއެވެ.

އަޅުގަނޑުވެސް އެއްބަސް ވަމެވެ. ދަގަނޑަށްވުރެ ފަނުގެ އަގުބޮޑެވެ. ފަންބޮނިޑިއެއް 42 ރުފިޔާއަށް ވިއްކެއެވެ. ދަގަނޑު ކިލޯއެއް ރުފިޔާއަކަށެވެ. އެހެނެއްކަމަކު ފަންވިންނަން ކުރާ މަސައްކަތަށް ވިސްނާލަ ބަލާށެވެ. ކިހާބުރަ މަސައްކަތެއް ހެއްޔެވެ. ދަގަނޑު އެއްކުރުން ނޫން އެހެން މަސައްކަތެއް ދަގަނޑު ވިއްކުމުގައި ނެތެވެ. އަނެއްކާ އަނެއްކޮޅުން ތިމާވެށީގެ ހާލަތު ރަގަޅުކޮށްދެއެވެ.

އާދެ. އަޅުގަނޑުގެ އިލްތިމާސަކީ އެންމެހައި ބޭފުޅުންވެސް މި ދަގަނޑު ވިއްކުމުގެ ކަންތަކުގައި ތަންކޮޅެއް ފުންކޮށް ވިސްނާލުމަށްފަހު ކޮންމެ ބޭފުޅަކުވެސް މިމަސައްކަތުގައި ބައިވެރިވުމެވެ. އޭރުން އެއްދޮނުގައި ދެބުޅި ޖަހާލެވުނީއެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

ޚިޔާލެއްދެއްވާ

avatar
ފަރީ
ފަރީ

ދިޔޯ! އެހެންނެތް ނޫން މިބުނަނީކީ ދަގަނޑުވިޔަސް ކާށިވިޔަސް ދެން ވަގުންނަން ފުރުސަތުނުދީ ދިޔޯއަރައިގެން ނަމަވެސް މިކަންތައް ހުއްޓުވަމާ ހިނގާށޭ!ބޫޫބޫބޫބޫބޫ

ދިޔޯ
ދިޔޯ

ފަރީއަށް ބުނެލަން އޮތީ ވައްކަން ކުރާމީހުން ވައްކަންކުރާނޭ. އެއީ ވަކި ދަގަނޑަކުން ނޫނޭ. ހަހަހަހަހަ

ފަރީ
ފަރީ

އޭ! ސާރ ދެން ހިޔޮދޯ ގޭގައި ކަށްކަން އިންތެލިވިޔަސް ވަގުން ގެންގޮސްވިއްކަންދެން ތިބެންވީ ހަމަހިލާ ތިޔަހެނެތް އައިސް އަމައެއް ލަމައެއް ނެތި ދަގަނޑެއްނުގަނެވޭނެޔޯ! ހަހަހަހަހަހަހަހަހަ

އިސްމާއިލް
އިސްމާއިލް

މިދެން ޚަބަރެއްތަ

wpDiscuz