ފެކްސް ކުރަން ވާނީ ސިޓީ އުރަޔާއި އެކުގައެވެ.!!!

 ނ.މާފަރު ޒުވާނެކެވެ. މި ޒުވާނާ  އެއްދުވަހަކު ނޫހެއް ކިޔަމުންދަނިކޮށް ހިތްހަމަޖެހޭ ކަހަލަ ވަޒީފާއެއްގެ އިޢްލާން ފެނިއްޖެއެވެ. ވަރަށް އުފަލުން ގޮސް ސިޓީއެއް ލިޔެލައި ތަޢްލީމީ ސެޓްފިކެޓްތައް އަދި އައި.ޑީ.ކާޑު ކޮޕީ ހައްދާލާފިއެވެ.

އެ ވަޒީފާއަކީ ރިޒޯޓެއްގެ ވަޒީފާއެއްކަމުން ލިޔެކިޔުންތައް ހުށަހަޅަންޖެހެނީ އެ ރިޒޯޓްގެ މާލޭ އޮފީހަށެވެ.މިކަލޭގެ އަވަސްވެގަތީ މާލެދާން ފުރާ އެއްޗެއް އޮތްތޯ ބަލާށެވެ.

ހަގީގީ ދިރިއުޅުމުގައިވެސް ހަލުވިގޮތަކަށް ހިނގާ މިގޮލާ ދެން އުޅޭނެގޮތް އަމިއްލައަށް އިހްސާސްކޮށްލާށެވެ. އަތިރި މައްޗަށް މިގޮލާ ވަރަށް މާޔޫސްވެފައި ހޮއަށީގައި  އިންދާ ސްކޫލް ދައުރުގެ ރައްޓެހި ކުއްޖަކު ދިމާވެއްޖެއެވެ. މީނާ ހަމަ ފެނުމާއެކު ބަލަ ހާދަދެރަވެފައި ހޮޅުއަށީގައި ތީނީ ކީއްވެހޭ އަހައިފިއެވެ. ވަރަށް ދެރަވެލާފައި ވެގެން އުޅޭގޮތް ކިޔައިދިނުމުން އޮފީހަށް ގޮސް ލިޔެކިޔުންތައް ފެކްސް ކޮށްލުމުގެ ޚިޔާލު ދީފިއެވެ.

ފެކްސް މެޝިން ތަޢާރަފްވެގެން އައިދުވަސްވަރުކަމުން އެރަށުގައި ފެކްސް މެޝިނެއް ހުންނަނީ އޮފީހުގައި އެކަންޏޯލައެވެ. މިކަލޭގެ އެއްކަލަ ހަލުވި ހިނގުމުގައި ގެއާ ދިމާލަށްގޮސް އެއްކަލަ ލިޔެކިޔުންތައް ސިޓީއުރައަކަށްލައިގެން ބާރުބާރަށް ދިރާގު އަތުޖެހޭތޯ ނައްޓާލައިފިއެވެ. އޮފީހަށް ދެވުން އިރު ފުދޭވަރަކަށް ގިނަ މީހުން އެކިއެކި ޚިދުމަތްތައް ހޯދަން ގޮސްތިއްބެވެ. މި ކަލޭގެ އެތަނުން ދޭތެރެއެއް ހާވާލާފައި ގޮސް އޮފީހު މުއައްޒަފެއް އަތަށް އެއްކަލަ ސިޓީއުރަ ދީފަ އޭގައި އިންނަންބަރަށް ފެކްސްކޮށްލަ ދޭށޭ ބުނެއްޖެއެވެ. އަދި ސިޓީ އުރައިން ލިޔެކިޔުންތައް ނަގަމުން އެ މީހަކު އާން މިތާ މަޑުކޮށްލާށޭ ކިޔާފަ އެތެރެއަށް ދާން އެނބުރިލިތަނާ މިކަލޭގެ ހިތަށްއެރިއެވެ. ސިޓީ އުރައިން އެ ލިޔުންތައް ނެގީމައި އޭގައިހުރި ސެޓްފިކެޓްތަކުގައި ހުރި ޔޫސެޓްތައް ފެންނާނެއެވެ. މިގޮތެއް އަދިކަމަކު ނުދާނެއެވެ. ”އޭ! ސިޓީއުރައާއެކު ފެކްސްކޮށްލާ” މިކަލޭގެ އަވަހަށް އެމީހާއަށް ގޮވާލާފައި ބުންޏެވެ. މިކަލޭގެއަށް ފެކްސްއަކީ ކޯޗެއް ކަން ނޭނގެނީކަން އެމީހާއަށް އެނގިއްޖެއެވެ.

ތިން ހަތަރު މިނެޓެއްފަހުން އެއްކަލަ ފެކްސްކުރަން އެތެރެއަށް ވަތް މީހާ ނިކުމެގެން އަންނަތަން ފެނިއްޖެއެވެ. މިކަލޭގެއަށް މަޑަކުން ނީނދެވުނެވެ. ކައުންޓަރާ ހިސާބަށް އެމީހާއައުމުގެ ކުރިން އެހިސާބަށް މިކަލޭގެ ދެމިގަނެފިއެވެ. އޭ! ވަރަށް ކަޑަ އެއްޗެކޭ މިހެދުނީ، ދެންމެ ފެކްސް ކުރަން ދިން ސިޓީގެ ކޮޕީއެއްވެސް ހައްދާނުލާ މިދެވުނީ، އެދެން އަންބުރާ ގެނެވޭނެ ގޮތެއް ނޯންނާނެތަ؟” މިކަލޭގެ ވަރަށް ހާސްވެފައި ހުރެ ބުންޏެވެ. ” ނޫނޭ މިއޮތީ އަން” މިހެން ބުނެފައި އެމީހާ ހުރިހާ ލިޔެކިޔުމެއް މިކަލޭގެ އަތަށް ދީފިއެވެ. ލިޔެކިޔުންތައް އަތުޖެހުމާއެކު މަ އެބައަންނަމޭ ކޮޕީއެއް ހައްދާލައިގެން ކިޔާފައި ދުއްވައިގަންނަން އުޅެނިކޮށް މުވައްޒަފުމީހާ މިކަލޭގެ މަތަކޮށްފިއެވެ އަދި ފެކްސްއަކީ ކިހިނެތްވާ ކޯޗެއްކަން ކިޔައިދީފިއެވެ.

މިކަލޭގެ ލަދުން އެހެންހޭ ކިޔާފައި ބޯކަހަމުން ބޭރަށް ނުކުންނަން ދާން އެނބުރިލިއިރުއޮފީހުގައިތިބި އެންމެންތިބީ މި ޑްރާމާ ބަލާށެވެ. މިކަލޭގެ ގަތްލަދު ވަކިން ބޮޑުވެއްޖެއެވެ. އެއްކަލަ ހަލުވި ހިނގުމުގައި އަވަސް އަވަހަށް ނިކުމުގެން ހިނގައްޖެއެވެ.

ލިޔުނީ: ޒަހީން ޢަބުދުﷲ

ޒަހީނު އަކީ ލިޔުންތެރިކަމުގެ ރޮގުން ޚާއްޞަކޮށް ސިޔާސީ ފިކުރުގެ ލިޔުންތައް ލިޔުމަށް ޝައުޤުވެރިކަންހުރި މިފަންނުގައި ކުރިއަށްދާން މަސައްކަތްކުރާ ހީވާގި ކެރޭ ހަރުދަނާ ތަޢުލީމީ ޒުވާނެކެވެ.

ޚިޔާލެއްދެއްވާ

avatar
އަބޫބަކުރު
އަބޫބަކުރު

އޭ ވަރަށް ސަޅި އިނގޭ.. ހީހީ ހަލާކު ، ކާކުތައެއީ އެހާ ގަޅީ

ހިމް
ހިމް

މީ މާފަރުގައި ހިނގިކަމެއްނޫން! ބަދަލުކޮށްލީދޯ! ހެހެ

ކަތްދަބެ
ކަތްދަބެ

މާފަރު މީހުން އެހާ ގަޅިތަހަމަ. ގައިމު މަވެސްމީ މާފަރު މީހެއް. މަށެއްއެހާ ގަޅިއެއްނޫން.
ވަރަށް މަޖާ އިނގޭ މިކަންތައް… މިލިޔުން ކިޔާ ނިމުނު އިރު ހީހީ ހަލާކު…….

wpDiscuz