ފެބުރުއަރީ 6، 7 އާއި ގުޅޭގޮތުން ޕޮލިސް އިންޓެގްރިޓީ ކޮމިޝަންގެ ރިޕޯރޓް ޢާއްމުކޮށްފި

ފެބްރުއަރީ ،6 7 ގައި ފުލުހުން ހިންގި އަމަލުތައް ބަލައި ތަހުގީގުކޮށް  ޕޮލިސް އިންޓެގްރިޓީ ކޮމިޝަނުން ތައްޔާރުކުރި ރިޕޯރޓް 5 ސެޕްޓެމްބަރުގައި ވަނީ ޢަާއްމުކުރައްވާފައެވެ. މިރިޕޯރޓްގައި ވާގޮތުން ޖުމްހޫރީ މައިދާނަށް ފެބްރުއަރީ 6 ވަނަ ދުވަހުގެ ރެ އާއި 7 ވަނަ ދުވަހު ހެނދުނު އެއްވެ ތިބި ފުލުހުން ހައްޔަރު ކުރުމަށް އޭރުގެ ރައީސް މުހަންމަދު ނަޝީދު ސިފައިންނަށް އެންގެވިއެވެ. އެހެން ނަމަވެސް ސިފައިންގެ ބެލުމުގެ ދަށަށް ދިއުމަށް ފުލުހުން އިންކާރުކުރި ކަމަށާއި އޭގެ ސަބަބުން ސިފައިންނާއި ފުލުހުންގެ ދެމެދުގައި ކުރިމަތިލުމަކަށް ދިޔަ ކަމަށް ވެސް ވެއެވެ. އެ ކުރިމަތިލުންތަކުގެ ތެރޭގައި ސިފައިން ރަބަރު ވަޒަން ބޭނުންކުރި ކަމާއި އޭގެ ސަބަބުން ބައެއް ފުލުހުންނަށް އަނިޔާވި ކަމަށް ވެސް ކޮމިޝަންގެ ރިޕޯޓުގައިވެ އެވެ.

ފުލުހުންގެ ކަންކަން ބަލައި ތަހުގީގުކުރާ އިދާރާގެ ރިޕޯޓުގައި އިތުރަށް ބުނެފައި ވަނީ ޖުމްހޫރީ މައިދާނުގައި ފުލުހުން ކުރި އިހުތިޖާޖު ކޮންޓްރޯލް ނުވުމުގައި ފަސީހު އިހުމާލުވެފައިވާ ކަމަށެވެ. ފެބްރުއަރީ 7،6 ގައި ހިނގާދިޔަ ކަންތައްތައް ތަހުގީގު ކުރުމަށް ފަހު އެ ކޮމިޝަނުން އާންމުކުރި ރިޕޯޓުގައި ބުނެފައި ވަނީ އިހުތިޖާޖު ކުރުމުގެ ހައްގު ފުލުހުންނަށް ވެސް ގާނޫނު އަސާސީން ލިބިދޭ ކަމަށާއި ފުލުހުންނަށް ޣައިރު ގާނޫނީ އަމުރު އެކި ފަހަރު މަތިން ކުރަމުން އައިސްފައިވާކަން ތަހުގީގަށް އެނގޭ ކަމަށެވެ. އަދި ފެބްރުއަރީ 7 ގައި ޖުމްހޫރީ މައިދާނުގައި އިހުތިޖާޖުކުރި ފުލުހުންނާ ފަސީހު ބައްދަލުކުރައްވައި އެ މީހުންގެ މައްޗަށް ޣައިރު ގާނޫނީ އަމުރެއް ނުކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވުމަށް ފުލުހުން އެދުމުން ވެސް އެއީ “ފުލުހުން ނޫން” ކަމަށް ވިދާޅުވެ އެ މީހުންނަށް ބައްދަލުކުރައްވަން ބޭނުން ނުވާ ކަމަށް ފަސީހު ވިދާޅުވި ކަމަށް ރިޕޯޓުގައިވެ އެވެ. އެ ރިޕޯޓުގައި ބުނެފައި ވަނީ ޑެޕިއުޓީ ކޮމިޝަނަރުން މެދުވެރި ކުރައްވައިގެން ވެސް ފުލުހުންނަށް އެ ޔަގީންކަން ދެއްވިފައި ނެތް ކަމަށް ތަހުގީގަށް އެނގޭ ކަމަށެވެ.

ރިޕޯޓްގައި ބުނެފައި ވަނީ ޖުމްހޫރީ މައިދާނަކީ އެއްވެ އުޅުން މަނާ ސަރަހައްދެއް ކަމަށް ވާއިރު ވަކި ހިސާބަކުން އެ ސަރަހައްދަށް އާންމުންގެ ބަޔަކު ވަދެ، އޭގެ ތެރެއިން ބަޔަކު އޭރުގެ ރައީސް ނަޝީދުގެ އިސްތިއުފާ ދެއްވުމަށް ގޮވުމުން އެއީ ސިޔާސީ ކުލަ ޖެހިފައިވާ އެއްވުމަކަށް ބަދަލުވި ކަމަށެވެ. އަދި އޭގެ ފަހުން ވެސް ފުލުހުންގެ ބަޔަކު އެތަނުގައި ތިބުމަކީ އެއްވެ އުޅުމުގެ ގަވާއިދާ ހިލާފަށް ކޮށްފައިވާ ކަމެއް ކަމަށް ފެންނަ ކަމަށް ވެސް ރިޕޯޓުގައިވެ އެވެ.

ޕޮލިސް އިންޓެގްރިޓީ ކޮމިޝަންގެ ރިޕޯޓުގައި މޯލްޑިވްސް ޕޮލިސް ސާވިސް އަށާއި އެމްޑީޕީ ހަރުގެ އަށާއި އެމްއެންބީސީ އަށް ގެއްލުންދިން މައްސަލާގައި ފުލުހުންނަށް ފިޔަވަޅު އެޅުމަށް ވެސް ވަނީ ނިންމާފައި ކަމަށް ބުނެފައިވެ އެވެ.

ލިޔުނީ: ޢަބުދުލް ޙަމީދު ޢަބުދުއްރަޙްމާން ( އެޑިޓަރ )

ޢަބުދުލް ޙަމީދަކީ ލިޔުންތެރިކަމުގެ ފަންނުގައި ކޮންމެ ރޮނގަކުންވެސް ލިޔެވިދާނެ ކުޅަދާނެ މައުލޫމާތު ގެ ޚަޒާނާއެކެވެ. ބިޒީ ޝެޑިއުލްގެ ތެރެއިންވެސް ހެޔޮބަސް ބުނުމާއި ހެޔޮކަންކަމަށް ގޮވާލައި ، އޮއްޓަރު ހުރި ޢިލްމީ ދިރާސާތައް ފެންނަމުންދާކަމީ މިކަމަށް ދެއްވާ ޝަޢުޤުވެރިކަން ދޭހަކޮށްދޭ އަލިގަދަ ހެއްކެކެވެ. .

މިލިޔުންވެސް ކިޔާލާ

އެލްޖީއޭގެ ނިންމުމަކީ ކޮންމެހެންވެސް އަޅަންޖެހޭ ފިޔަވަޅެއް – މިނިސްޓަރ

ކައުންސިލްތަކުން ބޭރުގެ މަންދޫބުންނާ ބައްދަލުކުރާނަމަ ހުއްދަ ހޯދަންޖެހޭގޮތަށް ނިންމި ނިންމުމަކީ ރާއްޖޭގެ ސިޔާދަތާއި، ދާޚިލީ މިނިވަންކަން ކަށަވަރު ކުރުމަށް ނިންމި …

ޚިޔާލެއްދެއްވާ

avatar
ދިގުދޫ
ދިގުދޫ

ފުލުހުންގެ އެއްވެސް ކުށެއްނެތީދޯ ބުދޯ ވަޅެއްނުތޭނޭ. ދާންޏޭތެޅޭނީ އެއީ ހަމަ ތެދެއް.

wpDiscuz