ފެރީގެ ދަތުރުތަކަށް ބަދަލްތަކެއް ގެންނަންޖެހިފައި

ނިމިދިޔަ ސަރުކާރުން ފަށާފައިވާ ދަތުރުފަތުގެ ނިޒާމްގައި ބޭނުންކުރަމުންއަންނަ ފެރީތަކަށާއި ދަތުރުތަކަށްވެސް މިވަނީ ބަދަލްތަކެއް ގެންނަން ޖެހިފައެވެ.

ދިވެހިރައްޔިތުންނަށް ފަސޭހަކަމާއިއެކު އެއްރަށުން އަނެއްރަށަށް ދަތުރު ކޮށްލެވޭނެމަގު ނިމިދިޔަ އެމް.ޑީ.ޕީ ސަރުކާރުން ތަނަވަސްކޮށް ދެއްވާފައިވީނަމަވެސް ދަތުރުތަކުގައި ބޭނުންކުރަމުންގެންދާ އުޅަދުފަހަރަށްވަނީ އެންމެފުރަތަމަ ދުވަހުން ފެށިގެންވެސް ބޮޑަތި ބަދަލްތަކެއް ގެންނަން ޖެހިފައެވެ.

ދަތުރުފަތުރުގެ ނިޒާމްގައި މިހާރު ގެންގުޅޭ ގިނަ އުޅަދު ތަކަކީ ކުޑަކޮށް ވިއްސާރަވެލައިފި ނަމަވެސް ފެރީގެ ދަތުރުކުރުމަށް ކަމު ނުދާ އުޅަދުފަހަރުތަކެއް ކަމުން ގިނަބަޔަކަށް އަންނަނީ ތަފާތު ގެއްލުންތަކާއި ކުރިމަތިވަމުންނެވެ. ދަތުރުފަތުރުގެ ނިޒާމުން އަތޮޅުގެ ރަށްތައް ގުޅާލުމުން މި ނިޒާމަށް ބަރޯސާވެގެން ދިރިއުޅުމުގެ ކަންތައްތައް ބައްޓައް ކުރަމުންދާ މީހުން ގިނަވަމުންދާއިރު މި ނިޒާމް މިވަނީ އެތައްތަނަކުން ރަނގަޅު ކުރަން ޖެހިފައެވެ.

ވިއްސާރަ ވިނަމަވެސް ، ކަނޑު ގަދަވެ އޮޑިދޯނިފަހަރު ނުދުއްވޭ ވަރު ނުވާނަމަ މި ނިޒާމަކީ ބަރާބަރަށް ކަނޑައެޅިފައިވާ ގޮތައް ހިނގާ ނިޒާމަކަށް ވާން އެބަޖެހެއެވެ. މިހާރު މިއޮންނަގޮތައް އުޑުމައްޗަށް ވިލާރޮއްޖެއް އަރާއިރަށް ދަތުރުތައް ކެންސަލް ކުރާ ނިޒާމަކަށް މިނިޒާމް ވެގެނެއް ނުވާނެއެވެ.

ހަމަ މިއާއި އެކު ދަތުރުފަތުރުގެ ނިޒާމް ބޭނުންކުރާ ގިނަ މީހުންނަކީ ޑޮކްޓަރަށް ދެއްކުމުގެ ބޭނުމުގައި މިނިޒާމްގެ ބޭނުންކުރާ ބަޔަކަށްވާހިނދު ފެރީތައް ބާއްވާ ވަގުތުތަކަކީ މިކަމަށް އެންމެފަހިވާ ،  މިކަމަށް އެންމެގިނަ ވަގުތު ލިބޭނެގޮަތައް ރާވާލެވިގެން ކުރެވޭ ދަތުރުތަކަކަށް ވުންވެސް ވަރަށް މުޙިއްމެވެ.

މިކަންތައްތައް އިސްލާޙްކުރެވި ރަނގަޅު ކުރެވިއްޖެ ކަމަށްވާނަމަ ކުރިމަގުގައި މިހާރަށްވުރެވެސް ގިނަމީހުން ފެރީގެ ބޭނުން ހިފާނެކަން ޔަޤީނެވެ.

ލިޔުނީ: މިހާސް

މިހާސްއަކީ ކޮންމެ ދާއިރާއަކުންވެސް ހަބަރުތަކާއި، ރިޕޯޓްތައް އަދި އެހެނިހެން ވެސް ލިޔުންތައް ލިޔުމަށް ކުޅަދާނަ ނޫސްވެރިއެކެވެ. ހާއްޞަ ދާއިރާއަކީ އިޖްތިމާއީ މައްސަލަތަކާއި، އަދި ނ.އަތޮޅުގެ ފުޓްބޯޅަ އާއި ގުޅުންހުރި ރިޕޯޓްތައް ލިޔުމެވެ.

މިލިޔުންވެސް ކިޔާލާ

މޮޅުކުޅުންތެރިއަކަށް ވުމަށް އަޚްލާޤު ވަރަށްމުޙިއްމު

ދިރިއުޅުމުގެ ހުރިހާ ކަމެކޭ އެއްފަދައިން ފުޓްބޯޅައިގައިވެސް ކާމިޔާބު މޮޅުކުޅުންތެރިއަކަށް ވުމުގައި އަޙްލާޤު ވަރަށް މުޙިއްމު ދަޢުރެއް އަދާކުރާކަމީ މިއަދު ދުނިޔެ …

ޚިޔާލެއްދެއްވާ

avatar
އަހުމަދު
އަހުމަދު

ބައެއްޒުވާނުން ފެރީގެނިޒާމު ނަހަމަގޮތުގައި ބޭނުން ކުރާކަން ވަރަށް ބޮޑަށް ފާހަގަކުރެވެ. މިހެން މިދެންނެވީ މަސްތުވާތަކެތި ވިއްކުމައް އެއްރަށުން އަނެއްރަށައް ދަތުރު ކުރުމައް ފެރީގެ ނިޒާމު ބޭނުން ކުރާވާހަކަ

wpDiscuz