ފުލުސް އޮފީހަށް ބަޔާން ދެއްވުމަށްފަހު ނިކުމެވަޑައިގެން އަނެއްކާވެސް ނަޝީދު ފުލުހަކަށް އިންޒާރު ދެއްވައިފި!

ފުލުހުންގެ ގައިގާ ތެޅުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވާހަކަ ދައްކާވާފައިވާ ފޯނުކޯލުގެ މައްސަލާގައި ފުލުސް އޮފީހަށް ބަޔާން ދެއްވުމަށްފަހު ނިކުމެވަޑައިގެން އަނެއްކާވެސް ފުލުހަކަށް އިންޒާރު ދެއްވައިފިއެވެ.

ފުލުހުންނަށް އަނިޔާކުރުމަށް މާރިޔާ އަރިހުގައި އެދިވަޑައިގެން ކުރީގެ ރައީސް ނަޝީދު ދައްކަވާފައިވާ ފޯނު ކޯލުގެ މައްސަލައިގައި ފުލުސް އޮފީހަށް ވަޑައިގެން ބަޔާން ދެއްވުމަށްފަހު، ފުލުސް އޮފީހުން ނިކުމެވަޑައިގެން ރީފްސައިޑް ކަންމަތީގައި ހުއްޓިވަޑައިގެން އެތަނުގައި ކުލަ ހެދުމުގައި ހުރި ފުލުހަކާއި ދިމާލަށް ބޭއަދަބީ ބަހުން މުއާމަލާތްކޮށް އެނާގެ ސާވިސް ނަންބަރު އެއްސެވުމަށްފަހު ވިސްނައިގެން އުޅުމަށް ވިދާޅުވެ ރައީސް ނަޝީދު އިންޒާރުދެއްވާފައިވާ ކަމަށް ދިއެފްއެމްއަށް މައުލޫމާތު ލިބިފައިވޭ. ކުލަ ހެދުމުގައި ހުރި ފުލުހަކަށް ނަޝީދު އިންޒާރުދިން އިރު، އެތަނުގައި ރާއްޖޭގެ މީޑިއާތަކާއި ފުލުހުންގެ އޮފިސަރުންގެ އިތުރުން އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕް މެންބަރުނާއި އެމަނިކުފާނުގެ ސަރުކާރުގެ ވަޒީރުކަން ކުރައްވާފައިވާ ބޭފުޅުން ތިއްބެވި ކަމަށް ދިއެފްއެމްއަށް މައުލޫމާތުދިން ފަރާތްތަކުން ބުނެވެ.

ފުލުހުންގެ ގައިގާ ތެޅުމަށް ކުރީގެ ރައީސް ނަޝީދު ވާހަކަދައްކާވާފައިވާ ފޯނުކޯލުގެ މައްސަލައިގައި ފުލުސް އޮފީހަށް ވަޑައިގެން ބަޔާން ދެއްވީ، އެމްޑީޕީއިން ނިންމާފައިވާ ނިންމުމާއި ޚިލާފަށްކަން ފާހަގަކޮށްލެވޭ. އެމްޑީޕީގެ ގައުމީ ހިންގާ ކޮމިޓީން ނިންމާފައިވަނީ ފުލުސް އޮފީހަށް ރައީސް ނަޝީދު ހާޒިރުނުކުރެއްވޭނެ ކަމަށެވެ.

ލިޔުނީ: އިރުފާނު ( އިރޭ )

އިރުފާނަކީ އެކިދާއިރާގެ ޚަބަރު ހޫނުކޮށް ގެނެސްދިނުމުގައި ވަކި ފަރާތަކަށް ނުޖެހި ހިވާގިކަމާއެކު ކެރިގެން މަސައްކަތްކުރައްވާ ކުރިއަރަމުން އަންނަ ނޫސް ރިޕޯރޓަރެކެވެ.

މިލިޔުންވެސް ކިޔާލާ

ޑްރޮގްބާ ރާއްޖެ އައުމަކީ ސިޔާމް މަޢުރޫފް ސޮކަކަޕްގެ ފުރިހަމަކަން އިތުރަށް ފުރިހަމަވެގެން ދާނެކަމެއް.

ނ. އަތޮޅުގެ ރަށްތަކަށް އަމާޒުކޮށްގެން ބާއްވާ ސިޔާމް މައުރޫފް ސޮކާ ކަޕްގެ ފައިނަލް މެޗަށް ޗެލްސީ އަދި އައިވަރީ ކޯސްޓުގެ …

ޚިޔާލެއްދެއްވާ

avatar
ދޮންބެ ލަންދޫ
ދޮންބެ ލަންދޫ

ނަސީދަކީ ވަރަށް އަގަލުކުޑަ ވެރިއެއް

wpDiscuz