ފުލުހުން ކުއްލިގޮތަކަށް މާފަރު ބޯޓް ބަލާ،ފާސްކޮށްފި

މާފަރު ބޯޓު / ފޮޓޯ: ލަންދޫްއިންފޯ

މީގެކުރިން ފާސްކުރަނީ މާލެން ރަށަށް ދިއުމުން އެކަމަކު މިހާރު ރަށުން މާލެ އަންނައައުމުންވެސް ފާސްކުރަން ފަށައިފި.

މިދިޔަ ހޮނިހިރު ދުވަހުގެ ފަތިހު ގާތްގަޑަކަށް 4.30 އެހާކަށްހާއިރު މާފަރު ބޯޓް މާލޭގެ ހުޅަނގު އުތުރު ބަނދަރަށް ރަށުން ފުރައިގެން އައިސް ލެފުމުން ފުލުހުންގެ ބަޔަކު ޔުނީފޯމްގައި ގޮސް އެބޯޓް ކުއްލިގޮތަކަށް ޗެކްކޮށްފިއެވެ. ބޯޓްގެ ކެޕްޓަން ޢަލީ އާދަމް ބުނުއްވި ގޮތުގައި ފުލުހުން ބޯޓަށް އެރުއްވުމަށްފަހު ވަކިވަކި ފަސިންޖަރުންގެ ފޮށިތަންމަތި ފަދަތަކެތި ވަރަށްރަނގަޅަށް ބަލާ ފާސްކޮށްފައި ވެއެވެ.

މިކަމާބެހޭގޮތުން ފުލުހުންގެ ބެލުމުގެދަށަށްއެއްވެސްމީހަކު ގެންދިޔަކަމަކަށް އެނގިފައެއްނުވެއެވެ. ފުލުހުން ވަރަށް އަވަދިނެތި ބޯޓުން މާލެއައިމީހުންގެ ފޮށިތަންމަތި ޗެކްކުރެއްވި މަންޒަރު އަޅުގަނޑުވެސް ދުށީމެވެ. އަދި މިކަމާބެހޭގޮތުން ފުލުހުން އެއްވެސްއެއްޗެއް ވިދާޅުވެފައެއްނުވެއެވެ. ނަންހާމަކުރުމަށްނޭދޭ އެބޯޓުން މާލެއައިމީހަކު ބުނީ ލަފާކުރެވެނީ އެއީ މަސްތުވާތަކެތީގެ މައްސަލައެއްގައި ބަޔަކު ރިޕޯޓުކޮށްގެން ކުރިކަމެއްކަމުގައެވެ.

ލިޔުނީ: ޢަބުދުލް ޙަމީދު ޢަބުދުއްރަޙްމާން ( އެޑިޓަރ )

ޢަބުދުލް ޙަމީދަކީ ލިޔުންތެރިކަމުގެ ފަންނުގައި ކޮންމެ ރޮނގަކުންވެސް ލިޔެވިދާނެ ކުޅަދާނެ މައުލޫމާތު ގެ ޚަޒާނާއެކެވެ. ބިޒީ ޝެޑިއުލްގެ ތެރެއިންވެސް ހެޔޮބަސް ބުނުމާއި ހެޔޮކަންކަމަށް ގޮވާލައި ، އޮއްޓަރު ހުރި ޢިލްމީ ދިރާސާތައް ފެންނަމުންދާކަމީ މިކަމަށް ދެއްވާ ޝަޢުޤުވެރިކަން ދޭހަކޮށްދޭ އަލިގަދަ ހެއްކެކެވެ. .

ޚިޔާލެއްދެއްވާ

avatar
wpDiscuz